Roadha Mihaaru
ކްލަބްހައުސްގައި މިހާރު ޑީއެމް ކުރެވޭނެ

ކްލަބްހައުސްގައި މިހާރު ޑީއެމް ކުރެވޭނެ

19 ޖުލައި 2021

މިހާރު ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ އޯޑިއޯ ޗެޓް އެޕް، ކްލަބައުސް އަށް ޑީއެމް (ޑައިރެކްޓް މެސެޖް) ތައާރަފުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ އޯޑިއޯ ޗެޓް އެޕް، ކްލަބައުސް އަށް ޑީއެމް (ޑައިރެކްޓް މެސެޖް) ތައާރަފުކޮށްފި އެވެ.

ދޮޅު އަހަރެއްގާ ދުވަހުގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި އެޕަށް އެ ފީޗާ ތައާރަފްކުރީ، ފޮލޯކުރާ މީހުންނަށް ޑައިރެކްޓޮށް މެސެޖްކުރެވޭ ގޮތް ހަދަން މަސައްކަތްކުރަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓްކުރިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

"ބެކްޗެނެލް" ގެ ނަމުގައި ކްލަބްހައުސް އިން ތައާރަފުކުރި މި ފީޗާ އަކީ އެ އެޕް ބޭނުންކުރާ މީހުންނަށް ލިބުނު ވަރަށް ބޮޑު އިތުރު ފަސޭހައަކަށް ވާނެ އެވެ. ކްލަބްހައުސް އަކީ އޯޑިއޯ ޗެޓް އެޕެއް ކަމަށްވާތީ މިއީ ނުފެނި މުއާމަލާތްކުރެވޭ ހިދުމަތެކެވެ. އަދި ވާހަކަ ދެކެވެނީ ކާކާ ނުވަތަ ކޮން ބަޔަކާކަން އަންގައި ދެނީ ޕްރޮފައިލް ފޮޓޯއިންނެވެ.

މީގެ ތެރެއަށް ޑިއެމް ނުވަތަ "ބެކްޗެނަލް" ގެނެސްފައި މި ވަނީ ބޭނުންކުރާ މީހުންގެ އެދުމުގެ މަތިން ވެސް މެ އެވެ. މި ފީޗާގެ ތެރެއިން ފޮލޯވަރުންނަށް ދެ ގޮތަކަށް މެސެޖް ފޮނުވޭނެ އެވެ. އެއީ ޑައިރެކްޓްކޮށް ޕްރައިވެޓް ޗެޓާއި ޗެޓް ރޫމެއްގެ ތެރޭގައި ވެސް މެސެޖްކުރެވޭ ގޮތަށެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ "ބެކްޗެނަލް" ގައި ބޭނުން ކުރެވޭނީ ހަމައެކަނި ޓެކްސްޓް މެސެޖްކަމެވެ. ފޮޓޯ އާއި ވީޑިއޯ ފަދަ އެއްޗިއްސެއް ނުފޮނުވޭނެ އެވެ. އަދި މެސެޖް ކޮޕީކޮށް، ރިޕޯޓް ކުރެވުނަސް އަދި އިނީ އެ ޑިލީޓްކޮށްލެވޭ ގޮތަކަށް ވެސް ނޫނެވެ.