22 ނޮވެމްބަރ 2016
ސެވިއްޔާ (ނޮވެމްބަރު 22) – ޗެމްޕިއަންސް ލީގުގައި މިރޭ މުހިއްމު މެޗަކަށް ސްޕެއިނުގެ ސެވިއްޔާއާ ދެކޮޅަށް ނުކުންނައިރު ޔުވެންޓަސްގެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ފޯވާޑް ގޮންޒާލޯ ހިގައިން އާއި ޕައުލޯ ޑިބާލާ އަދި ޑިފެންޑަރު މެހްދީ ބެނާޝިއާ އަަށް ނުކުޅެވޭނެ އެވެ.
ސެވިއްޔާ (ނޮވެމްބަރު 22) – ޗެމްޕިއަންސް ލީގުގައި މިރޭ މުހިއްމު މެޗަކަށް ސްޕެއިނުގެ ސެވިއްޔާއާ ދެކޮޅަށް ނުކުންނައިރު ޔުވެންޓަސްގެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ފޯވާޑް ގޮންޒާލޯ ހިގައިން އާއި ޕައުލޯ ޑިބާލާ އަދި ޑިފެންޑަރު މެހްދީ ބެނާޝިއާ އަަށް ނުކުޅެވޭނެ އެވެ.
އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ޕެސްކާރާ އަތުން 3-0 އިން ޔުވެންޓަސް މޮޅުވި މެޗުގައި ހިގައިން ފުލްކޮށް ކުޅުނު ނަމަވެސް މެޗަށް ފަހު ހެދި ޓެސްޓްތަކުން ދައްކާ ގޮތުގައި އޭނާގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ. ބެނާޝިއާގެ ކަކުލަށް އަނިޔާވެފައިވާއިރު އޭނާ ޕެސްކާރާ މެޗުގައި ނުކުޅެ އެވެ.
ޑިބާލާ އާއި ހިގައިން ނެތުމާ އެކު މިރޭގެ ޔުވެންޓަސްގެ ސްކޮޑުގައި ތިބީ އެންމެ ދެ ސެންޓްރަލް ފޯވާޑުންނެވެ. އެއީ ކްރޮއޭޝިއާގެ މާރިއޯ މަންޒުކިޗާއި އުމުރުން 16 އަހަރުގެ އިޓަލީ ފޯވާޑް މޮއިސް ކީން އެވެ. ކީން ވަނީ ޕެސްކާރާއާ ދެކޮޅަށް ކުޅެ މިގަރުނުގައި އުފަންވި ކުޅުންތެރިންގެ ތެރެއިން ޔޫރަޕުގެ ގަދަ ހަތަރު ލީގުގެ ތެރެއިން ލީގެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. އޭނާ މިރޭ ކުޅެފި ނަމަ އެ ޝަރަފް ޗެމްޕިއަންސް ލީގުގައި ހޯދާ ފުރަތަމަ ކުޅުންތެރިޔާ އަށް ވެސް އޭނާ ވާނެ އެވެ.
މިރޭ ސެވިއްޔާ އަތުން މޮޅުވެއްޖެ ނަމަ ޔުވެންޓަސް އަށް ދެ ވަނަ ބުރުން ޖާގައެއް ކަށަވަރުވާނެ އެވެ. އަށް ޕޮއިންޓާ އެކު ގްރޫޕް އެޗްގެ ދެ ވަނައިގައި އެ ޓީމު އޮތްއިރު އެއް ވަނައިގައި 10 ޕޮއިންޓާ އެކު އޮތީ ސެވިއްޔާ އެވެ. ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގައި ފްރާންސްގެ އޮލިމްޕިކް ލިޔޯން އޮތްއިރު ހަތަރު ވަނައިގައި ޕޮއިންޓެއް ނުލިބި އޮތީ ކްރޮއޭޝިއާގެ ޑައިނަމޯ ޒެގްރެބެވެ.
ޕީއެސްޖީއަށް ވުރެ ކުރީގައި ބެންފީކާ، ޔޫވޭ ޔޫރޮޕާ އަށް
ޔުވެންޓަސް ކަޓައިފި، ޗެލްސީ އާއި ޕީއެސްޖީ ދެވަނަބުރަށް
ޕީއެސްޖީ އަށް ބެންފީކާ ބައްޔެއް ނުކުރެވުނު
އެމްބާޕޭގެ ދެ ލަނޑުން ޕީއެސްޖީން ޔުވެންޓަސް ބަލިކޮށްފި
ޔުވެންޓަސް ކަޓުވާލުމަށް ފަހު ވިޔަރެއާލް ކުއާޓާ އަށް
ފްރާންސްގެ ޗެމްޕިއަން އަތުން ޗެލްސީ މޮޅުވެއްޖެ
ޗެލްސީން ފެންވަރު ދައްކާލައި ގުރޫޕުގެ އެއްވަނަ އަށް
ރޮނާލްޑޯގެ ލަނޑުތަކުން ޔުނައިޓެޑަށް މުހިއްމު ޕޮއިންޓެއް
ޗެލްސީ މޮޅުވި މެޗުގައި ލުކާކޫ އާއި ވާނާ އަށް އަނިޔާ
ރޮނާލްޑޯއަކީ ޔުނައިޓެޑުގެ ނަސީބު، ޗެލްސީއަށް ނާކާމިޔާބު