Roadha Mihaaru
ޗިލީން އާޖެންޓީނާ ހިފަހައްޓައިފި

ޗިލީން އާޖެންޓީނާ ހިފަހައްޓައިފި

15 ޖޫން 2021

ރިއޯ ޑިޖެނެއިރޯ (15 ޖޫން) - ކޮޕާ އެމެރިކާގައި މިރޭ އާޖެންޓީނާ އާއި ޗިލީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ރިއޯ ޑިޖެނެއިރޯ (15 ޖޫން) - ކޮޕާ އެމެރިކާގައި މިރޭ އާޖެންޓީނާ އާއި ޗިލީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ބްރެޒިލްގައި ކުރިއަށްދާ މުބާރާތުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާ އިން ލީޑު ނެގީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ހިލޭ ޖެހުމަކުން ކާމިޔާބުކުރި ހިތްގައިމު ގޯލަކުންނެވެ. އެހެން ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި ޗިލީގެ އެޑުއާޑޯ ވާގާސް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

އާޖެންޓީނާގެ ޑިމާރިއާ (ކ) އާއި ޗިލީގެ މެނާ ބޯޅަ ހޯދުމަށް މަސައްކަތްކުރަނީ. -- ފޮޓޯ / އޭއެފްޕީ

އާޖެންޓީނާގެ ޑިމާރިއާ (ކ) އާއި ޗިލީގެ މެނާ ބޯޅަ ހޯދުމަށް މަސައްކަތްކުރަނީ. -- ފޮޓޯ / އޭއެފްޕީ

ދެވަނަ ހާފުގައި ޗިލީގެ ތަޖުރިބާކާރު މިޑްފީލްޑަރު އާޓޫރޯ ވިޑާލް ފޮނުވާލި ޕެނަލްޓީ އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް ދިފާއުކުރި ނަމަވެސް، ހުރަސްދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ވާގާސް ވަނީ ހުށިހާރުކަމާއެކު ގޯލަށް ވައްދާލައިފަ އެވެ.

މި މެޗުގައި އާޖެންޓީނާގެ ފޯވަޑް ނިކޮލަސް ގޮންޒާލޭޒް ވަނީ ރަނގަޅު ފުރުސަތުތަކެއް ބޭކާރުކޮށްލައިފަ އެވެ. މެޗު ނިމެން 10 މިނިޓަށްވެފައި ވަނިކޮށް މެސީ ތަނަވަސްކޮށްދިން ރަނގަޅު ފުރުސަތުގެ ބޭނުން ވެސް ގޮންޒާލޭޒަށް ނުހިފުނެވެ.

މި މެޗުގެ ފަހުކޮޅު ވެސް އާޖެންޓީނާ އިން އިތުރު ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު ކާމިޔާބުވާ ގޮތެއް ނުވި އެވެ. -- އޭއެފްޕީ