Roadha Mihaaru
ޓެލެގްރާމަށް ގްރޫޕް ވީޑިއޯ ކޯލް ތައާރަފުކޮށްފި

ޓެލެގްރާމަށް ގްރޫޕް ވީޑިއޯ ކޯލް ތައާރަފުކޮށްފި

28 ޖޫން 2021

ޓެލެގްރާމަށް ވީޑިއޯ ކޯލް ފީޗާ ތައާރަފުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓެލެގްރާމަށް ވީޑިއޯ ކޯލް ފީޗާ ތައާރަފުކޮށްފި އެވެ.

ޓެލެގްރާމްގެ ގްރޫޕް ވީޑިއޯ ކޯލްގައި ބައިވެރިވެވޭ އަދަދު މި ވަގުތު އޮތީ 30 އަށް ލިމިޓްކޮށްފައި ނަމަވެސް ވަރަށް އަވަހަށް އެ ލިމިޓަށް ބަދަލުތަކެއް ގެންނާނެ ކަމަށް ބުންޏެވެ.

މިދިޔަ އަހަރު ކޮވިޑް-19 އާ ކުރިމަތިލާން ޖެހުނު ފަހުން ޓެލެގްރާމް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު އެއަށް މި ފަހުން ގެނައި ބައެއް ބަދަލުތަކުގެ ތެރޭގައި ތެރޭގައި ޝެޑިއުލްޑް ވޮއިސް މެސެޖް ފޮނުވޭ ގޮތާއި ޓެލެގްރާމުން ފައިސާގެ މުއާމަލާތްކުރެވޭ ގޮތް ހެދުން ހިމެނެ އެވެ. އަދި ވޮއިސް ޗެޓް ފީޗާތައް ކުރިއަށް ވުރެ ފުރިހަމަކޮށް އާ އަޕްޑޭޓްތަކެއް ދީފައިވެ އެވެ.

ޓެލެގްރާމަށް ވީޑިއޯ ކޯލް ތައާރަފުކުރީ އޭގެ ހަތް ވަނަ އަހަރީ ދުވަހާ ދިމާކޮށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރެގަ އެވެ.