11 ޖުލައި 2021
ސަރުކާރަށް ހުށަހަޅާ އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖަހަމުން އައި އައުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފި އެވެ.
ސަރުކާރަށް ހުށަހަޅާ އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖަހަމުން އައި އައުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފި އެވެ.
އެކަން ނިމުމަކަށް އައީ ރެވެނިއު ސްޓޭމްޕް ޖެހުން އުވައިލުމާ ބެހޭ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރެއްވުމުންނެވެ.
ސަރުކާރަށް ހުށަހަޅާ އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖަހަން ލާޒިމްކޮށް، މީގެ އެތައް އަހަރެއް ކުރިން ފެށިގެން ހަމަޖައްސާފައިވާ އުސޫލުގެ ސަބަބުން އެތައް ބަަޔަކަށް ފަހަކަށް އައިސް ދަތިތަކާ ކުރިމަތިވެގެން އެކަމުގެ ޝަކުވާ ކޮށްފައި ވެ އެވެ. ރެވެނިއު ސްޓޭމްޕް ގަތުމަށާއި އެ ހޯދަން އެތައް ވަގުތެއް ހޭދަކުރަން ޖެހޭއިރު، ޒަމާނަށް އައި ބަދަލާއެކު ބައެއް މީހުން އެކަން ނަގަނީ ބޮޑު ޖޯކެއްގެ ގޮތުގަ އެވެ.
ދައުލަތުގެ ގިނަ ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމަށް އަމަލު ކުރަން ފެށީ އެކަމާ ބެހޭ ހާއްސަ ގާނޫނެއް އެކުލަވައިލުމަށް ފަހު 1970 ވަނަ އަހަރުން ފެށިގެންނެވެ.
ރެވެނިއު ސްޓޭމްޕް ޖެހުން އުވާލުމާއި ބެހޭ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވީ މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމެވެ. މި ބިލު މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހު، ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
މި ގާނޫނު އުވާލަން ހުށަހަޅުއްވައި، އާޒިމް ވިދާޅުވީ ރެވެނިއު ސްޓޭމްޕް ޖެހުން އުވައިލަން ނިންމީ އެ ނިޒާމް ހިންގުމަށްޓަކައި ހިނގާ ހަރަދަށް ވުރެ ލިބޭ އާމްދަނީ އަކީ އެކަށީގެންވާ އާމްދަނީ އެއް ކަމަށް ނުވާތީ އެވެ.
އެވަރުގެ އާމްދަނީ އެއް ދައުލަތުގެ އެހެނިހެން އިދާރާތަކުން ފޯރުކޮށްދޭ އެހެން ހިދުމަތްތަކުން ވެސް ހަމަޖެހޭނެ ކަމަށާއި ރެވެނިއު ސްޓޭމްޕް ޖަހަން ޖެހުމުގެ ސަބަބުން ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިވާ ކަމަށް އެ ބިލުގައިވެ އެވެ.
ފާތޭ، މަޖިލިހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް
ނަޝީދު ވަކިކުރަން ރައީސާ ވެސް މަޝްވަރާކުރި: މިއުވާން
މަޖިލިސް ހުޅުވުން އަންނަ މަހު 6 ގައި
އުފަންވާ ކުދިންގެ ރަޖިސްޓަރީ ލަސްކޮށްފިނަމަ ޖޫރިމަނާ
މަނާ ކެމިކަލް ހަތިޔާރާ ގުޅޭ ބިލު ތަސްދީގުކޮށްފި
ޓެކްސް ބޮޑުކުރުމުގެ އިސްލާހު ތަސްދީގުކޮށްފި
ބިދޭސީންގެ މިނިމަމް ވޭޖު މުއްދަތެއް ނެތި ފަސްކޮށްފި
އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލް ތަސްދީގުކޮށްފި
ދައްޕަރު މައްސަލައިގައި ރައީސާއި މަޖިލީހަށް ޕެޓިޝަނެއް
ފްލެޓް ޕެޓިޝަން: ކޮމިޓީން ރައީސްއާ ބައްދަލުކުރަނީ