24 ނޮވެމްބަރ 2016
މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގާނެ ނިޒާމް ޑިޒައިން ކުރުމަށް ބްރިޖުގެ މަސައްކަތް ކުރާ ޗައިނާގެ ސީސީސީސީގެ ދަށުން ހިންގާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގާނެ ނިޒާމް ޑިޒައިން ކުރުމަށް ބްރިޖުގެ މަސައްކަތް ކުރާ ޗައިނާގެ ސީސީސީސީގެ ދަށުން ހިންގާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މުއިއްޒު ވިދާޅުވީ ޓޯލް ނިޒާމް ގާއިމްކުރަން ވިސްނާފައި އޮތީ ބްރިޖް މަތިން ވެހިކަލްތައް ދަތުރުކުރާއިރު ޓްރެފިކަށް މަޑުކުރަން ނުޖެހޭ ގޮތަށް ކަމަށެވެ. އިލެކްޓްރޯނިކް އެ ނިޒާމާ އެކު ވެހިކަލްތަކަށް އެއްވެސް އުނދަގުލެއް ނެތި ދަތުރު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އޮޓޮމެޓިކުން ޓޯލް ކެނޑޭ ގޮތަށް އިލެކްޓްރޯނިކް ޓޯލް ސިސްޓަމެއް ގާއިމް މި ކުރަނީ. އެހެންވީމަ ޓްރެފިކަށް މަޑުނުކޮށް ކުރިއަށް ދެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގެ ބްރިޖުގައި ބޭނުން ކުރަން ނިންމާފައިވާ ނިޒާމް ސިންގަޕޫރު ފަދަ ބައެއް ގައުމުތަކުގައި ބޭނުން ކުރަމުން އަންނަ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ބްރިޖުން ދަތުރުކުރާ ވެހިކަލްތަކުން ފީ ނެގުން ނުވަތަ ޓޯލް ނިޒާމް ޑިޒައިންކޮށް ނިމޭނެ ދުވަހެއް އަދި ޓޯލްގެ ގޮތުގައި ނަގާނެ މިންވަރެއް މިނިސްޓަރު މިއަދު ވިދާޅެއް ނުވެ އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު މުއިއްޒު ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ބްރިޖުގެ މަސައްކަތުގެ ތަފްސީލްތައް ދެއްވަމުން މިނިސްޓަރު ވިދާޅުވީ ބްރިޖުގެ މައި ހަތް ތަނބުގައި ހުންނަ 35 ހޮޅީގެ ތެރެއިން މިހާރު 30 ހޮޅި ޖަހާފައިވާ ކަމަށެވެ. ބާކީ ފަސް ހޮޅި ވެސް ޑިސެމްބަރު ނިމުމުގެ ކުރިން ޖަހައި ނިމެނޭ ކަމަށް ވިދާޅުވި އެވެ.
"އެޕްރޯޗް ބްރިޖުގެ ވެސް ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި ކާސްޓްކޮށް ވެސް ޑިސެމްބަރު މަހުގެ ތެރޭގައި ނިމެނޭ. އެހެންވީމަ ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށް އެބަދޭ،" މުއިއްޒު ވިދާޅުވި އެވެ.
ބްރިޖްގެ މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ ސެޕްޓެމްބަރު 2018 ގައި ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އެހެންވެ އުއްމީދަކީ، އެ އަހަރުގެ ޖުލައި މަހު ބްރިޖު ހުޅުވުން ކަން މިނިސްޓަރު މިއަދު ވެސް ތަކުރާރުކުރެއްވި އެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެއެވެ.
އަންނަ މަހު ބްރިޖު ހުޅުވާނެ: މިނިސްޓަރު
ބްރިޖުގެ ފީ ނެގުން އާ ސަރުކާރަށް ދޫކޮށްލައިފި
ބްރިޖު އުފަންވުމުގައި އެހެން ރައީސެއްގެ ދައުރެއް ނެތް
ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް
ބްރިޖު ހުޅުވުމުން އުފަލާއެކު ރާޅާ އެޅޭނެ: މުއިއްޒު
ބްރިޖުގެ ހިތްގައިމު މަންޒަރުތަކާއި ޝުއޫރުތައް
"މާލޭގައި ތާރު އެޅުން ދެ ދުވަސްތެރޭ ނިންމާނަން"
"ތާރު އަޅާ މަގުތައް ބްރިޖު ހުޅުވެންވާއިރަށް ނިމޭނެ"
ބްރިޖް ނިންމުން ލަހެއް ނުވޭ: މުއިއްޒު
ބްރިޖްގެ ހުރިހާ ތަނބެއް އަންނަ މަހު ގުޅުވައި ނިމޭނެ