ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތުގެ ދައުރުގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބުނު އަދި އެ ގައުމު ރަމްޒުކޮށްދޭ "ގައުމީ ސްކާފް" ގެ ގޮތުގައި މަޝްހޫރުވި ކަޅާއި ހުދުގެ ސްކާފް ޑިޒައިން ކޮޕީކޮށްގެން ފްރާންސްގެ ފެޝަން ކުންފުނި ލުއީ ވިޓޯން އިން ނެރުނު 700 ޑޮލަރުގެ އަގު ހުރި ސްކާފަކަށް ފާޑުކިޔުންތައް އަަމާޒުވެއްޖެ އެވެ.
04 ޖޫން 2021
ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތުގެ ދައުރުގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބުނު އަދި އެ ގައުމު ރަމްޒުކޮށްދޭ "ގައުމީ ސްކާފް" ގެ ގޮތުގައި މަޝްހޫރުވި ކަޅާއި ހުދުގެ ސްކާފް ޑިޒައިން ކޮޕީކޮށްގެން ފްރާންސްގެ ފެޝަން ކުންފުނި ލުއީ ވިޓޯން އިން ނެރުނު 700 ޑޮލަރުގެ އަގު ހުރި ސްކާފަކަށް ފާޑުކިޔުންތައް އަަމާޒުވެއްޖެ އެވެ.
ފިރިހެނުންނަށް ހާއްސަކޮށްގެން އެ ކުންފުނި ހުދާއި ނޫކުލައިގެ ޝޭޑަކާ އެކު ނެރުނު ސްކާފަށް ފާޑުކީ މީހުން އެ ސިފަކޮށްފައި ވަނީ ގައުމެއްގެ ރަމްޒެއް ކޮފީކޮށްގެން ކުރާ ވިޔަފާރީއެއްގެ ގޮތުގަ އެވެ. ލުއީ ވިޓޯނުން ނެރުނު "މޮނޮގްރާމް ކަފިއްޔާ ސްޓޯލް" އަގަކީ 705 ޑޮލަރު (10,892ރ.) އެވެ.
އެ ކުންފުނީފެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެ ސްކާފަކީ "ކްލެސިކް ކަފިއްޔާ" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ހާއްސަ އެއްޗެކެވެ. ލުއީ ވިޓޯންގެ ސްކާފް އުފައްދާފައި ވަނީ ވޫލް، ކަފަ އަދި ސިލްކް ފަދަ މެޓީރިއަލްތަކުންވެ.
"މިއީ އެ މީހެއްގެ މޫޑާ ގުޅޭ ގޮތަށް ސްޓައިލްކޮށްލެވިދާނެ ވަރަށް ލުއި އެއްޗެއް،" ލުއީ ވިޓޯނުން ބުންޏެވެ.
this is so wrong on so many levels. the palestinian genocide is not something for you to capitalise on?! @LouisVuitton pic.twitter.com/YiN5ba8bMP
— tazzy (@Tastastickk) June 1, 2021
ފެޝަން ކުންފުނިތަކުން ނެރޭ އުފެއްދުންތަކަށް ފާރަވެރިވެ، ފާޑުކިޔާ ޑައިޓް ޕްރާޑާ އިންސްޓަގްރާމް އެކައުންޓްގައި ފަލަސްތީނުގެ ކަފިއްޔާއާ ބެހޭ ވަރަށް ގިނަ މައުލޫމާތު ހިމަނައި، ލުއީ ވިޓޯންގެ އުފެއްދުމަށް ފާޑުކިޔާފައި ވަނީ ކަފިއްޔާގެ ޑިޒައިން ކޮޕީކޮށް އެކަމަކު އޭގެ ރަސްމީ ކުލަ ނުހިމެނުންނެވެ.
So Google's search engines associates the traditional Palestinian keffiyeh as a "symbol of terrorism", yet @LouisVuitton has no shame to culturally appropriate it omg. Guess it's a "cool accessory" if rich white people wear it, eh? pic.twitter.com/N3UlSX6RyA
— Anita Zsurzsan ?? (@iamjourjean) June 2, 2021
"އެކަމަކު މި ކުންފުންޏަކީ ސިޔާސީ ގޮތުން ވަކި ކޮޅަކަށް ބުރަނުވާ ކަމަށް ބުނާ ކުންފުންޏެއް،" ޑައިޓް ޕްރާޑާ އިން ބުންޏެވެ.
ފަލަސްތީނުގެ ކަފިއްޔާ އަކީ އެގައުމު މިނިވަންކަމަށް ކުރާ މަސައްކަތަށް ތާއީދުކުރާކަން އަންގައި ދިނުމުގެ ގޮތުން އަރަބި ދުނިޔޭގައި އާންމުކޮށް ބޭނުންކޮށް އުޅޭ އެއްޗެކެވެ. އޭގެ ކުލަ އާއި ގޮޅި ކުހަރާހަފައި ހުންނަ ގޮތާއި އެ ފޮތިގަނޑު އަޅާފައި ހުންނަ ގޮތުން އަންގައިދޭނީ އެ މީހަކު އަރަބި ދުނިޔޭގައި ނިސްބަތްވާ ސަރަހައްދާއި ގަބީލާ އެވެ. ކަފިއްޔާގެ އަސްލު ގެއްލުވައިލަން ފެޝަންގެ ނަމުގައި އެކި ކެމްޕޭނުތައް ހިންގުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ.
ޔޫކޭގެ ކެބިނެޓުން ފަލަސްތީނުގެ ދައުލަތަށް ތާއީދު!
ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަނީ
ފްރާންސްގައި ފަލަސްތީނު ދައުލަތް ހެދިދާނެ: ހަކަބީ
އިޒްރޭލަށް ޔޫކޭ، ކެނެޑާ އަދި ފްރާންސުން އިންޒާރު ދީފި
ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަނީ
ބޮއިކޮޓްކުރާތީ ޒާރާގެ އިޝްތިހާރު ނަގައިފި، މާފަކަށްނޭދޭ
ހަމާސް ނައްތައިލަށް އިޒްރޭލަށް 10 އަހަރު ބޭނުންވާނެ
ގާޒާގެ ގަތުލުއާންމުގައި ނޭޓޯގެ ބޮޑު ދައުރެއް
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
ފެޝަން ކުންފުނި ބާބަރީގެ ތައްގަނޑުގައި ސައިކަލެއް