Roadha Mihaaru
އަނަސްގެ މަރާ ބެހޭ މައުލޫމާތުތައް އާއިލާއާ ހިއްސާކޮށްފި

އަނަސްގެ މަރުގެ ތަހުގީގާ ބެހޭ މައުލޫމާތުތައް އާއިލާއާ ހިއްސާކޮށްފި

16 އޯގަސްޓް 2017

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅި ހަރައި މަރާލި މުހައްމަދު އަނަސްގެ މަރުގެ ތަހުގީގާ ބެހޭ މައުލޫމާތުތައް ފުލުހުން އޭނާގެ އާއިލާއާ މިއަދު ހިއްސާކޮށްފި އެވެ. ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފު މިއަދު ވަނީ އަނަސްގެ ބައްޕަ އަބްދުއްރާފިއުއާ ބައްދަލު ކުރައްވައިފަ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅި ހަރައި މަރާލި މުހައްމަދު އަނަސްގެ މަރުގެ ތަހުގީގާ ބެހޭ މައުލޫމާތުތައް ފުލުހުން އޭނާގެ އާއިލާއާ މިއަދު ހިއްސާކޮށްފި އެވެ. ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފު މިއަދު ވަނީ އަނަސްގެ ބައްޕަ އަބްދުއްރާފިއުއާ ބައްދަލު ކުރައްވައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި ބޭއްވި ބައްދަލުކުރެއްވުމުގައި އަނަސްގެ މަރާ ގުޅިގެން ކުރަމުންދާ ތަހުގީގުތަކާ ގުޅޭ މައުލޫމާތުތައް އޭނާގެ ބައްޕަ އަށް ވަނީ ދީފަ އެވެ.

އަނަސް.

އަނަސް.

ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އަނިޔާވެރި ގޮތަކަށް މަރާލި އަނަސްގެ ގާތިލުން އެންމެންގެ ލޯތަކަށް ހާމަވާން ބޭނުންވާ ކަމަށް އޭނާގެ ބައްޕަ މީގެ ކުރިން ވަނީ ބުނެފަ އެވެ. އަބްދުއްރާފިއު ބުނި ގޮތުގައި އެދެނީ ވީހާ ވެސް އަވަހަކަށް ދަރިފުޅުގެ މަރަށް އިންސާފު ލިބުމެވެ. އަދި ފުލުހުން ހިންގާ ތަހުގީގަށް އެއްބާރުލުން ބޭނުންވެއްޖެނަމަ، އެހީތެރިކަން ދޭން ތައްޔާރަށް ތިބި ކަމަށާއި ފުލުހުންގެ ގާބިލިއްޔަތާ މެދު ފުރިހަމަ އިތުބާރެއް އޮތް ކަމަށެވެ.

ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސް، 25، އަށް ވަޅިން ހަމަލަދީ މަރާލީ މިދިޔަ މަހުގެ 31 ގަ އެވެ. އޭނާގެ ހަށިގަނޑުގެ 37 ތަނަކަށް ވަޅިން ހަމަލާދީފައިވެ އެވެ.

އަނަސްގެ ގާތިލުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 8-10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެއީ ކިތައް މީހުންނެއް ކަމެއް ފުލުހުން އަދި ނުބުނެ އެވެ.