ކޮރަޕްޝަންގެ މައްސަލަތައް ބަލަން ގާނޫނުން މަތިކޮށްފައިވާ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނުހިނގާ ކަމަށާއި ކޮރަޕްޝަނެއް ވެސް ނުހުއްޓުވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
29 އޮކްޓޯބަރ 2024
ކޮރަޕްޝަންގެ މައްސަލަތައް ބަލަން ގާނޫނުން މަތިކޮށްފައިވާ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނުހިނގާ ކަމަށާއި ކޮރަޕްޝަނެއް ވެސް ނުހުއްޓުވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހަޅުއްވާފައިވާ އޭސީސީގެ ރައީސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދޭ ބިލަށް ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އޭސީސީ ހިނގާ ކަމަށް ރާއްޖޭގެ އެއްވެސް ރައްޔިތަކު ގަބޫލުނުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނުގައި ބުނެފައިވާ ގޮތަށް އެ މުއައްސަސާ އިން މަސައްކަތެއް ނުކުރެ އެވެ. ހިޔާނާތުގެ އެއްވެސް މައްސަލައެއް ވެސް އެތަނުން ބަލައި ހައްލެއް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ގިނަ ކޮމިޝަން ތަކަށް އައްޔަން ކޮށްފައިވަނީ ޕްރޮފެޝަނަލް ބައެއް ނޫން ކަމަށެވެ. އެ ކަމުގެ ސަބަބުން އެއްވެސް ނަތީޖާއެއް ނުނެރެވޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިކަން ހައްލުކުރުމަށް އޭސީސީއަށް ރައީސަކު އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދޭން ޖެހޭ ކަމަށާއި މިއީ މުތުލަގު ކޮށް ލިބެން ޖެހޭ ބާރެއް ކަމަށެވެ.
"އަނެއްކާ މި ފަސް އަހަރު ވެސް ކޮރަޕްޝަން ހިނގާ ގޮތަށް ހިނގަން ދޫކޮށްލީމާ އަޅުގަނޑުމެންނަށް އެ ތަން ބަލާކަށް ނުތިބެވޭނެ. އަޅުގަނޑުމެންނަށް ރައްޔިތުން މި މެންޑޭޓު، ސުޕަމެޖޯރިޓީ ދިނީ ގައުމުގެ ކަންކަން އިސްލާހު ކުރަން، ކޮރަޕްޝަންގެ ކަންކަން އިސްލާހުވާތީކީ ނުފެނޭ، އެކަންތައްތައް ހުއްޓޭތީކީ ވެސް ނުފެނޭ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެކި ކަހަލަ ކޮރަޕްޝަންތަކާއި ނުހައްގު މުއްސަނދިކަމުން ގިނަ މަންފާތައް ހޯދާއިރު ވެސް އޭސީސީއަށް މިހާރު ހިލަމެއް ނުވެ އެވެ. މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލަ އެވެ.
"އެފްއޭއެމްގެ ރައީސް ވެސް ގެއިން ނެރެން ޖެހޭ ހިސާބުން މި އެނގުނީ. އެކަމަކު އެންޓިކޮރަޕްޝަން ބޯޑު ވެސް އޮވޭ، އެއްވެސް ކަމެއް ނުވޭ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިގޮތަށް "ހައްދެއް، ހުދޫދެއް ނެތް ގޮތަށް" ކޮރަޕްޝަން ހިންގަމުން އަންނަ ތަނެއްގައި އޭސީސީގެ ރައީސަކަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރުމަކީ އޮންނަން ޖެހޭނެ ގޮތް ކަމަށެވެ.
ނާޒިމްގެ ބަހުގެ ހަމަލާ އޭސީސީ އަށް: ވާ ކަމެއް ހަރާން
އެސްއޯއީތަކުގެ ކޮރަޕްޝަން އަދިވެސް ނުހުއްޓޭ: ނާޒިމް
ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަކިކުރަން ލަފާ ދެނީ
މުއައްސަސާތަކަށް "ވާކަމެއް ހަރާން"، ކީއްވެ؟
އިހުސާނަށްވުރެ ގާބިލް ހޯމް މިނިސްޓަރެއް ރާއްޖެ ނުދެކޭ
މަޖިލިހާއި އޭސީސީ ގުޅިގެން ޕޮލްކޯގެ މައްސަލަ ބަލަނީ
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
ބަދަލުދިން މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަނީ
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!
ސްޓެލްކޯގެ ކުރީގެ އެމްޑީޝަރީފްގެ މައްސަލައެއް އޭސީސީއަށް