20 ނޮވެމްބަރ 2016
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ތެރެއިން، ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވާން ހުށަހެޅުމުގެ ފުރުސަތު، ސިވިލް ކޯޓުން މިރޭ ނެރުނު އަމުރަކާ ގުޅިގެން އިތުރުކޮށްފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ތެރެއިން، ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވާން ހުށަހެޅުމުގެ ފުރުސަތު، ސިވިލް ކޯޓުން މިރޭ ނެރުނު އަމުރަކާ ގުޅިގެން އިތުރުކޮށްފި އެވެ.
ރީ ރަޖިސްޓްރީވާން ހުޅުވައިލި ފުރުސަތު މާދަމާގެ ނިޔަލަށް ވަނީ ހަމަވާނެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، ޕީޕީއެމް ހިންގަން ކުރިމަތިވެފައިވާ ހުރަސްތައް ގިރާކުރުމަށް ފަހު އިންތިހާބަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނެތުމުގެ އިތުރުން ޕާޓީގެ ޑޭޓާ ބޭސް އާއި އާއްމު މެމްބަރުންގެ ދަފްތަރު ވެސް ނެތުމާ އަދި އެހެން ވެސް މުހިއްމު ލިޔެކިޔުންތަކެއް ޕާޓީގައި ނެތް ކަމަށް އެ ޕާޓީން ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވާ ކަމަށެވެ. މި ހާލަތުގައި އިންތިހާބު ބާއްވައިފި ނަމަ އެ ޕާޓީ އަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށް ވެސް މައްސަލައިގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އެ ހާލަަތަށް ރިއާޔަތްކުރާއިރު "ހާލަތު ޟުރޫރަތެއް" ކުރިމަތިވެފައިވާ ކަމަށް އަމުރުގައިވެ އެވެ. އަދި ޕީޕީއެމުން ހުށަހެޅި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ރީ ރެޖިސްޓްރޭޝަންގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ތާރީހަށް އަމަލުކުރުން ފަސްކުރަން ކޯޓުން ވަނީ އަމުރު ނެރެފަ އެވެ. އެ އަމުރާ އެކު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެއްވެސް މުއްދަތެއް ނެތި ރީ ރަޖިސްޓްރީވެވޭނެ ގޮތަށް ފުރުސަތު ހުޅުވާލައިފަ އެވެ.
އިލެކްޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކޯޓު އަމުރާ އެކު، މުއްދަތެއް ނެތް ގޮތަށް ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ މުއްދަތު ހަމަވާ ތާރީހު ކޮމިޝަނުން ފަހުން އަންގާނެ ކަމަށް ވެސް ބުންޏެވެ.
ކޯޓު އަމުރަކާ ގުޅިގެން ރީ ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކުރިއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަސްދުވަހަށް ފަސްކޮށްދިނުމަށް އެދި ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެ ފެކްޝަނުން މިދިޔަ ބުދަ ދުވަހު ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ކައުންސިލް އިންތިހާބު ބާއްވަން މިހާރު ކަނޑައަޅާފައިވާ ތާރީހަށް ވުރެ ދެ މަސް ދުވަހަށް އިންތިހާބު ފަސްކުރުމަށް އަންގައި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަ ސިވިލް ކޯޓުގައި މާދަމާ ކުރިއަށް ގެންދަން ވަނީ ތާވަލުކޮށްފަ އެވެ.
މިގޮތަށް އެދިފައިވީ ނަމަވެސް ގާނޫނުގައި ބުނާ ގޮތުން އިންތިހާބު ބާއްވާ ތާރީހު ފަސްކުރެވޭކަށް ނެތެވެ. ލޯކަލް ކައުންސިލް އިންތިހާބަށް ކަނޑައެޅި ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި ވެސް އިލެކްޝަނުން ވަނީ އިންތިހާބު ފަސްކުރެވެން ނޯންނާނެ ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ޕާޓީތަކުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
އެންމެ ގިނައިން ނަން ނެގީ އެމްޑީޕީގެ މެމްބަރުން
ސުޕްރީމް ކޯޓުގެ ނިންމުމަށް މުޅި ގައުމު އިންތިޒާރުގައި
ސިއްރު ހެކި ނުނަގައި، އަޑުއެހުންތައް ނިންމާލައިފި
އިންތިޚާބު ބާތިލްކުރެވޭވަރުގެ ކަމެއް އެބަ އޮތްތަ؟
ރައީސްގެ އަބުރާ ބެހުނު މައްސަލަ ކޯޓަށް ހުށަހަޅައިފި
ކައުންސިލް އިންތިހާބު އަދިވެސް ރަޖާ އަޅައިގެން
އީސީއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ މާދަމާ
ގައުމީ ލަފާ ދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިއަދު
ރިޔާސީ އިންތިހާބު ވެސް ފަސްކޮށްފާނެ: އަލީ ހުސެން
އިންތިހާބު ފަސްކުރުން އީސީން އިސްތިއުނާފް ކުރަނީ