Roadha Mihaaru
ޔޫރޯގައި ވެންޑައިކަށް ޓީމުގެ ސްޓާފެއްގެ ރޯލް

ޔޫރޯގައި ވެންޑައިކަށް ޓީމުގެ ސްޓާފެއްގެ ރޯލް

08 ޖޫން 2021

އެމްސްޓަޑަމް (ޖޫން 8) - އަނިޔާގެ ސަބަބުން ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލިފައިވާ، ވާޖިލް ވެންޑައިކް އަށް، ހޮލެންޑް ޓީމުގެ ބެކްރޫމް ސްޓާފެއްގެ ރޯލް ދިނުމަށް ކޯޗް ފްރޭންކް ޑެބޯ ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެމްސްޓަޑަމް (ޖޫން 8) - އަނިޔާގެ ސަބަބުން ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލިފައިވާ، ވާޖިލް ވެންޑައިކް އަށް، ހޮލެންޑް ޓީމުގެ ބެކްރޫމް ސްޓާފެއްގެ ރޯލް ދިނުމަށް ކޯޗް ފްރޭންކް ޑެބޯ ނިންމައިފި އެވެ.

ހޮލެންޑްގެ ކެޕްޓަނަށް އަނިޔާވީ، މިދިޔަ އަަހަރު ޕްރިމިއާ ލީގުގައި، އެވަޓަން އާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގަ އެވެ. ޔޫރޯއަށް އޭނާ ފިޓްވާނެ ކަމަށް ކުރިން ބެލެވުނެވެ. އެހެން ނަމަވެސް އޭނާ ފިޓް ނުވުމުން ހޮލެންޑްގެ ސްކޯޑަށް އޭނާ ނުނަގަ އެވެ.

ޑެބޯ ގަބޫލު ކުރާ ގޮތުގައި ދަނޑު މަތީގައި ވެންޑައިކްގެ ބޭނުން ނުހިފުނަސް ޓީމު މޯޓިވޭޓް ކުރުމަށް، އެނާއަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ އެވެ. އެހެންވެ ޓީމުގެ ސްޓާފެއްގެ ގޮތުގައި ވެންޑައިކް ޔޫރޯއަށް ގެންދިއުމަށް ޑެބޯ ހުރީ ތައްޔާރު ވެގެންނެވެ. އެކަމަކު ޓީމުގެ އޮފިޝަލުންގެ ތެރޭގައި އޭނާ ނުހިމެނޭ އެވެ.

މެދުކެނޑުމަކަށް ފަހު ޔޫރޯގައި ވާދަކުރާ ހޮލެންޑް މިފަހަރުގެ ޔޫރޯގައި ލައްވާލީ ގުރޫޕް ސީގައި ޔޫކްރޭން އާއި އޮސްޓްރިއާ އަދި ނޯތު މެސެޑޯނިއާ އެކު އެވެ. ހޮލެންޑް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ޔޫކްރޭން އާ ދެކޮޅަށެވެ.