Roadha Mihaaru
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

02 ޖޫން 2021

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް އޮފީހުން ހުށަހެޅި ނަންތަކަށް ރުހުން ނުލިބުމުން އެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް އޮފީހުން ހުށަހެޅި ނަންތަކަށް ރުހުން ނުލިބުމުން އެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހުސެއިން ފިޔާޒު މޫސާ މާޗު 21 ގައި އިސްތިއުފާ ދެއްވުމުންނެވެ.

އޭގެ ފަހުން އެ މަގާމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލި ތިން ބޭފުޅުންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ ނަންތަކަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރުހުން ނުލިބުނެވެ.

ރައީސް އޮފީހުން މިއަދު ވަނީ އަނެއްކާވެސް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމު މި މަހުގެ 13 އަދި 14 ވަނަ ދުވަހު ރައީސް އޮފީހުން ބަލައިގަންނާނެ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ހަތް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ. އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފެއްދި އޮފީހެކެވެ.