Roadha Mihaaru
ނަފުރަތު ބިލާ އެމްޑީޕީގެ މެމްބަރަކު ވެސް ދެކޮޅު

ނަފުރަތު ބިލު އަނބުރާ ގެންދަން އެމްޑީޕީގެ މެމްބަރަކު ގޮވާލައްވައިފި

15 ޖޫން 2021

މީހުންގެ އަގީދާއާ ގުޅުވައި ނަފުރަތު އުފެއްދުން ކުށަކަށް ހެދުމަށް ޓަކައި ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލް އަނބުރާ ގެންދަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ،މެމްބަރަކު މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މީހުންގެ އަގީދާއާ ގުޅުވައި ނަފުރަތު އުފެއްދުން ކުށަކަށް ހެދުމަށް ޓަކައި ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލް އަނބުރާ ގެންދަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ،މެމްބަރަކު މިއަދު ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވީ ސަރުކާރުން ބިލު އަނބުރާ ގެންދަން އޭނާ އެދިވަޑައިގަންނަވަނީ އެ ބިލާއި މެދު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތައް ހުރުމުން ކަމަށެވެ. އޭނާ ވިދާޅުވީ އެ ބިލް އޭނާ ބިލު ބަލައިވެސް ނުގަންނަ ކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުމަކީ ޑިމޮކްރަސީއާ ބީރަށްޓެހި ކަމެއް ކަމަށެވެ. އެކަމަކު މީހުންނާ މެދު ނަފުރަތު އުފައްދައި ލޭހުއްދަކުރަން ގޮވައިލުމަަކީ ވެސް ޒަމާނީ މުޖުތަމައެއްގައި މީހުން ގަބޫލުކުރާނެ ކަމެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަނީފު ވިދާޅުވި ގޮތުގައި ބިލު މިހާރު އޮތް ގޮތަށް ފާސްކޮާށް ގާނޫނަކަށް ވެއްޖެ ނަމަ ސިޔާސީ މަގުސަދުތަކުގައި މީހުން ޖަަލަށް ؛ލުން އާއްްމުވާނެ އެވެ.

"ރާއްޖޭގައި މިބީދައިން ބިލެއް ފާސްކޮށްފި ކަމަަށް ވެއްޖެއްޔާ ކުރިއަށް އޮތް މުސްތަގުބަލުގައި ސިޔާސީ މަގުސަދަކަށް ޓަކައި ގިނަ އަދަދެއްގެ ކުށްްވެރިން [ލައި] ދިވެހިރާއްޖޭގެ ޖަލުތައް ފުރައިލެވިގެންދާނެ ކަމަކީ މި ބިލުން އަޅުގަަނޑަށް ފެންނަން އޮތް ހަގީގަތެއް،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގައި ދީނީ ކަންތައްްތަކުގައި ލަފާދޭ ކޮމިޓީއެއް ( އިސްލާމްދީނުގެ މަޝްވަރާ މަޖްލިސް) އޮތް ނަމަވެސް އެ މަޖިލިސް އެކްޓިވް ނުވެ އޮންނަތާ ފަސް އަހަރު ވެފައިވާ ކަމަށްް ވިދާޅުވެ ސަނީފު ކަންބޮޑުވުން ފާޅުކުރެއްވި އެވެެ. އެ މަޖިލީހަށް ބޭފުޅުން ހަމަައްސަވައި އަލުން ހަރަކާތްތެރިކުރުވަން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އޭނާ ގޮވައިލެއްވި އެވެ.

އެއާ އެކު އޭނާ ވިދާޅުވީ ބިލުގެ ސަބަބުން ރާއްޖޭގައި އިސްލާމީ އަގީދާއަށް ގެއްލުން ވެދާނެ ކަމަށް ވިދާޅުވެ، ބިލު އަނބުރައި ގެންދަވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އޭނާ ގޮވައިލެއްވި އެވެ.

"އަޅުގަނޑު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ [އަރިހުން] އެދެނީ މި ބިލު އަނބުރާ ގެންދިއުމަށް. މިއީ އިސްލާމްދީނަށް މީގެ ސަބަބުން ގެއްލުންވެގެން ހިނގައިދާނެ ކަމެއް. އިސްްލާމްދީނުގެ އަގީދާއާއި އިސްލާމްދީން ފެތުރުމަށް މަސައްކަތްކުރާ ،މީހުންގެ އަތް ފައި ބެނދެވިގެންދާނެ ކަމެއް،" ސަނީފު ވިދާޅުވި އެވެ.

ނަފަރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ހުށަހެޅި ބިލާ މެދު ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެ ބިލުގައިވާ ބައެއް މާއްދާތައް އުނިކުރަން ޖެހޭ ކަމަށާއި މިހާރު އޮތް ގޮތަށް ބިލު ފާސްކުރަން ވޯޓު ނުދެއްވާނެ ކަަމަށް ވެސް ޔައުގޫބް ވިދާޅުވި އެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ނަފްރަތު ބިލާ މެދު އޭނާ ވެސް ކަންބޮޑުވުން ފާޅުކުރެއްވި

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ނަފްރަތު ބިލާ މެދު އޭނާ ވެސް ކަންބޮޑުވުން ފާޅުކުރެއްވި

ޔައުގޫބު ވިދާޅުވީ ސަރުކާރުން ބިލު ހުށަހެޅީ ރަނގަޅު މަގުސަދުގައި ކަން ގަބޫލުކުރައްވާ ކަމަށައި އެހެން ނަމަވެސް އޭގައިވާ ބައެއް އިބާރާތްތަކާ ކަނޑައެޅިގެން ދެކޮޅު ހައްދަވާ ކަމަށެވެ. އެގޮތުން އޭނާ ކަންބޮޑުވުން ފާޅުކުރެއްވީ ބިލުގެ އެއްވަނަ ނަމްބަރުގައިބާ އިބާރާތާ މެދުގަ އެވެ. ބިލުގެ އެއްވަނަ ނަމްބަރުގައި އޮތީ "އަންނަނަނިވި ހާލަތްތަކުގައި އަންނަނިިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ" މި ހެންނެވެ.. އެއަށް ފަހު އޭގެ ދަށަށް ގިނަ ކަންތައްތައްތަކެއް ލާފައި ވެ އެވެ. އެގޮތުން އެންމެ ފުރަތަމަ އޮތް އިބާރާތަކީ "އާއްމު ތަނެއްގައި، ވަކި މީހާކީ އިސްލާމްދީނާ ހިލާފަށް ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތުކުރުން،" މިހެންނެވެ.

ޔައުގޫބު ވިދާޅުވީ އެ އިބާރާތް އޮތް ގޮތުން އިސްލާމްދީނާ ހިލާފަށް އުޅޭ މީހަކަށް އެހެން އޭނާ އުޅޭ ކަމުގެ ތުހުމަތު ކުރުމުގެ ޖާގަ ވެސް ގެއްލޭ ކަމަށެވެ.

"އެފަދަ މީހަކު އިސްލާމްދީނާ ދެކޮޅަށް އުޅޭ އިރު ވެސް އެމީހަކާ ދިމާލަށް އެހެން ނުބުނެވޭ އިރު އެފަދައިން ތުހުމަތުކުރުމުގެ ޖާގަވެސް ގެއްލިގެން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

އެ މާއްދާ އެހެން އޮތުމަކީ އިސްލާމްދީނަށް ޖޯކް ޖަހައި ފުރައްސާރަކުރާ ފަރާތްތަކަށް އެގޮތަށް ކަންތައް ކުރަން ފުރުސަތު ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެގޮތަށް ގާނޫނު ހަދައިގެން ވާނެ ކަމަށް ގަބޫލުުނުކުރައްވާ ކަމަށް ވެސް ޔައުގޫބު ވިދާޅުވި އެވެ.