Roadha Mihaaru
ހަންޏާމީދޫގައި ފެނުގެ ނިޒާމް ގާއިމްކުރަނީ

ހަންޏާމީދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

30 މެއި 2021

އދ. ހަންޏާމީދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

އދ. ހަންޏާމީދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިންގުގެ މަސައްކަތާއި ފެނުގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހަންޏާމީދޫގައި 5.1 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމްކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ފަދަ ކަންކަން ހިމެނެ އެވެ.

އަދި ގޭގޭގައި ފެންމީޓަރު ބެހެއްޓުމާއި، ފެނުގެ ކަނެކްޝަން ގުޅައިދިނުމާއި، އެ ގެތަކަށް ރައްކާތެރި ބޯ ފެން ފޯރުކޮށްދިނުމުގެ އިތުރުން ފެން ތަހުލީލު ކުރުމަށް ބޭނުންކުރާ ސާމާނު ވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ބާވީސް މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފައި ވަނީ 21.65 މިލިއަން ރުފިޔާ އަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގެ މަސައްކަތްތައް ނިމުމުން ހަންޏާމީދޫގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބޭނެ ކަމަށެވެ.