15 އޮކްޓޯބަރ 2023
ރިއޯ ޑީ ޖެނީރޯ (އޮކްޓޯބަރު 15) - ވެނެޒުއޭލާ އާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި ނޭމާ ދަނޑުން ފައިބައިގެން ދަނިކޮށް ސަޕޯޓަރަކު އޭނާގެ ބޮލަށް ޕޮޕްކޯން އުކުމުން ބްރެޒިލްގެ ކޯޗު ފެނާންޑޯ ޑިނިޒް ރުޅިގަދަ ވެއްޖެ އެވެ.
ރިއޯ ޑީ ޖެނީރޯ (އޮކްޓޯބަރު 15) - ވެނެޒުއޭލާ އާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި ނޭމާ ދަނޑުން ފައިބައިގެން ދަނިކޮށް ސަޕޯޓަރަކު އޭނާގެ ބޮލަށް ޕޮޕްކޯން އުކުމުން ބްރެޒިލްގެ ކޯޗު ފެނާންޑޯ ޑިނިޒް ރުޅިގަދަ ވެއްޖެ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ވެނެޒުއާލާ އާ ދެކޮޅަށް ކުޅުނު މެޗުން ބްރެޒިލަށް މޮޅެއް ނުވެވުނެވެ. މެޗު އެއްވަރުވީ 1-1 ންނެވެ. އެ ޓީމަށް މޮޅު ނުވެވުމުން ތާވަލުގެ އެއްވަނަ ވާދަވެރި އާޖެންޓީނާ އަށް މިހާރު ވަނީ ލިބިފަ އެވެ.
ބެލެވޭ ގޮތުގައި ނޭމާ ބޮލަށް ޕޮޕްކޯން އުކީ، ބްރެޒިލް މެޗުން މޮޅު ނުވުމުން އެކަމާ ހިތްހަމަ ނުޖެހުނު ބްރެޒިލްގެ ސަޕޯޓަރެކެވެ. އޭނާ ބޮލަށް ޕޮޕްކޯން އުކީ މެޗު ނިންމާފައި ޗޭޖިން ރޫމް އޭރިއާ އަށް ވަންނަނިކޮށެވެ.
JOGARAM PIPOCA NO NEYMAR pic.twitter.com/Ncj8uWGYAB
— out of context brasileirão (@oocbrsao) October 13, 2023
"އަހަރެން އެއްގޮތަކަށް ވެސް ބަލައި ގަންނާނެ ކަމެއް ނޫން. ނަފުރަތުގެ ގޮވުންތައް ގޮވުއި ލައުނަތްދީ އަޑުއަޑު ލެއްވުމަކީ ރަނގަޅު ކަމެއް ނޫން. ޕޮޕްކޯން ކޮތަޅެއް އުކާލުމަކުން އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރެވޭނެ," މެޗަށް ފަހު ޑިނިޒް ބުންޏެވެ.
"އެއީ ކުޅެން އައިސް ތިބި މީހުންނަށް ކުރެވޭ ބޭއިހްތިރާމެއް. ކުޅުންތެރިން ދަނޑު މަތީގައި އެ މީހުންނަށް ކުރެވެން އޮތް އެންމެ ރަނގަޅަށް މަސައްކަތް ކުރި."
ޑިނިޒް ބުނީ މެޗުން މޮޅު ނުވުމުން އޭނާ ވެސް ހިތްހަމަ ނުޖެހޭ ކަމަށެވެ. ބްރެޒިލް ޓީމަށް ހަތަރު ގޯލް މެޗުގައި ޖަހަން ފުރުސަތު ލިބުނު ކަމަށެވެ. އެކަމަކު އެ ފުރުސަތުތައް ބޭނުން ނުކުރެވުމުން އޭނާ މާޔޫސްވާ ކަމަށް ބްރެޒިލްގެ ފުލްމިނެންސޭ އަށް ވެސް ކޯޗުކޮށް ދޭ ޑިނިޒް ބުންޏެވެ.
މުޅި ބްރެޒިލް ނޭމާ އާމެދު މިފަހަރު ބޮޑު އުއްމީދެއްގައި
ބްރެޒިލަށް ލިބުނީ ދެވަނަ، ކުއާޓާ އަށް ވިނީ ސަސްޕެންޑް
ޗެމްޕިއަން ބްރެޒިލް އޮލިމްޕިކްސްއަށް ކޮލިފައި ނުވި
ކުރިއަށްވުރެ ބޮޑަށް އާއިލާއާއި ރައްޓެހިންގެ އެހީ ބޭނުން
ރޮބީނިއޯ ނުވަ އަހަރަށް ޖަލަށް ލާން އިޓަލީން އަންގައިފި
މާ ވަރުގަދަކޮށް ނޭމާ އެނބުރި އަންނާނެ: ރޮނާލްޑޯ
ބްރެޒިލަކަށް ނުވި، ކްރޮއޭޝިއާ އަތުން ބަލިވެ ކަޓައިފި
ބްރެޒިލަށް އަނިޔާގެ ހިޔަނި، އެކަމަކު ނޭމާ އުއްމީދުގައި
ބްރެޒިލް އެނބުރި އަތުވެއްޖެ: ކަފޫ
ނޭމާ އާޖެންޓީނާ އަށް؛ ތި ކާމިޔާބުކުރީ ވޯލްޑް ކަޕްތަ؟