31 އޯގަސްޓް 2018
މާލެ އާއި ހުޅުލެއާ މެދު ބްރިޖު "އުފަންވެ" މިރޭ ހުޅުއްވައި ދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ދުރު ވިސްނުންފުޅާއި ހިތްވަރުން ކަމަށާއި އެކަމުގައި ރާއްޖޭގެ ރައީސްކަން ކުރެއްވި އެހެން އެއްވެސް ބޭފުޅެއްގެ ދައުރެއް ނުހިމެނޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މާލެ އާއި ހުޅުލެއާ މެދު ބްރިޖު "އުފަންވެ" މިރޭ ހުޅުއްވައި ދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ދުރު ވިސްނުންފުޅާއި ހިތްވަރުން ކަމަށާއި އެކަމުގައި ރާއްޖޭގެ ރައީސްކަން ކުރެއްވި އެހެން އެއްވެސް ބޭފުޅެއްގެ ދައުރެއް ނުހިމެނޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ބްރިޖު ހުޅުވަން، އާޓިފިޝަލްބީޗުގައި ބޭއްވި ކުލަ ގަދަ ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު މިގޮތަށް ވިދާޅުވީ، މާލެ އާއި ހުޅެލެ ބްރިޖަކުން ގުޅާލުމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެންގުޅުއްވި ތަސައްވުރެއް ކަމަށާއި ބްރިޖު އެޅުމުގެ މަޝްވަރާތަކާއި މަސައްކަތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ކުރި ކަމަށް ބުނެ ލިޔެކިޔުންތައް އާއްމުކުރަމުން އަންނާތީ އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވާލި ބްރިޖަކީ ރައީސް ޔާމީނާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ގުޅުމުގެ ތެރެއިން އުފަންވި ބްރިޖެއް ކަމަށެވެ. އޭގެކުރީގެ އެއްވެސް ޒަމާނެއްގައި ކުރި ކަމަކުން މި ބްރިޖަށް މަގު ފަހިވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"ކޮންމެ މީހަކު ކޮންމެ ތަނަކު ވާހަކަ ދެއްކި ނަމަވެސް މި ހަގީގަތެއް ބަދަލެއް ނުވާނެ. އެމަނިކުފާނު [ރައީސް ޔާމީން] މިއޮތީ، އަންޒަމާނުއްސުރެން މި ދެ ރަށް ގުޅޭނެ ނަމަ ކިހާ ރަނގަޅުވީސްހޭ ހިތްޕުޅަށް އަރާވަޑައިގެންނެވި ރައީސުންގެ 'ނަމަ' ފޮހެލައްވައި އުއްމީދު ހާސިލްކޮށް ދެއްވާފައި،" މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޔާމީނާއި ޗައިނާ ސަރުކާރުގެ މަންދޫބު، ވަން ޝިއާއޮ ތާއޮ ބްރިޖް ހުޅުއްވައިދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ހަގީގަތަކީ ރައީސް ޔާމީނަށް، ދުރު ފެނިވަޑައިގަންނަވަނީ. ހުރަސްތައް ގިރާކުރައްވަން އެނގިވަޑައިގަންނަވަނީ. ގޮންޖެހުންތައް ފުނޑުފުނޑުކޮށްލައްވަން އެނގިވަޑައިގަންނަވަނީ."
މުއިއްޒު ވިދާޅުވި ގޮތުގައި "ދިރުމެއް އޮވެއްޖިއްޔާ، އުއްމީދެއްވާނެ" ކަމަށް ރައީސް ޔާމީން ވިދާޅުވާ ބަސްފުޅާއެކު، ބްރިޖުގެ ހުވަފެން ހަގީގަތަކަށް ހައްދަވައި ދެއްވައިފި އެވެ. އާޓިފިޝަލްބީޗު ސަރަހައްދަށް މިރޭ ގިނަ ބަޔަކު ޖަމާވެ ތިބީ އެ މަންޒަރު ބަލަން ކަމަށް ވިދާޅުވި އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު މާދަމާ ރޭ ރަސްމީކޮށް ހުޅުވުމުގެ ތާރީޚީ ހަވާއެރުވުމާއި ލައިޓްޝޯގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ /މިހާރު
ބްރިޖަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ މުޅި ތާރީޚު ބަދަލުކޮށްލި، އިންގިލާބީ ބިނާ އެކެވެ. ބްރިޖުގެ މަންފާ އެތައް ދާއިރާއަކުން ރައްޔިތުންނަށް ފޯރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރައީސް ޔާމީނަށް "އެތައް ޒަޚަމަކާ" ކުރިމަތިލާން ޖެހިވަޑައިގެންނެވި ކަމަށާއި އެ އުނދަގޫ ހާލަތުގައި ވެސް ރައްޔިތުންގެ އުއްމީދު ފުރިހަމަކޮށްދެއްވުމުގައި ފަހަތަށް ޖެހިވަޑައިނުގެންނެވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މިއީ، ނަނާ ހުވަފެނެއް ނޫން. މިއީ ބިނާ، ހުވަފެނެއް. އަތްލެވޭ ހަގީގަތް،" މުއިއްޒު ވިދާޅުވި އެވެ.
"މި ބްރިޖަކީ ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ބްރިޖެއް. މިއީ ވިޔަފާރި އާއި އިގްތިސާދުގެ ބްރިޖެއް. މިއީ، ދޭދޭ ރަހުމަތްތެރިކަން ބަދަހި ކުރުމުގެ ބްރިޖެއް. މިއީ އާއިލާގެ މެމްބަރުންނާ އެކު ހަވީރު ހުޅުމާލޭގެ އަތިރިމަތީގައި ހޫނު މަސްރޮއްޓާއި ސަޔާ ބޯލަން ތިބޭ އެ އުފާވެރި އާއިލީ ގުޅުމުގެ ބްރިޖު."
ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު: ބްރިޖަކީ ރައީސް ޔާމީންގެ ދުރު ވިސްނޭ ސިޔާސަތު ކަމަށް މުއިއްޒު ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު
މިކަން ފުރިހަމަވީ، ރައީސް ޔާމީން ގެންގުޅުއްވާ އިގްތިސާދީ އަދި ޚާރިޖީ ސިޔާސަތާ ހެދި ކަމަށް ވިދާޅުވެ އެމަނިކުފާނަށް މުއިއްޒު ސާބަސް ދެއްވެވި އެވެ. އަދި އެއްވެސް ބަޔަކު ވިސްނުން ގެންގުޅެފައި ނުވާ މިންވަރަށް ރާއްޖޭގެ ތަރައްގީ ކުރިއަށް ގެންގޮސްދެއްވަމުން އަންނަ ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ޝުކުރު އަދާކުރެއްވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ދިވެހިން މީގެ ކުރިން ނުދެކޭ ފަދަ ތަރައްގީގެ އާ ޒަމާނެއް ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށް ގެނެސްދެއްވައިފި އެވެ. މި ތަރައްގީގެ ހިމޭންކަމުގައި ދިވެހިން ތިއްބައި ހަތިޔާރާ އެކު ނުވަތަ އެ ނޫން ވެސް ގޮތަކަށް ރާއްޖެ އަަރައިގަތުމަށް ދިވެހިންގެ ބަޔަކު ބޭރުގެ ފަރާތްތަކާ މަޝްވަރާކޮށް ވާގިވެރިވުމަކީ ކޮން ބުއްދިއަކުން ބަލައިގަންނާނެ ކަމެއްތޯ މުއިއްޒު ސުވާލު އުފެއްދެވި އެވެ.
މިނިވަންކަމަކީ ކިހާ ބޮޑު ނިއުމަތެއް ކަން ރައްޔިތުން ވިސްނައި ހޭއަރައި ތިބެންޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް
ބްރިޖުގެ އައިބީމްތައް އަޅަން ފަށައިފި
ބްރިޖުގެ މަސައްކަތުގެ ސްޕީޑު ހަގީގަތުގައި ވެސް އަވަސް
ބްރިޖުގެ ދެބައި ކުޅަ އެއްބައި ހޮޅި ޖަހައި ނިންމައިފި
ބްރިޖާ ގުޅޭ ވާހަކަތަކާއި ފެނުނު މަންޒަރުތައް!
ބްރިޖްގެ ތަނބުގެ ކޮންކްރީޓް މަސައްކަތް ފަށައިފި
ބްރިޖް މަޝްރޫއާ ގުޅޭ ހުރިހާ ތުހުމަތެއް ދޮގުކުރައްވައިފި
ތިނަދޫން 150 ގޯތި އަންނަ ހަފުތާގައި ދޫކުރަނީ
ބްރިޖާ ގުޅޭ ގޮތުން ޑރ. މުއިއްޒުގެ ސުވާލުތަކެއް
ސިނަމާލެ ބްރިޖާ އެކު ތާރީހު ބަދަލުކޮށްލައިފި