Roadha Mihaaru
ހައްޔަރުކުރި މީހުންނާ، ދެ ކުދިންގެ މަރާ ގުޅުމެއް ނެތް

ރޭ ހައްޔަރުކުރީ ދެ ކުދިންގެ މަރާ ގުޅުން ހުރި ބައެއް ނޫން

04 ޖޫން 2016

ރޭ މާލެ އިން ހައްޔަރުކުރި 19 މީހުންނާ، އިއްޔެ އާއި ރޭ ހިންގި ދެ މަރާމާރީގައި އުމުރުން 14 އަހަރުގެ ދެ ކުދިން މަރާލި މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރޭ މާލެ އިން ހައްޔަރުކުރި 19 މީހުންނާ، އިއްޔެ އާއި ރޭ ހިންގި ދެ މަރާމާރީގައި އުމުރުން 14 އަހަރުގެ ދެ ކުދިން މަރާލި މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ފާތިރު މުހައްމަދާއި އަހުމަދު އިރުޝާމަށް ވަޅިން ހަމަލަދީ މަރާލި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

އޮފިޝަލް ވިދާޅުވީ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި 19 މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެމީހުން ހައްޔަރުކުރި ސަބަބެއް ފުލުހުން ނުބުނެ އެވެ.

ވަޅިން ހަމަލާދީގެން މަރުވި ފާތިރު މުހައްމަދު، 14، ހަށިގަނޑު އައިޖީއެމްއެޗުން ނެރެގެން ރޭ ގެންދަނީ. އޭނާގެ އިތުރުން 14 އަހަރުގެ އަހުމަދު އިރުޝާމް ހިލްމީ ވެސް ވަނީ ހަމަލާއެއްގައި މަރުވެފައި. --ފޮޓޯ/ މުހައްމަދު ޝަރުހާން/މިހާރު

"ދެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނެތް،" ފުލުހުންގެ މީޑިއާ އޮފިޝަލް

ފުލުހުން ރޭ ވަނީ މާލޭގެ މަގުތަކަށް ނުކުމެ، ޗެކްޕޮއިންޓްތައް ގާއިމުކޮށް ބައެއް މީހުން ބަލައި ފާސްކޮށްފަ އެވެ. އަދި ބައެއް ގެތަކަށް ވަދެ ފުލުހުން ބަލައި ފާސްވެސް ކުރި އެވެ.

ހާއްސަ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހ. ދޫހިމެރިގެ އިން ހަތް މީހަކު އަދި މ. ޖޭޑު އިން އަށް މީހަކު ހައްޔަރުކުރި އެވެ. އަދި މ. ލޮނުމިދިލިގޭ ފާސްކޮށް ހަތަރު މީހަކު ހައްޔަރު ކުރި އެވެ.

މަޖީދީ މަގު ރާނބާ ކައިރީގައި ހިނގި މާރާމާރީ ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ރޭ ކުރަނީ. - ފޮޓޯ:މުހައްމަދު ޝަރުހާން/މިހާރު

މަޖީދީ މަގު ރާނބާ ކައިރީގައި ހިނގި މާރާމާރީ ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ރޭ ކުރަނީ. - ފޮޓޯ:މުހައްމަދު ޝަރުހާން/މިހާރު

ރޭ ފާސްކުރީ ތަފާތު ކުށްތަކާ ގުޅުން އޮންނަ ތަންތަން ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. ބެލެވޭ ގޮތުގައި ދެ މާރާމާރީ ވެސް ހިނގީ ދެ ގްރޫޕެއްގެ ދެމެދުގަ އެވެ.

އެގޮތުން ފުރަތަމަ ހަމަލާ އިއްޔެ ހަވީރު 5:30 ހާއިރު އަމާޒުވީ ފާތިރު މުހައްމަދަށެވެ. ރާނބާ ރެސްޓޯރެންޓް ކައިރިން މަޖީދީ މަގުގެ ދުވާރު މަތީގައި ހުއްޓާ ސައިކަލެއްގައި އައި ބަޔަކު ފުރަތަމަ ހަމަލާ ދިނީ ދަނޑިބުރިއަކުންނެވެ. އޭގެ ފަހުން ދެ ވަނަ ސައިކަލެއްގައި އައި ބަޔަކު ފާތިރުގެ ކަރަށް، ވަރަށް ފުންކޮށް، ވަޅި ހަރާފައި ފިލީ އެވެ.

ތާޖުއްދީން ސްކޫލްގައި ކިޔަވަމުން އަންނަ ކ. ކާށިދު އަށް އުފަން އަހުމަދު އިރުޝާމް ހިލްމީގެ ބުރަކަށީގެ ތިން ދިމާއަކަށް ވަޅިން ހަމަލާދިނީ އޭނާ ދިރިއުޅޭ ގެ، މ. ޝަރުމާގޭގެ ބޭރުގައި ހުއްޓަ އެވެ. މިއީ ފާތިރަށް ދިން އަނިޔާގެ ބަދަލުހިފުމެއް ކަމަށް ބެލެވެ އެވެ.

މިއީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިހާ އަނިޔާވެރި ދެ މަރެއްގެ ހިތާމަ ކުރިމަތިވި ފުރަތަމަ ފަހަރެވެ.