02 ޖޫން 2021
ކޯރަކަށް ވެއްޓި ގެނބެނިކޮށް ސަމާމަތްވެ، ހަތް އަހަރުގެ ކުއްޖަކު އޭނާގެ ބައްޕަ އާއި ކޮއްކޮ އޮޔާ ދަނިކޮށް ސަލާމަތްކޮށްފި އެވެ.
ކޯރަކަށް ވެއްޓި ގެނބެނިކޮށް ސަމާމަތްވެ، ހަތް އަހަރުގެ ކުއްޖަކު އޭނާގެ ބައްޕަ އާއި ކޮއްކޮ އޮޔާ ދަނިކޮށް ސަލާމަތްކޮށްފި އެވެ.
މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ފްލޮރިޑާގެ ޖެކްސަންވިލްގެ ސެއިންޓް ޖޯން ކޯރުގަ އެވެ. އަމިއްލަ ފުރާނަ އާއި ހަގު ދަރިފުޅު އަބިގޭލް، 4، ގެ ފުރާނަ ސަލާމަތްވި ހާދިސާއާ ބެހޭ ގޮތުން ދެ ކުދިންގެ ބައްޕަ ސްޓީވެން ޕައުންސްޓް ބުނީ ފިރިހެން ދަރިފުޅު ޗޭޒް އަކީ ވަރުގަދަ "ހީރޯ" އެއް ކަމަށެވެ.
ސްޓީވެން ކިޔައިދިން ގޮތުގައި އެ މީހުންނަށް މި ހާދިސާ ދިމާވީ ކުދިން ގޮވައިގެން ފަތާލަން، ކުޑަ ޑިންގީއެއްގައި ކޯރަށް ނުކުމެ އުޅެނިކޮށް އޮއިވަރު ގަދަވެގެންނެވެ. އޭނާ ބުނި ގޮތުގައި ކޯރަށް ފުރަތަމަ ވެއްޓުނީ ލައިފް ޖެކެޓް ވެސް އަޅައިގެން އިން އަންހެން ދަރިފުޅެވެ. އުމުރުން ހަތް އަހަރުގެ ޗޭޒް ފުންމައިލީ ކޮއްކޮ ސަލާމަތްކުރާށެވެ.
"އެކަމަކު އޮއި ގަދަކަމުން ދެ ކުދިން ވެސް އޮޔާ ދާން ފެށީ. އަހަރެން ފަތާފައި ގޮސް ދެ ކުދިންގެ ގައިގައި ހިފަހެއްޓިން. އަދި ޗޭޒް ގާތު ބުނީ އަވަހަށް ފަތާފައި ގޮސް އެއްގަމަށް އަރާށޭ. އެކަމަކު ކުއްލިއަކަށް އަންހެން ދަރިފުޅު އަތުން ދޫވެ، އަހަރެން ވެސް އޮޔާދާން ފެށީ."
ޗޭޒް ބައްޕަ އާއި ކޮއްކޮއާ އެކު.
ސްޓީވް ބުނި ގޮތުގައި އެ ހިސާބުން ހިތްވަރުލާފައި ޗޭޒް ގަޑިއެއްހާ އިރު ފަތައި އެ މީހުން ސަލާމަތްކުރީ ކަމަށެވެ. އޭރު އެ މީހުން ތިބީ ޑިންގީއާ ދެ މޭލެއްހާ ދުރަށް އޮޔާ އެކު ގޮސްފަ އެވެ.
މި ހާދިސާގެ މައުލޫމާތު ފަހުން ޖެކްސަންވިލް ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓް (ޖޭއެފްއާރްޑީ) އަށް ލިބުނީ ބައްޕަ އާއި ކޮއްކޮ ސަލާމަތްކޮށް، އެއްގަމަށް އަރުވައި ކައިރި ހިސާބެއްގައި ހުރި ގެއެއްގެ އެހީތެރިކަމާ އެކީގަ އެވެ.
މި ހާދިސާއާ ގުޅިގެން ޖޭއެފްއާރްޑީ އިން ނޫސްވެރިންނާ ބައްދަލުކޮށް ތަރުޖަމާނު އެރިކް ޕްރޮޒްވިމާ ވިދާޅުވީ ހާދިސާ ހިނގި ތަނަށް އެ މީހުން ދިޔަ އިރު ތިން ބެއިން ތިބީ ވެސް ސަލާމަތުން ކަމަށެވެ. އަދި އެ މީހުންނަށް ކުރަން ޖެހުމަކީ ސްޓީވްގެ ޑިންގީ ސަލާމަތްކޮށް ދިނުން ކަމަށް ވިދާޅުވި އެވެ.
"ވަރަށް އުފާވި ތިން މީހުންނަށް ވެސް އެއްވެސް ގެއްލުމެއް ނުވި ސަލާމާތްވީތީ. މީގެ ހުރިހާ ކްރެޑިޓެއް ހައްގު ވަނީ ޗޭޒް އަށް،" އެރިކް ވިދާޅުވި އެވެ. "އެ ކުއްޖާ ދެއްކި ހިތްވަރުން ބައްޕަ އާއި ކޮއްކޮގެ ފުރާނަ ސަލާމަތްކުރެވުނީ."
ރޯވެފައިވާ ގެޔަށްވަދެ 7 އަހަރު ކުއްޖަކު ކޮއްކޮ ނެރެފި
40 ދުވަސް ފަހުން އެކުދިން ފެނުމަކީ އަޖައިބެއް
ގައިމައްޗަށް ގޯލެއް ވެއްޓި ކުއްޖަކު މަރުވެއްޖެ
ވައިގެ ޝޯއެއްގައި ދެ ބޯޓު ޖެހިއްޖެ
ވަގަށް އެތެރެވި ބަޔަކު ލޮރީ ތެރޭގައި މަރުވެއްޖެ
ދަރިންގެ ހަރަދު އެންމެ ބޮޑީ ދެކުނު ކޮރެއާގައި
އެއްމާބަނޑަސް މި ކުދިންގެ އުފަންދުވަސް ތަފާތު
ބްރިޓްނީ އަށް އިތުރު ދަރިޔަކު ލިބިއްޖެ
ހޫނު ފެންތަށި ބަންޑުންވެ ކުއްޖަކު ވަރަށްބޮޑަށް ފިހިިފައި
ބޯލްޑްވިން ގަބޫލުކުރަނީ ކެރިއަރު ނިމިއްޖެ ކަމަށް