Roadha Mihaaru
ޑެންމާކުގައި 21 ގަޑިއިރު ރޯދަޔަށް ތިބެންޖެހޭ

ޑެންމާކުގައި 21 ގަޑިއިރު ރޯދަޔަށް ތިބެންޖެހޭ

06 ޖޫން 2016

ދުވަހުގެ ދިގުމިނަކީ އަހަރެމެން ދިވެހިންނަށް އާދަޔާ ހިލާފު ކަމެއް ނޫނެވެ. ބައެއް ގައުމުތަކުގައި ދުވަހުގެ ދިގުމިނުގެ މައްސަލާގައި ރޯދަ މަހު ބޮޑެތި ބަހުސްތައް ހިނގަ އެވެ. ރޯދަޔަށް ތިބޭނެ ވަގުތާއި ހާރު ކާނެ ވަގުތާ މެދު ސުވާލު އުފެދެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ދުވަހުގެ ދިގުމިނަކީ އަހަރެމެން ދިވެހިންނަށް އާދަޔާ ހިލާފު ކަމެއް ނޫނެވެ. ބައެއް ގައުމުތަކުގައި ދުވަހުގެ ދިގުމިނުގެ މައްސަލާގައި ރޯދަ މަހު ބޮޑެތި ބަހުސްތައް ހިނގަ އެވެ. ރޯދަޔަށް ތިބޭނެ ވަގުތާއި ހާރު ކާނެ ވަގުތާ މެދު ސުވާލު އުފެދެ އެވެ.

މި ރޯދަ މަހު ބައެއް ގައުމުތަކުގައި މި ރޯދަ މަހު 20 ގަޑިއިރަށް ވުރެ ގިނައިރު ރޯދަޔަށް ތިބޭނެ އެވެ. އަދި އެހެން ބައެއް ގައުމުތަކުގައި ރޯދަޔަށް ތިބޭނީ މީގެ ދެ ބައިކުޅަ އެއް ބައި ވަގުތު އެވެ.

އެންމެ ދިގު ރޯދަ

މި އަހަރު ވެސް އެންމެ ގިނައިރު ރޯދަ ހިފާނީ އައިސްލެންޑާއި ސްވިޑަން އާއި ނޯވޭގަ އެވެ. އެއީ ގާތްގަނޑަކަށް 20 ގަޑިއިރެވެ. ނެދަލެންޑްސް އާއި ބެލްޖިއަމްގައި 18 ގަޑިއިރާއި 30 މިނެޓް ރޯދަޔަށް ތިބޭނެ އެވެ. ސްޕެއިންގައި 17 ގަޑިއިރާއި 30 މިނެޓެވެ. އިންގްލެންޑާއި ޖާމަނީގައި 16 ގަޑި އިރާއި 30 މިނެޓެވެ.

އެމެރިކާ އާއި ފްރާންސާއި އިޓަލީގައި 16 ގަޑިއިރު ރޯދަޔަށް ތިބެންޖެހޭނެ އެވެ. ޑެންމާކުގައި 21 ގަޑިއިރެވެ.

މެދުމިނުގެ ރޯދަ

ގަލްފާއި މެދުއިރުމަތީގެ ގައުމުތަކުގައި ދުވަހުގެ ދިގުމިން މި ރޯދަމަހު ހުންނާނީ އާދައިގެ ވަރެއްގަ އެވެ. މިސްރުގައި 16 ގަޑިއިރާއި 30 މިނެޓް ރޯދަ ހިފާއިރު ބަހްރެއިން، ސައުދީ އަރަބިއާ، ޓިއުނީޝިއާ އަދި ފަލަސްތީނުގައި 15 ގަޑިއިރެވެ.

ޔަމަނުގައި 14 ގަޑިއިރާއި 50 މިނެޓް، ގަތަރުގައި 14 ގަޑިއިރާއި 40 މިނެޓް، ކުވައިތު، އިރާގު، ޖޯޑަން، ސީރިއާ، އަލްޖީރިއާ، މޮރޮކޯ އަދި ލީބިޔާ އާއި ސޫދާންގައި 14 ގަޑިއިރެވެ.

އެންމެ ކުރު ރޯދަ

އޮސްޓްރޭލިއާ އަށް މި ރޯދަ މަހު ދުވަހުގެ ދިގުމިން 10 ގަޑިއިރެވެ. ސައުތު އެފްރިކާ އަށް 10 ގަޑިއިރާއި 30 މިނެޓެވެ. ބްރެޒިލަށް 11 ގަޑިއިރު، މެކްސިކޯ އަށް 13 ގަޑިއިރާއި 20 މިނެޓެވެ.