06 ޖުލައި 2021
ދެހާސް ސޯޅަ ވަނަ އަހަރު ގެނެސްދިން ފިލްމު "ކަޕޫރް އެންޑް ސަންސް" ގެ ބަތަލާގެ ރޯލު ކުޅުވަން ބޭނުންވީ އާލިއާ ބަޓް ނޫން ބަތަލާއަކު ލައްވައި ކަމަށާއި އެކަމަކު އޭނާ އަށް ފިލްމުން ފުރުސަތު ދިނީ އާލިއާ އެ ފިލްމު ކުޅެން ބޭނުންވެގެން އެ ވާހަކަ ދެއްކި ވަރުން ކަމަށް ކަރަން ޖޯހަރް ބުނެފި އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ގެނެސްދިން ފިލްމު "ކަޕޫރް އެންޑް ސަންސް" ގެ ބަތަލާގެ ރޯލު ކުޅުވަން ބޭނުންވީ އާލިއާ ބަޓް ނޫން ބަތަލާއަކު ލައްވައި ކަމަށާއި އެކަމަކު އޭނާ އަށް ފިލްމުން ފުރުސަތު ދިނީ އާލިއާ އެ ފިލްމު ކުޅެން ބޭނުންވެގެން އެ ވާހަކަ ދެއްކި ވަރުން ކަމަށް ކަރަން ޖޯހަރް ބުނެފި އެވެ.
ޝަކުން ބަޓްރާ ލިޔެ، ޑައިރެކްޓްކުރި އެ ފިލްމަކީ ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ އެއްޗެކެވެ. އަދި އޭގެ ބަތަލުންނަކީ ޕާކިސްތާންގެ އެކްޓަރު ފަވާދު ޚާނާއި ސިދާތު މަލްއުތުރާ އެވެ. "ކަޕޫރް އެންޑް ސަންސް" ގައި ކިޔައިދިނީ ކަޕޫރް ކިޔާ އާއިލާއެއްގެ ތަފާތު ދެބެއިންގެ ދިރިއުޅުމުގެ ވާހަކަ އެވެ.
ކްލަބްހައުސްގައި ކުރިއަށް ގެންދިޔަ "އިންސައިޑް ދަ ރައިޓާޒް" ފޯރަމްގައި ކަރަން ބުނީ އޭނާގެ 2012 ގެ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ތައާރަފުކުރި އާލިއާ އަކީ ފެވަރިޓަކަށް ވިޔަސް ދަރުމާ އިން ހަދާ ކޮންމެ ފިލްމަކުން އޭބާ އަށް ފުރުސަތުދޭން ނުޖެހޭ ކަމާއި ދަރުމާގެ ކޮންމެ ފިލްމެއް ކުޅެން އާލިއާ އަށް މަޖުބޫރު ނޫން ކަމަށެވެ.
"އެހެންވެ އަހަރެން ވަރަށް މަސައްކަތް ކުރިން އާލިއާ ކަޕޫރް އެންޑް ސަންސް ނުކުޅެވޭތޯ ބަލަން. އެހެންވެ ބުނިން ފިލްމުގެ ނަމާއި އަދި އޭގެ ބަަތަލާގެ ކެރެކްޓާގައި ވެސް ނެތޭ ހަގީގަތުގައި އާލިއާއާ ގުޅޭ ކަހަލަ ކަމެއް،" ކަރަން ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި "ކަޕޫރް އެންޑް ސަންސް" އަށް އެންމެ ފަހުން އާލިއާ ނަގަން ނިންމީ އޭނާ އެކަމާ ކިޔާވަރުން ކަމަށެވެ. އެގޮތުން ސްކްރިޕްޓް ސެޝަނަކަށް ފަހު، އޭގެ ވާހަކަ ކަމުދިޔަލެއް ބޮޑުކަމުން އެ ވާހަކަ އަނެއްކާ ގޮސް ކަރަންގެ ގާތުގައި އާލިއާ ދެއްކި ކަމަށް ބުންޏެވެ.
"އޭނަ ބުނަނީ ސްކްރިޕްޓް ވަރަށް ކަމުގޮސްފިއޭ. އަނެއްކާ ޑައިރެކްޓަރު ޝަކުން އަކީ ގާތް އެކުވެރިޔެކޭ. ބޭނުމެއް ނޫނޭ ކޮންމެ ގޮތެއް ވިޔަސް ފުރުސަތު ދޫކޮށްލާކަށް. ރޯލު ކުޑަވެފައި ބަތަލާގެ ކެރެކްޓާގައި މާ ހާއްސަ ކަމެއް ނެތަސް އެ ފިލްމު ކުޅެން ހަމަ ބޭނުމޭ ކިޔާފައި އާލިއާ ކުސްތަޅާވަރުން އެންމެ ފަހުން މަޖުބޫރުވީ އޭނާ ހިމަނައިގެން ފިލްމު ހަދަން." އާލިއާ އަކީ އަމިއްލަ ދަރިއެއް ގޮތަށް ދެކޭ ކަރަން ބުންޏެވެ.
އޭނާ ބުނީ އާލިއާގެ އެ ވާހަކަތަކުން ކަށަވަރުވީ ފުރިހަމަ ބަތަލާއެއްގެ ޒިންމާ ކަމަށެވެ. އެހެންވެ އާލިއާ ފަދަ ތަރިންނަށް އިންޑަސްޓްރީގެ ހުރިހާ އެންމެން ވެސް ވާނެ ނަމައޭ ހިތަށް އަރާ ކަމަށް ބުންޏެވެ.
"ލިބުނު ކެރެކްޓާގެ ދިގުމިނަކަށް ނުބަލައި އަދި މުޅި ވާހަކައިގެ ފޯކަސް ދެބޭންނާއި އާއިލާއެއްގެ މައްޗަށް އޮތް ފިލްމެއް ކުޅެން އާލިއާ ނިންމުމަކީ ރަނގަޅު އަދި މޮޅު ފިލްމުތަކުގައި ބައިވެރިވާން އޭނަ ކިހާ ބޭނުންވާކަން ހާމަކޮށްދިން ކަމެއް،" ކަރަން ބުންޏެވެ. "މިކަހަލަ ސަބަބުތަކާ ހެދި އާލިއާ އަކީ އެކްޓަރެއްގެ ގޮތުން އަބަދު ވެސް އަހަރެން ފަހުރުވެރިވާ އަދި ވަރަށް އިހުތިރާމު ވެސް ކުރާ ބަތަލާއެއް."
"ކަޕޫރް އެންޑް ސަންސް" ހައި އާލިއާ ކުޅުނު ޓިއާ މަލިކްގެ ކެރެކްޓާ ކިތަންމެ ކުރަސް އެ ފިލްމަކީ އޭނާގެ އެންމެ މޮޅު އެކްޓިންއެއް ފެނިގެން ދިޔަ އެއް ފިލްމެވެ.
އާލިއާ، 28، ކުޅުނު ކަރަން ޕްރޮޑިއުސްކުރި ފިލްމުތަކުގެ ތެރޭގައި "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އާއި "ބަދުރިނާތު ކީ ދުލްހަނިޔާ" އާއި "2 ސްޓޭޓްސް" އާއި "ޝާންދާރު" އާއި "ޑިއާ ޒިންދަގީ" އާއި "ރާޒީ" އަދި "ކަލަންކް" ހިމެނެ އެވެ.
މިހާރު ވެސް ކަރަންގެ ތިން ފިލްމެއް އާލިއާގެ އަތުގައި އެބަ އޮތެވެ. އެއީ މަސައްކަތް ނުފަށާ ތާރީހީ ލޯބީގެ ފިލްމު "ތަޚުތު" އާއި ރޮމޭންޓިކް ކޮމެޑީ "ޕްރޭމް ކަހާނީ" ގެ އިތުރުން ޝޫޓިން ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ "ބުރައްމަސްތުރާ" އެވެ.
ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު
ކަރަންގެ އާ ފިލްމުގައި ޕްރިތީ ފެންނާނެ
ޖާދޫގައި ޖައްސަން، ކަރަންގެ "ޓިޕިކަލް" ފިލްމެއް
ސާރާ ނަމޫނާއަކަށް ބަލަނީ އާލިއާ ބަޓަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކަރަންގެ ފިލްމަށް ޝަބާނާ 10 ކިލޯ ލުއިކުރި
ޝާހިދު ދޫކޮށްލި "ޔޯދާ" ސިދާތާ އެކު ފްރެންޗައިޒަކަށް
ޖަޔާގެ ފުރަތަމަ ނެގަޓިވް ރޯލު ކަރަންގެ ފިލްމުގައި
ޖަޔާ އާއި ޝަބާނާގެ ބޮޑު މޭކްއޯވާއެއް
ރަންވީރަކީ ޑާލިންއެެއް: ދަރުމެންދުރާ