02 ޖުލައި 2021
އޮންލައިންކޮށް ކިޔަވަން ސްމާޓްފޯނެއް ބޭނުންވާތީ އިންޑިއާ އަންހެން ކުއްޖަކު މަގުމަތީގައި އަނބު ވިއްކަނިކޮށް އެ ކުއްޖާގެ އަތުން 12 އަނބު، 10،000 ރުޕީސް ގެ ރޭޓުން ގަނެ ވިޔަފާވެރިޔަކު އެ ކުއްޖާ އަށް ފޯނެއް ވެސް ގަނެދީފަ އެވެ.
އޮންލައިންކޮށް ކިޔަވަން ސްމާޓްފޯނެއް ބޭނުންވާތީ އިންޑިއާ އަންހެން ކުއްޖަކު މަގުމަތީގައި އަނބު ވިއްކަނިކޮށް އެ ކުއްޖާގެ އަތުން 12 އަނބު، 10،000 ރުޕީސް ގެ ރޭޓުން ގަނެ ވިޔަފާވެރިޔަކު އެ ކުއްޖާ އަށް ފޯނެއް ވެސް ގަނެދީފަ އެވެ.
ޖާކަންދުގެ ޖަމްޝީދުޕޫރްގެ ފަގީރު އާއިލާއަކަަށް ނިސްބަތްވާ ގްރޭޑް 5 ގައި ކިޔަވާ 11 އަހަރުގެ ތުލްސީ ކުމާރީ ބުނި ގޮތުގައި ފައިސާ ހޯދަން އަނބު ވިއްކަން މަގުމައްޗަށް ނުކުންނަން މަޖުބޫރުވީ ކޮވިޑް-19އާ އެކު މި ފަހުން ކުރިމަތިވި ލޮކްޑައުންއާ ހެދި އާއިލާގެ ހާލަތު ވަރަށް ދަށްވުމުންނެވެ.
"ބައްޕަގެ ވަޒީފާ ވެސް ގެއްލި ފައިސާގެ ލިބޭނެ ގޮތެއް ނެތުނީމަ އަހަރެން އަނބު ވިއްކަން ނުކުތީ،" އޭނާ ބުންޏެވެ.
ތުލްސީ ބުނި ގޮތުގައި އެކަން ކުރަން މަޖުބޫރުވީ ކިޔަވަން މިހާރު ކޮންމެހެން ވެސް ސްމާޓްފޯނެއް ބޭނުންވާތީ އެވެ.
"އެކަމަކު އަނބު ވިއްކައިގެން ލިބުނު ފައިސާ މިހާތަނަ ބޭނުންކުރަން ޖެހުނީ ގެއަށް ކާޑުގެ ބާވަތްތައް ގަންނަން. އެހެންވެ ފޯނެއް ގަންނަން ފައިސާ ޖަމާކުރަން ބޭނުންވާތީ މިކަން ކުރަމުން ގެންދިޔައީ." އޭނާ ބުންޏެވެ.
Jharkhand | 11-yr-old Tulsi Kumari from Jamshedpur sells 12 mangoes for Rs 1,20,000, buys a smartphone for online classes
— ANI (@ANI) June 30, 2021
A man from Mumbai bought 12 mangoes at Rs 10,000 each seeing her determination to study. This helped Tulsi buy a smartphone for her studies, says her mother pic.twitter.com/WwYHX09g2T
ތުލްސީގެ ވާހަކަ މުމްބާއީގެ ވިޔަފާރިވެރިއެއް ކަމަށްވާ އަމީީތޭ ހޭޓޭ އަށް އެނގުނީ ނޫސްވެރިޔަކު އެ ކުއްޖާގެ ވާހަކަ ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމުންނެވެ. އެ ހިސާބުން އޭނާ އެ ކުއްޖާ އަށް އެހީވާން ނިންމި އެވެ. އަދި ތުލްސީގެ އަތުން 10،000 ރުޕީސްގެ ރޭޓުން 12 އަނބު ގަނެ، އެއާ އެކު ފޯނެއް ވެސް ދިނީ އެވެ. ބާރަ އަނބުން ތުލްސީ އަށް 120،000 ރުޕީސް ލިބުނެވެ.
"ތުލްސީގެ ހާލަތު އެނގުމުން ވަރަށް ދެރަވި. އެކަހަލަ ކިތަންމެ ކުދިންނެއް މި ގައުމުގައި އެބައުޅޭ. ހާލަތު ބަދަލުކުރަން އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ،" ހޭޓޭ ބުންޏެވެ.
އުންމީދު ވެސް ނުކުރާ ކަހަލަ ގޮތަކަށް ފޯނަކާ އެކު އަނބަށް ވެސް ބޮޑު އަގެއް ލިބުމުން ތުލްސީ އާއި އާއިލާ އަށް ވަރަށް ބޮޑު އުފާވެރި ކަމެއް ލިބުނެވެ.
ތުލްސީ މަންމައާ އެކު.
ކުއްޖާގެ މަންމަ ޕަދުމިނީ ދޭވީ ބުނީ ފޯނެއް ނެތިގެން އޮންލައިންކޮށް ކްލާހުގައި ބައިވެރިނުވެވޭތީ ދަރިފުޅު ކޮންމެ ދުވަހަކު ޝަކުވާކުރަމުންދާ ކަމަށެވެ. އެކަމަކު އާއިލާގެ ހާލަތު ހުރި ގޮތުން ފޯނެއް ގަނެވޭނެ ތަނަވަސްކަން ނެތީ ކަމަށް ބުންޏެވެ.
"ވަރަށް އުވާފި ދަރިފުޅުގެ ޝަކުވާތަކަށް ނިމުމެއް އައިމަ. އެކަންކޮށްދިން ވިޔަފާވެރި އަށް އަބަދު ވެސް ޝުކުރުވެރި ވާނަން،" ދޭވީ ބުންޏެވެ. "އަނެއްކާ އޭނާ ވަރަށް ހިތްވަރުން ތުލްސީ ކިޔަވައިގެން މޮޅު ކުއްޖަކަށް ވާން. ދަރިފުޅު މިހާރު ހުރީ ވަރަށް އުފަލުން. އެ ކުއްޖާ އަކީ އަބަދު ވެސް ކިޔަވަން ވަރަށް ބޭނުންވާ ކުއްޖެއް."
ނުވަ އަހަރުގެ ކުއްޖަކު ބުލީއާ ދެކޮޅު އެޕެއް ހަދައިފި
އިންޑިއާގެ ކޮލެޖަކުން މޮބައިލް ފޯނު މަނާކޮށްފި
އުމުރުން 11 އަހަރުގައި ބީޓެކް ޓީޗަރަކަށް
މައިންބަފައިންދެކެ ރުޅިން ކޮޓަރިން ނުނިކުމެ ތިން އަހަރު
ބޮޑުމީހަކަށް ނޭނގޭ މައުލޫމާތު މި ކުއްޖާ އަށް އެނގޭ
އާދަޔާޚިލާފަށް ވިސްނުންތޫނު 18 މަހުގެ ކުއްޖެއް
ޔަޝްއަލް: މިއީ އާދަޔާ ހިލާފަށް ތޫނުފިލި ކުއްޖެއް!
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
ދިގުރަށުން ފެނުނު ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަނީ
ޗައިނާގައި ކުދިންގެ ސްކްރީން ވަގުތު މަދުކުރަނީ