04 ޖޫން 2016
ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ހާމިދު އިސްމާއިލާއި އަބްދުﷲ ޒިޔަތަށް ކުރާ ދައުވާގެ އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.
ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ހާމިދު އިސްމާއިލާއި އަބްދުﷲ ޒިޔަތަށް ކުރާ ދައުވާގެ އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ކޯޕަރޭޝަން(އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޅ. މާބިންހުރާ ކިޔާ ރަށް ބަޔަކަށް ކުއްޔަށް ދިނުމުން ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެެރިވި ކަމަށް ބުނެ އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލަށް ކުރާ ދައުވާގެ ފަހު އަޑުއެހުންތައް ނިންމާލިޔަސް ހުކުމް ކުރާނެ ދުވަހެއް އިއުލާނެއް ނުކުރެ އެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތަކަށް ފަހު އަދީބު ނުކުމެވަޑައިގަންނަވަނީ: އޭނާގެ އިތުރު މައްސަލަތަކެއް ވެސް ކޯޓުގައި އެބައޮތް --ފޮޓޯ/މިހާރު
ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށް ބުނެ އެ އަޑުއެހުން ވެސް މިއަދު ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. އެކަމަކު އެ މައްސަލައިިގެ ކުރީގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައީ މުޅިން ވެސް އާންމުކޮށް ހުޅުވާލައިގެންނެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލިއިިރުު ފިސްތޯލަ ގެންގުޅުނު ކަމަށް ބުނެ އަދީބަށް ކުރާ ދައުވާގެ އަޑުއެހުންތައް ވެސް މިއަދު ވަނީ ނިންމާލައިފަ އެވެ.
އަދީބާއި ޒިޔަތު 8 އަހަރަށް ހާމިދު 2 އަހަރަށް ޖަލަށް
އަދީބު، ޒިޔަތު، ހާމިދަށް ހުކުމް ކުރުން މާދަމާ ރޭ
އަދީބާއި ޒިޔަތާއި ހާމިދަށް ހުކުމް ކުރުން ފަސްކޮށްފި
އަދީބާއި ޒިޔަތާއި ހާމިދުގެ މައްޗަށް މިރޭ ހުކުމް ކުރަނީ
ހާމިދުގެ ދިފާއީ ހެކިންނަށް އަޒީމާ އާއި އެންޑްރޫގެ ނަން ހުށަހަޅައިފި
އަދީބު، ޒިޔަތު، ހާމިދުގެ ލޯޔަރުންނަށް އިންޒާރެއް
ކޮމިޝަން ލިބެންދެން ފުއްގިރި ޑީލް ފަސްކުރި: އަދީބު
އަދީބާއި ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނަގަނީ
ޔާމީންގެ ޝަރީއަތް: ދައުލަތުން 86 ހެއްކެއް
ސަން ކުންފުންޏާ ދެކޮޅު ހެކިންނަށް އަދީބާއި ޒިޔަތު