Roadha Mihaaru
ހިޔާނާތް ނުބެލޭ ނަމަ ކޮމިޝަންތަކުން ވަކިވޭ: ވިސާމް

ބޮޑުހިޔާނާތް ނުބެލޭ ނަމަ ކޮމިޝަންތަކުގެ މެމްބަރުން އިސްތިއުފާދީ: ވިސާމް

06 ޖުލައި 2021

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަތައް ބެލުން ދިގުލައިގެން ދާތީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަަނަށް ފާޑުވިދާޅުވެ، އެެ ދެކޮމިޝަނުގެ މެމްބަރުން އިސްތިއުފާދެއްވަން، ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިސާމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގޮވާލައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަތައް ބެލުން ދިގުލައިގެން ދާތީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަަނަށް ފާޑުވިދާޅުވެ، އެެ ދެކޮމިޝަނުގެ މެމްބަރުން އިސްތިއުފާދެއްވަން، ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިސާމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގޮވާލައްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ހަތް އަހަރެއްގެ އޮޑިޓް ރިޕޯޓްތަކާއި މާލީ ހާއްސަ އޮޑިޓް ރިޕޯޓުތައް ދިރާސާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން އެކުލަވައިލި ރިޕޯޓަށް ކުރި ބަހުސްގައި ވިސާމް ވިދާޅުވީ، މަޖިލީހުން އެކިއެކި ރިޕޯޓްތައް ފާސްކުރި ނަމަވެސްް މުއައްސަސާތަކުން އެ ރިޕޯޓްތަަކުގައިވާ މައްސަލަތައް ނުބަލާ ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ އެތައް ކަމެއްގެ މައްސަލަ އޭސީސީސީ އަށް ހުށަހަޅާފައި ވާއިރު އެ ކޮމިޝަނުގެ ޒިންމާ އެންމެ ރަނގަޅަށް އަދާކުރާ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބަލަމުން އަންނަނީ އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެންނެވެ. ވިސާމް ވިދާޅުވީ އެކަމަކު އެ މައްސަލަތައް ބެލުމުގައި އިސްކޮށް މަސައްކަތް ކުރަނީ އޭގެ ތެރެއިން ކޮން މުއަައްސަސާއަކުން އިސްނަގައިގެން ކަން ވެސް ސާފުނުވާ ކަމަށެވެ.

އޭސީސީގައި މިހާރު ތިއްބެވި މެމްބަރުންނާ އެކު ކުރިއަށް ގޮސްގެން ނަތީޖާ ނެރެވޭނެތޯ ވިސާމް ސުވާލު އުފެއްދެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭސީސީއަށް ހުށަހަޅާފައިވާ އެތައް މައްސަަލައެއް ނުބެލި މަޑުޖެހިފައި ހުރީ ކީއްވެތޯ ރައްޔިތުން ގެންދަނީ ސުވާލުކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބަލަމުން އަންނަނީ އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެންނެވެ. ވިސާމް ވިދާޅުވީ އެކަމަކު އެ މައްސަލަތައް ބެލުމުގައި އިސްކޮށް މަސައްކަތް ކުރަނީ އޭގެ ތެރެއިން ކޮން މުއަައްސަސާއަކުން އިސްނަގައިގެން ކަން ވެސް ސާފުނުވާ ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ ރައީސް ޔާމީން ސަރުކާރުގައި ހިނގާފައި ހުރި ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތައް މަޑުޖެހިފައި ނުހުރެ އެ މައްސަލަތައް، ހަގީގަތުގައި ވީ އެންމެ އަވަހަކަށް ކުރިއަށް ދާން. އެސެޓް ރިކަވަރީ ކޮމިޝަނުގެ ބޭފުޅުންނަށް ވެސް އަދި އޭސީސީގެ ބޭފުޅުންނަށް ވެސް އެކަން ނުކުރެވޭ ނަމަ، އިސްތިއުފާދީފައި ގެއަށް ވަޑައިގެންނެވުން އެއީ އެންމެ ރަނގަޅު ގޮތް،" ވިސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އިސްކޮށް މަސައްކަތްކުރަނީ ކޮން ތަނަކުންތޯ ބަލަން ޖެހޭ ކަަމަށެވެ. އެމްއެެމްޕީއާރުސީގެ މައްސަލައިގައި މަޖިލީހުން ރިޕޯޓް ނެރުނު ފަހުން ވެސް އެސެޓް ރިކަވަރީ ކޮމިޝަނުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވިސާމް ތުހުމަތު ކުރެއްވި އެވެ.