20 ނޮވެމްބަރ 2016
ކޮލަމްބޯ (ނޮވެމްބަރު 20) - ރަނގަޅަށް ކިޔަވައިގެން ތިބި ސްރީ ލަންކާގެ 32 މުސްލިމަކު އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ސީރިއާގައި އުޅެމުންދާ ކަމަށް އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު ވިޖެދަސާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ (ނޮވެމްބަރު 20) - ރަނގަޅަށް ކިޔަވައިގެން ތިބި ސްރީ ލަންކާގެ 32 މުސްލިމަކު އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ސީރިއާގައި އުޅެމުންދާ ކަމަށް އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު ވިޖެދަސާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.
ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ވިޖެދަސާ ވިދާޅުވީ ހައްދުފަހަނާ ދިއުމުގެ ފިކުރު ލަންކާގައި އަށަގަތުމަކީ ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށެވެ. އަދި މުސްލިމް ސްކޫލްތަކުގައި ސެމިނާތައް ބޭއްވުމުގެ ނަމުގައި ހައްދުފަހަނަޅާ ދިއުމުގެ ވިސްނުމުގެ މީހުން ޓޫރިސްޓް ވިސާގައި ލަންކާ އަށް އެތެރެވަމުންދާކަން ސަރުކާރަށް އެނގޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އައިއެސްއާ ގުޅުމަށް ސީރިއާ އަށް ދިޔަ ހަތަރު އާއިލާގެ މެންބަރުންނަކީ އިލްމީ އަދި ގަދަރުވެރި ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އައިއެސްއާ މެދު އާއްމުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި. ހައްދުފަހަނަޅައި ދިއުމުގެ ކަންކަން ފެތުރުމުގެ މަގްސަދުގައި މީގެ ފަހުން ލަންކާ އަށް އެކަކަށް ވެސް އެތެރެވުމުގެ ފުރުސަތެއް ނުދޭނަން،" ވިޖެދަސާ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާ ބޭނުންކޮށްގެން ވެސް ހައްދުފަހަނާ ދިއުމުގެ ހަރުކަށި ވިސްނުމަށް ބައެއް މީހުން އެނބުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކު މިނިވަންކަމުގެ އެ ހައްގު ނަހަމަ ގޮތުގައި ބޭނުންކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ވެސް ޖަސްޓިސް މިނިސްޓަރު ވިދާޅުވި އެވެ.
އެސްޑީއެފުން ސާކް ގައުމުތަކަށް 7.7 މިލިއަން ދީފި
ލަންކާގެ ހަމަލާއާ އައިއެސްއާ ގުޅުމެއް ނެތް: ސީއައިޑީ
ފުލުހުންނާ ކުރިމަތިލައި ހަމަލާ ދިނީ އައިއެސް މީހުން
ހަމަލާ ދިން ކަމަށް ބުނާ މީހުންގެ ފޮޓޯ އާއްމުކޮށްފި
ޓޫރިޒަމުން ލަންކާ އަށް ރެކޯޑް އަދަދެއްގެ އާމްދަނީއެއް
މަރުކަޒީ ބޭންކުން ބޮންޑު ވިއްކި މައްސަލަ ސިރިސޭނާ ބަލަނީ
ލަންކާގެ މައްސަލަތައް ބަލަން ބޭރުގެ ފަނޑިޔާރުން ގެންނަން ލަފާދީފި
ލޯނު އެހީއާ އެކު ލަންކާގެ އިގްތިސާދު ހަމައަކަށް އެޅެނީ
ލަންކާ އިން ބޭރު މީހުންނަށް ބިން ގަނެވޭ ގޮތް ހަދައިފި
ސްރީ ލަންކަންގެ ބޯޓުތަކަށް ނޯޓު 7 އެރުވުން މަނާކޮށްފި