Roadha Mihaaru
ދަމާސްގެ ފަރުނީޗަރު ގަންނަން ހާއްސަ އެޕްލިކޭޝަނެއް

ދަމާސްގެ ފަރުނީޗަރު ގަންނަން ހާއްސަ އެޕްލިކޭޝަނެއް

02 އޯގަސްޓް 2021

ދަމާސް އިން ވިއްކާ ފަރުނީޗަރުތައް ކަސްޓަމަރުންނަށް ފަސޭހަ އިން ވިއްކޭނެ ގޮތް ހެދުމުގެ ގޮތުން "ދަމާސް އެކްސްޕްރެސް" ގެ ނަމުގަައި އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދަމާސް އިން ވިއްކާ ފަރުނީޗަރުތައް ކަސްޓަމަރުންނަށް ފަސޭހަ އިން ވިއްކޭނެ ގޮތް ހެދުމުގެ ގޮތުން "ދަމާސް އެކްސްޕްރެސް" ގެ ނަމުގަައި އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ ފައިދާތަކެއް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ. އެގޮތުން "ޑެއިލީ ޑީލްސް" ތަކުން ކޮންމެ ދުވަހަކުގެ ހާއްސަކޮށްފައިވާ ބައެއް ފަރުނީޗަރުތަކުން ޑިސްކައުންޓް ލިބޭނެ އެވެ.

"އެ ދުވަހެއް ނިމުމުގެ ކުރިން އެއްޗެއް ގަނެފި ނަމަ ޑިސްކައުންޓް ލިބޭނެ. ވަކި ޓައިމްއަކާ ހަމައަށް ޑިސްކައުންޓް މި ލިބެނީ،" ދަމާސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ދަމާސް އިން ވަނީ އެ ކުންފުނިން ހިންގާ ވަކިވަކި ފިހާރަތަކުގެ މުދާ ވެސް އެޕްލިކޭޝަން މެދުވެރިކޮށް، ބަލައިލެވޭނެ ގޮތް ހަދައިފަ އެވެ. ކެޓަގަރީ އަށް ގޮސް އެ ފިހާރައެއް ސިލެކްޓް ކުރުމުން އެ ފިހާރައިން ލިބެން ހުންނަ ހުރިހާ މުދަލެއް އޮންލައިންކޮށް ބަލައިލެވޭނެ އެވެ. އެގޮތުން "ހޯމް އެންޑް ފާނީޗާ"، "އޮފީސް ފާނީޗާ"، "ހޮޓެލް އެންޑް ރިޒޯޓްވެއާ"، "އިންޑެކްސް ފާނީޗާ" ގައި ހުރި މުދާތައް ވަކިން ބަލައިލެވޭނެ އެވެ.

ދަމާސްގެ އެޕްލިިކޭޝަން އިން ތަކެތި ގަތުމުގައި ކަސްޓަމަރުންނަށް ފަސޭހަ އިން ފައިސާ ދައްކާލެވޭނެ ގޮތްތައް ވަނީ ހަމަޖައްސައިދީފަ އެވެ. އަދި އެ މީހަކު ގަންނަ ތަކެތީގެ ރެކޯޑްތައް އަބަދުވެސް ފެންނަން ހުންނާނެ އެވެ. އެޕްލިކޭޝަންގެ "މައި އެކައުންޓް" އަށް ގޮސް ހިސްޓްރީ އަށް ދިއުމުން ކުރިން އެ ފިހާރައިން ގަނެފައި ހުރި ތަކެތި އެނގޭނެ އެވެ.

ދަމާސްގެ އެޕްލިކޭޝަންގައި އަމިއްލަ މައުލޫމާތުތައް ރެކޯޑް ކުރަން ޖެހޭނީ އެއް ފަހަރު އެވެ. މިހެންވުމުގެ ސަބަބުން އެއްޗެއް ގަންނަ ކޮންމެ ފަހަރު އަމިއްލަ މައުލޫމާތު އެންޓާ ކުރާކަށް ނުޖެހޭނެ އެވެ. މީގެ އިތުރުން ކޮންމެ މަހަކު ވެސް ވަކި ބާވަތްތަކެއް ޕްރީ-އޯޑާ ކުރެވޭނެ އެވެ. މުދަލުގެ އަގުގެ ވަކި ވަރެއް ދައްކާލައިގެން ދަމާސް އިން ޕްރީ-އޯޑާ ކުރެވޭނެ އެވެ.

ދަމާސް އެކްސްޕްރެސް އެޕްލިކޭޝަން އަދި ވެބްސައިޓުން ވެސް އޮންލައިންކޮށް ތަކެތި ގަނެވޭނެ އެވެ.

ދަމާސްގެ އޮފިޝަލް ވިދާޅުވީ، އެޕްލިކޭޝަން މެދުވެރިކޮށް ތަކެތި ރިޒާވްކުރުމަށް ފަހު ފިހާރައަށް އައިސް ބަލައިލުމަށް ފަހު ވެސް ޕޭމެންޓް ހަމަޖެއްސޭނެ ކަމަށެވެ. މީގެ އިތުރުން ފަހުން ގަންނަން ބޭނުންވާ އެއްޗެހި އެޕްލިކޭޝަންގެ ވިޝް ލިސްޓަށް ލެވޭނެ އެވެ. މިހެން ވުމުން އެޕްލިކޭޝަނަށް ފަހުން ވަދެ އަނެއްކާ ބޭނުންވާ ފަރުނީޗަރު ހޯދުމުގެ ބަދަލުގައި ފަސޭހަ އިން އެ ބޭނުންވާ އެއްޗެއް ގަނެވޭނެ އެވެ.

ދަމާސް އިން ވިއްކަނީ އެފޯޑަބަލް ލަގްޒަރީ ފަރުނީޗަރެވެ. އެހެން ކަމުން އެފިހާރައިން ވިއްކާ ތަކެތީގެ ކޮލިޓީ ރަނގަޅުވެފައި އަގު ވެސް ވަރަށް ބޮޑަށް ހެޔޮވާނެ އެވެ.