Roadha Mihaaru
އަސްކަރީ މަރުކަޒެއް ހަދަން ހުއްދައެއް ނުދޭނެ: ޝާހިދު

ބޭރުގެ އަސްކަރީ މަރުކަޒެއް ހަދަން ހުއްދައެއް ނުދޭނެ: ޝާހިދު

30 ނޮވެމްބަރ 2018

އިންޑިއާ އިން ރާއްޖެ އަށް ބޮޑު ލޯނެއް ދޭ މަތިން އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހެދުމުގެ ހުއްދަ ދޭން ސަރުކާރުން ވިސްނާ ކަމަށް މީޑިއާގައި ދައްކާ ވާހަކަތައް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ދޮގު ކުރައްވައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

އިންޑިއާ އިން ރާއްޖެ އަށް ބޮޑު ލޯނެއް ދޭ މަތިން އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހެދުމުގެ ހުއްދަ ދޭން ސަރުކާރުން ވިސްނާ ކަމަށް މީޑިއާގައި ދައްކާ ވާހަކަތައް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ދޮގު ކުރައްވައިފި އެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ޝާހިދު ވިދާޅުވެފައި ވަނީ ފައިސާ އާއި އެހެނިހެން މާއްދީ މަންފާތަކެއްގެ ބަދަލުގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހެދުމުގެ ހުއްދަ ދޭން ވިސްން ކަމަށް ބުނެ ދައްކާ ވާހަކަތަކުގެ އެއްވެސް އަސްލެއް ނެތް ކަމަށެވެ.

މިއީ އަވައްޓެރި ގައުމުތަކާއި ބައިނަލްއަގްވާމީ މުޖްތަމައާ ގުޅުން ގާއިމް ކުރަން ފެށުމުން ރާއްޖެ ބަދުނާމު ކުރުމަށް ދައްކާ ވާހަކަތަކެއް،" ޓުވިޓާގައި ޝާހިދު ވިދާޅުވެފައިވެ އެވެ.

ޝާހިދުގެ ޓުވީޓު:

ޝާހިދު ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ގައުމުގެ ހައްގުގައި އަދި ގައުމުގެ މަންފާ އަށް ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށެވެ.

"ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމަށް ބުރޫ އަރާ ފަދަ އެއްވެސް އަމަލެއް ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން،" ޝާހިދު ވިދާޅުވެފައިވެ އެވެ.

ޝާހިދުގެ ޓުވީޓު:

އިންޑިއާގެ އިސް ފަރާތްތަކާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު މި ވަގުތު ޔޫއޭއީގައި ހުންނެވި ޝާހިދު ކުރިން ވިދާޅުވެފައި ވަނީ ރާއްޖެ އަށް ބޭރުގެ އެހީ ހޯދާނީ "ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރުލެއް ނާރާނެ ގޮތުގެ މަތިން" ކަމަށެވެ.

ދާއިމީ ގޮތެއްގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ގޮތަށް ހަމަޖައްސައިފި ނަމަ، އިންޑިއާ އިން ރާއްޖެ އަށް އެއް ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދޭން އިންޑިޔާ އިން ހުށައެޅި ކަމަށް ބުނެފައި ވަނީ ޖަޕާންގެ ބޮޑު ނޫހަކުންނެވެ.