Roadha Mihaaru
ބްރިޖްގެ ހުރިހާ ތަނބެއް އަންނަ މަހު ގުޅުވައި ނިމޭނެ

ބްރިޖްގެ ހުރިހާ ތަނބެއް އަންނަ މަހު ގުޅުވައި ނިމޭނެ: މުއިއްޒު

22 ޖޫން 2018

ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖްގެ ހުރިހާ ތަނބެއް އަންނަ މަހުގެ ނުވަ ވަނަ ދުވަހު ގުޅުވާލައި ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖްގެ ހުރިހާ ތަނބެއް އަންނަ މަހުގެ ނުވަ ވަނަ ދުވަހު ގުޅުވާލައި ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖްގެ މައި ދެ ތަނބެއް ގުޅުވާލުމުގެ މަސައްކަތް މިއަދު ކުރިއަށް ދާ ކަމަށެވެ. ހުރިހާ ތަނބުތަކެއް ނިންމައި އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް މާލެ އާއި ހުޅެލެއާ ދެމެދު ގުޅާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޗައިނާ އިން ތައްޔާރު ކޮށްގެން ގެނައި ސްޓީލް ގާޑާ ބީމްސްތައް ބްރިޖްގެ މައި ތަނބުތަކާ ގުޅާލުމުގެ މަސައްކަތް ފެށީ މިދިޔަ މަހު އެވެ.

މިނިސްޓަރު މުއިއްޒުގެ ޓްވީޓް

ތަނބުތައް ގުޅުވާލައި ނިމުމާއެކު ބްރިޖުގެ އުނދަގޫ ހުރިހާ މަރުހަލާތަކެއް ފުރިހަމަވީ އެވެ. ދެން އޮންނާނީ ލޭން ހެދުން ފަދަ ފިނިޝިން މަސައްކަތްތަކެވެ.

ޗައިނާގެ ސީސީސީސީއާ އެކު އެއްބަސްވެފައިވާ ގޮތުން ބްރިޖުގެ މަސައްކަތް ނިންމަން ޖެހެނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. އެކަމަކު ޝެޑިއުލަށް ވުރެ ބާރަށް މަސައްކަތް ކުރިއަށްދާ ކަމަށާއި ޖުލައި 26 އަށް ބްރިޖު ހުޅުވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު، އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީ އެވެ. ބާކީ 72 މިލިއަން ޑޮލަރު ލޯނު އެހީގެ ގޮތުގައި ޗައިނާއިން ދޭއިރު، ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ޚަރަދު ކުރެ އެވެ.