03 ޖޫން 2021
ސައު ޕޯލޯ (ޖޫން 3) - ބްރެޒިލްގައި ކުޅޭ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބައިވެރި ނުވުމަށް ނޭމާއަށް، އެ ގައުމުގެ މަޖިލިސް މެންބަރަކު ގޮވާލައިފި އެވެ.
ސައު ޕޯލޯ (ޖޫން 3) - ބްރެޒިލްގައި ކުޅޭ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބައިވެރި ނުވުމަށް ނޭމާއަށް، އެ ގައުމުގެ މަޖިލިސް މެންބަރަކު ގޮވާލައިފި އެވެ.
ބްރެޒިލްގެ މަޖިލިސް މެންބަރު ރެނޯން ކަލިޔޭރޯސް ނޭމާއަށް އެގޮތަށް ގޮވާލީ ބްރެޒިލްގައި ކޮވިޑްގެ ހާލަތު އޮތް ގޮތުން، މުބާރާތް ބާއްވާތީ އެކަމަށް ފާޑު ކިއުމުގެ ގޮތުންނެވެ. އޭނާ ވިދާޅުވީ ބްރެޒިލްގައި ބާއްވާ ކޮޕާ އެމެރިކާ މުބާރާތަކީ މަރުގެ ތުންފަތް މައްޗަށް ބްރެޒިލް ވައްޓާލުން ކަމަށެވެ.
ކޮވިޑް ޖެހިގެން ބްރެޒިލްގައި 465،000 މީހުން ވަނީ މަރުވެފަ އެވެ. އެ ބަލި ޖެހިގެން ދެ ވަނައަށް އެންމެ ގިނަ މީހުން މަރުވީ ބްރެޒިލުންނެވެ. ކުރިން އެ މުބާރާތް ބާއްވަން އޮތީ ކޮލްބިއާ އާއި އާޖެންޓީނާގަ އެވެ. ކޮލަމްބިއާގެ ސިޔާސީ މައްސަލަތަކާ ހެދި އާޖެންޓީނަގައި އެކަނި މުބާރާތް ބާއްވަން ނިންމި އެވެ. އެހެން ނަމަވެސް ބްރެޒިލަށް ބަދަލު ކުރީ އާޖެންޓީނާގައި ކޮވިޑްގެ ހާލަތު ގޯސްވުމުން، އެ ގައުމުގައި އެ މުބާރާތް ބޭއްވެން ނެތިގެންނެވެ.
"ނޭމާ، ކަލޭގެ އެކުވެރިންނާއި ގާތް މީހުންނާއި އެ މީހުންނަކީ ކޮބައިކަން ނޭނގޭ މީހުން ކޮވިޑްގައި މަރުވަމުން ދާއިރު ކޮޕާ އެމެރިކާގައި ބައިވެރިވާން ދަނޑަށް ނާރާ،" ބްރެޒިލްގެ އެލްޑޮރާޑޯ ރޭޑިއޯއަށް ދިން އިންޓަވިއުގައި ކަލިޔޭރޯސް ވިދާޅުވި އެވެ.
"ކޮވިޑް ވެކްސިން އަހަރެމެންގެ އާބާދީތަކާ ހަމައަށް ވާސިލެއް ނުވޭ. މިއީ އަހަރެމެން މި ވަގުތު ބައިވެރިވާން ޖެހޭ މުބާރާތެއް ނޫން. އަހަރެމެން ވާދަކުރަން ޖެހޭނީ ވެކްސިން ޗެމްޕިއަންޝިޕްގައި. ވެކްސިނޭޝަން މުބާރާތުގައި ވާދަކޮށް ކުރި ހޯދަންވީ."
ބްރެޒިލްގައި ވެކްސިން ފުރިހަމަ ކުރީ 11 ޕަސެންޓް މީހުންނެވެ. ކޮވިޑްގެ ހާލަތު މެނޭޖުނުކުރެވިގެން އުޅޭއިރު ވެސް މުބާރާތް ބާއްވަން، ބްރެޒިލްގެ ރައީސް ޖައޭ ބޮލްސޮނާރޯ ހުއްދަ ދެއްވުމުން، އޭނާއާ ދެކޮޅަށް މުޒާހަރަތައް ދަނީ ކުރިއަށެވެ.
އޮލިމްޕިކް ގޯލްޑް ހޯދުން މާ މުހިންމު: ނޭމާ
އުރުގުއޭ އަށް ގޮތެއް ހަދާނުލެވި ބްރެޒިލް ރަށަށް
ބްރެޒިލަށް ލިބުނީ ދެވަނަ، ކުއާޓާ އަށް ވިނީ ސަސްޕެންޑް
ކޮންމެބޯލް އަދި ރެފްރީން ވެސް ތިބީ ބްރެޒިލާ ދެކޮޅަށް
ބްރެޒިލަށް ކޮސްޓަރިކާ ކައިރީ އެެއްކަމެއް ވެސް ނުވި
ކުރިއަށްވުރެ ބޮޑަށް އާއިލާއާއި ރައްޓެހިންގެ އެހީ ބޭނުން
ނޭމާ ބޮލަށް ޕޮޕްކޯން އުކުމުން ބްރެޒިލް ކޯޗު ރަތަށް
މާ ވަރުގަދަކޮށް ނޭމާ އެނބުރި އަންނާނެ: ރޮނާލްޑޯ
ބްރެޒިލަކަށް ނުވި، ކްރޮއޭޝިއާ އަތުން ބަލިވެ ކަޓައިފި
ބްރެޒިލަށް އަނިޔާގެ ހިޔަނި، އެކަމަކު ނޭމާ އުއްމީދުގައި