Roadha Mihaaru
އޭއޭއޭ ހިންގާނެ ދިވެހި ކޮލެޖެއް މި ހަފުތާ ކަނޑައަޅަނީ

އައްޑޫ ފްލައިން ސްކޫލު ހިންގާނެ ދިވެހި ކޮލެޖެއް ހަފުތާއެއްގެ ތެރޭގައި ކަނޑައަޅަނީ

31 މެއި 2021

އައްޑޫ ފްލައިން ސްކޫލު މިހާރު ހިންގާ ސްރީ ލަންކާގެ މެނޭޖްމަންޓުގެ ބަދަލުގައި ރާއްޖޭގެ ކޮލެޖެއް މި ހަފުތާގެ ތެރޭގައި ނިންމާނެ ކަމަށް އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން އިއްޔެ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫ ފްލައިން ސްކޫލު މިހާރު ހިންގާ ސްރީ ލަންކާގެ މެނޭޖްމަންޓުގެ ބަދަލުގައި ރާއްޖޭގެ ކޮލެޖެއް މި ހަފުތާގެ ތެރޭގައި ނިންމާނެ ކަމަށް އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން އިއްޔެ ބުނެފި އެވެ.

މައްސަލަ ބޮޑުވެފައިވާ އޭއޭއޭ އަށް ހައްލެއް ނުގެނެވުމުން އެ ސްކޫލުގައި ކިޔަވާ 175 ދަރިވަރުން ތިބީ ވަަރަށް ބޮޑަށް މާޔޫސްވެފަ އެވެ. އެހެންވެ، އެ ސްކޫލު ބޭރުކޮށް އެހެން ހައްލެއް ހޯދައިދިނުމަށް ދަރިވަރުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

ތާވަލާ އެއްގޮތަށް ކުރިއަށް ދާ ނަމަ ގާތްގަނޑަކަށް ދޮޅު އަހަރުން ޕައިލެޓް ޓްރެއިނިން ނިމޭނެ އެވެ. ނަމަވެސް ފަސް އަހަރުވި އިރު ވެސް އޭއޭއޭގައި ކިޔަވާ ދަރިވަރުން ކޯހެއް ފުރިހަމައެއް ނުވި އެވެ. އޭއޭއޭގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދު "މިހާރު" އަށް އިއްޔެ ވިދާޅުވީ ދަރިވަރުންގެ މައްސަލަތަކަށް ހައްލުތަކެއް ހޯދައިދޭންޖެހޭ ކަމަށެވެ. ފްލައިން ސްކޫލު ހިންގަން ރާއްޖޭގެ ބަޔަކަށް ހުޅުވާލައިފި ނަމަ ދިވެހިންގެ ސަގާފަތުގެ ތެރެއިން ވެސް ކުދިންނަށް މަންފާތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.

އެކަމަށް އަމާޒުކޮށް ރާއްޖޭގެ ދެ ތިން ކޮލެޖަކާ މަޝްވަރާކުރަމުން އަންނަ ކަމަށް ފަޒީލް ވިދާޅުވި އެވެ. އެކަމަކު، އެ ކޮލެޖުތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭއޭއޭއިން އަންނަނީ ފްލައިން ސްކޫލު ހިންގުމާ ގުޅޭގޮތުން އެވިޑް ކޮލެޖާއެކު ވެސް މަޝްވަރާ ކުރަމުންނެވެ.

ފްލައިން ސްކޫލުގެ ހިންގުން ބަދަލުކުރަން މަޝްވަރާތައް ފެށި ނަމަވެސް އެ ތަނަށް ދީފައިވާ ހުއްދަ އަންނަ ޖުލައި މަހު ހަމަވާނެ އެވެ. ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

މިހާރު މި މަސައްކަތް ކުރަނީ [ފްލައިން] ސްކޫލުގެ މެނޭޖްމަންޓް ޓޯޓަލީ ހަމަ ބަދަލުކުރުމަށް. ޓްރާންސްފާ ކުރަން އެހެން ކޮލެޖަކަށް. އެގޮތަށް އަޅުގަނޑުމެން ވާހަކަ ދައްމުންދާ ދެ ތިން ކޮލެޖެއް އުޅޭނެ. އެހެންވިޔަސް ފައިނަލް ޑިސިޝަނެއް ނެގޭނީ މި ހަފުތާގެ ތެރޭގައި. ވަރަށް ބައިވަރު ކަންތައްތަކެއް މި ހިމެނެނީ." ---ފަޒީލް

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް "މިހާރު" އާ ވާހަކަ ދެއްކި ބައެއް ދަރިވަރުން ވަނީ، ހާލަތު އެހާ ގޯސްވެފައިވާ ތަނަކާ ކޮލެޖަކުން ހަވާލުވެ، އެ ކުރަން އުޅޭ ކަންކަމާ މެދު ސުވާލު އުފައްދައިފަ އެވެ. އެއް ދަރިވަރަކު ބުނީ ފްލައިން ސްކޫލުގެ ކޮންޓްރެކްޓް އާ ކުރި ނަމަވެސް ދަރިވަރުންނަށް ފައިދާއެއް ނުކުރާނެ ކަމަށެވެ.

"މިކަމާ ގުޅޭގޮތުން ޝައްކުގެ ނަޒަރަކުން ބެލެނީ،" ކަންބޮޑުވުން ފާޅުކުރި ދަރިވަރަކު ބުންޏެވެ.

ފަޒީލް ވިދާޅުވިގޮތުގައި، މިހާރު ހުރި މައްސަލަތައް ހައްލު ނުވެއްޖެ ނަމަ ދަރިވަރުންނަށް ގެއްލުން ލިބޭނެ އެވެ. އެ ތަނުގައި ހުރެގެން އޭއޭއޭއަށް ހުރިހާ ހައްލެެއް ލިބިގެން ތަން ހިންގަން ލިބުމަކީ އެންމެ ރަނގަޅު ހައްލެއް ނޫންކަމަށް ވިދާޅުވި އެވެ.

"މިހާރު މި މަސައްކަތް ކުރަނީ [ފްލައިން] ސްކޫލުގެ މެނޭޖްމަންޓް ޓޯޓަލީ ހަމަ ބަދަލުކުރުމަށް. ޓްރާންސްފާ ކުރަން އެހެން ކޮލެޖަކަށް. އެގޮތަށް އަޅުގަނޑުމެން ވާހަކަ ދައްމުންދާ ދެ ތިން ކޮލެޖެއް އުޅޭނެ. އެހެންވިޔަސް ފައިނަލް ޑިސިޝަނެއް ނެގޭނީ މި ހަފުތާގެ ތެރޭގައި. ވަރަށް ބައިވަރު ކަންތައްތަކެއް މި ހިމެނެނީ." ފަޒީލް ވިދާޅުވި އެވެ.

"މިސާލަކަށް އެ ކުދިން ދައްކާފައި ހުރި ފައިސާ އާއި ރިފަންޑް އެދިއްޖެއްޔާ އެއަށް ވާނެ ގޮތާ. އެހެންވީމާ، ކުދިންގެ ހައްގު ނުގެއްލޭ ގޮތަށް މުޅި އެތި ރާވާލާއިރު ވަގުތުކޮޅެއް ނަގަނީ."

އޭއޭއޭގެ އޯނަޝިޕް ނަގާނީ ދިވެހި ކޮލެޖެއް ކަމަށާއި އެކަމުގައި ލަންކާގެ ބަހެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"މުޅި މެނޭޖްމަންޓް ބަދަލުވެގެންދާއިރު ޓެކްނިކަލް ބައެއް ބޭފުޅުން ތިއްބެވި ކަމުގައި ވިޔަސް އޯވަރޯލްކޮށް އެ ބޭފުޅުންގެ [ދިވެހި ކޮލެޖުގެ] ސޭއެއް މިއަށް އައިސްގެން ދާނީ. އެ ބޭފުޅުންގެ މެނޭޖްމަންޓް މިއަށް އިންކޯޕަރޭޓްވެގެން ދާނީ. އެ ކޮލެޖުގެ ވިސްނުމާއި ފިކުރު ހުންނާނީ ހަގީގަތުގައި ހަމަ ދިވެހި ކުދިންނަށް އޭގެ އެންމެ ބޮޑު މަންފާ ލިބޭ ގޮތަކަށް. އެހެންވީމާ އެ އަށް އަޅުގަނޑުމެން މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.

ފަޒީލް ވަނީ ހާލަތު ދެނެގަނެ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކޮށްދިނުމަށް އިލްތިމާސްކުރައްވައިފަ އެވެ.