13 ޖޫން 2021
އެމްސްޓަޑަމް (ޖޫން 13) - އަންޑްރޭ ޝެވްޗެންކޯގެ ފުޓްބޯޅައިގެ ސީވީ ކިޔައިދޭކަށް ނުޖެހޭނެ އެވެ. އޭސީ މިލާންއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ވާހަކަ އަކީ އާ ވާހަކައަކަށް ނުވާނެ އެވެ. ޖުލައި 2012 ގައި ކުޅުން ހުއްޓާލި ގޮތަށް ފުޓްބޯޅަ ދަނޑުން ފައިބއިގެން އޭނާ ދިޔައީ ސިޔާސީ ދާއިރާއަށެވެ.
އެމްސްޓަޑަމް (ޖޫން 13) - އަންޑްރޭ ޝެވްޗެންކޯގެ ފުޓްބޯޅައިގެ ސީވީ ކިޔައިދޭކަށް ނުޖެހޭނެ އެވެ. އޭސީ މިލާންއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ވާހަކަ އަކީ އާ ވާހަކައަކަށް ނުވާނެ އެވެ. ޖުލައި 2012 ގައި ކުޅުން ހުއްޓާލި ގޮތަށް ފުޓްބޯޅަ ދަނޑުން ފައިބއިގެން އޭނާ ދިޔައީ ސިޔާސީ ދާއިރާއަށެވެ.
ޔޫކްރޭންގެ ސިޔާސީ ޕާޓީއެއް ކަމަށްވާ، ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ނަން، ޔޫކްރޭން ފޯވަޑް ޕާޓީގެ ނަމަށް ބަދަލުކޮށް، ޕާޓީގެ ހިންގުމުގެ ހައިރާކީގައި ދެ ވަނައަށް އެންމެ އިސް މާގާމާ ޝެވްޗެންކޯ ހަވާލުވީ އޮކްޓޯބަރު 2012 ގަ އެވެ. އެ މަހު ބޭއްވި މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން އޭނާވެސް މަޖިލީހަށް ވާދަކުރި އެވެ. އޭނާގެ ޕާޓީއަށް މަޖިލީހުން އެންމެ ގޮނޑިއެއްވެސް ނުލިބުނެވެ.
ސިޔާސީ ދަނޑުގައި އެންމެ ގޯލެއްވެސް ނުޖެހި ކުރީގެ ފޯވަޑަށް ޖެހުނީ ސިޔާސީ ދާއިރާއިން ރިޓަޔާ ކުރާށެވެ. އަލުން ފުޓްބޯޅައިގައި އަމަލީގޮތުން މަސައްކަތް ކުރަން ފެށި އެވެ. ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް ކަމާ އޭނާ ހަވަލުވީ 2016 ގަ އެވެ. އެ އަަހަރުގެ ޔޫރޯއަށް އެ ޓީމު ކޮލިފައި ނުވުމުން އޭރު ހުރި ކޯޗް މައިހޭލޯ ފޮމެންކޯގެ މަގާމު ގެއްލުނެވެ. ޔޫކްރޭންގެ އެފްއޭއިން ނިންމީ ހެޑް ކޯޗުގެ މަގާމަށް ޝެވްޗެންކޯ އައްޔަން ކުރުމަށެވެ.
ޔޫކްރޭންގެ ކޯޗް ޝެވްޗެންކޯ ޓީމުގެ ޕްރެކްޓިހުގައި --- ފޮޓޯ: އޭއެފްޕީ
އޭނާގެ ކޯޗުކަމުގެ ދަށުން، މިއަހަރުގެ ޔޫރޯއަށް ޔޫކްރޭން ކޮލިފައިކޮށެދިނެވެ. މިރޭ ނެދަލޭންޑްސް އާ ދެކޮޅަށް ޔޫކްރޭން ކުޅޭ މެޗު ވެގެންދާނީ ބޮޑު މުބާރާތެއްގައި، އޭނާ ކޯޗްކޮށްދޭ ފުރަތަމަ މެޗަށެވެ. އަމިއްލަ ގައުމު ގޮވައިގެން ކޯޗެއްގެ ގޮތުގައި ޔޫރޯއަށް އޭނާ ނުކުންނަނީ ބޮޑު އުންމީދެއްގަ އެވެ.
"މިފަހަރުގެ ޔޫރޯގައި ކުޅުމަކީ އަހަރެމެން ދެކެމުން އައި ހުވަފެނެއް. މިހާރު އެ ހުވަފެން ހަގީގަތަކަށް ވެގެން މިދަނީ،" މިރޭ ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ޝެވްޗެންކޯ ބުންޏެވެ.
"އެހެންވީމަ މުބާރާތުގައި އިތުރަކަށް ލިބިގަންނަން ޖެހޭ މޯޓިވޭޝަނެއް އަހރެމެންގެ ނެތް. އެ ހުވަފެން ހާސިލުވުމުން މޯޓިވޭޝަން ބޮޑު ވެއްޖެ."
ހޮލެންޑް ވެސް ޔޫރޯއަށް އެނބުރި އައީ މެދުކެނޑުމަކަށް ފަހު އެވެ. ޝެވްޗެންކޯ ބުނީ، ޔޫރޯގެ ކުރިންވެސް ޔޫރަޕް ލެވަލްގައި ރަނގަޅު ނަތީޖާތަކެއް ހޮލެންޑުން ނެރެފައި ވުމަކީ އެ ޓީމަށް އިހްތިރާމް ކުރާނެ ސަބަބެއް ކަމަށެވެ.
ޕްރީ މެޗު ޕްރެސްގައި ޗެވްޗެންކޯ --- ފޮޓޯ: އޭއެފްޕީ
މުބާރާތާ ކުރިމަތިލާއިރު ޒުވާން ކޯޗަށް ފުޓްބޯޅައިގެ ތަޖުރިބާ އަލެއް ނޫނެވެ. ޔޫރޯއަށް އައުމުގެ ކުރިން އޭނާ ވަނީ ރަނގަޅު ނަތިޖާތަކެއް ގައުމީ ޓީމުގެ ކޯޗް ކަމުގައި ނެރެފަ އެވެ. ޔޫއެފާ ނޭޝަން ލީގުގައި މިދިޔަ އަހަރު އޮކްޓޯބަރުގައި، ޔޫކްރޭންގެ ޓީމުން ވަނީ، ސްޕެއިން ވެސް ބަލިކޮށްފަ އެވެ. ސްޕެއިންއާ ދާދި އެއް ސިސްޓަމަކަށް ކުޅޭ ހޮލެންޑާ ދެކޮޅަށް ކުޅެން ޖެހޭނެ ވިސްނުންވެސް އޭނާއަށް އެނގެ އެވެ.
"ފުޓްބޯޅައިގައި ބޭނުންވާނީ ބެލެންސް ހިފެހެއްޓުން ޑިފެންޑަރުންނާ އެޓޭކިންގެ އެއްވަރެއްގައި މަސައްކަތް ކުރުން،" ޗެލްސީގެ ކުރީގެ ފޯވަޑް ބުންޏެވެ. "ފުޓްބޯޅައިގައި އަބަދުވެސް ފުރުސަތު ހުޅިވިގެން އަންނާނެ. އެފަދަ ފުރުސަތުތަކުން މެޗުން މޮޅުވުން އަހަރެމެންނަށްވެސް ހައްގު ވާނެ."
އެމްސްޓަޑަމްގެ ޔޯހާން ކްރައިފް އެރީނާގައި، ހޮލެންޑާއި ޔޫކްރޭން ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ.
ޔޫކްރޭނުން ކުރިއަށް ދިއުމުގެ އުންމީދު ދަމަހައްޓައިފި
މަޝްހޫރު ތަރިން ގިނަ ޔޫކްރޭނަށް އެއްކަމެއް ވެސް ނުވި
ޔޫކްރޭންގެ ކޯޗުކަމުން ޝެވްޗެންކޯ ވަކިވެއްޖެ
ނެދަލޭންޑްސް އަށް ފަހު ވަގުތު މޮޅެއް
ސްޕެއިނަށް އެފްރިކާ ވޯލްޑް ކަޕް ފައިނަލްގެ ރީޕްލޭއެއް
ރަޝިޔާއަށް އުތުރު ކޮރެއާގެ 10،000 ސިފައިން
އެމެރިކާއަށް ވަގަށް ރަޝިޔާއަށް މުދާފޮނުވީ ރާއްޖެ މަގުން
ޖަރުމަނުން އާ ޖީލެއް، ފެށީ އިތުބާރާ އެކު
މޯދީ ޔުކްރެއިނާއި ޕޮލެންޑަށް ވަޑައިގަންނަވަނީ
ރަޝިޔާގެ ކުރުކްސްގައި އުޅޭ ދިވެހިން ސަމާލުވާން އެދިއްޖެ