Roadha Mihaaru
މިނިސްޓަރު ޝާހިދު އިންޑިއާގެ ސަފީރާ ބައްދަލުކުރައްވައިފި

މިނިސްޓަރު ޝާހިދު އިންޑިއާގެ ސަފީރާ ބައްދަލުކުރައްވައިފި

07 ޖުލައި 2021

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާ އިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާ އިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމަށް ފަހު މިނިސްޓަރު ވިދާޅުވީ އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. އަދި އިންޑިއާގެ އެހީގައި ހަދަން ނިންމާފައިވާ މާލެ އާއި ތިލަފުށި ގުޅުވާލާ ބްރިޖާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން މިހާތަނަށް އިއުލާނުކޮށްފައިވާ އެންމެ ބިޔަ ޕްރޮޖެކްޓް، ތިލަ-މާލެ ބްރިޖު ހަދަނީ އިންޑިއާގެ ކުންފުންޏަކުންނެވެ. ނަމަވެސް ރަސްމީކޮށް އަދި އެ މަޝްރޫއު ހަވާލެއް ނުކުރެ އެވެ.

އެ މަޝްރޫއު އަށް، އިންޑިއާ އިން 100 މިލިއަން ޑޮލަރުގެ އެހީއާ އެކު 400 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ދީފައިވެ އެވެ.

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ގޮތަށް އަޅަން ނިންމާފައިވާ ތިލަ-މާލެ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނަގައި އެތަން ހުސްކުރަން ޕްލޭނިން މިނިސްޓްރީން އިއްޔެ ވަނީ އަންގައިފަ އެވެ.