Roadha Mihaaru
ހަންޏާމީދޫގެ ފެނުގެ ނިޒާމުގެ 80 ޕަސެންޓް ނިމިއްޖެ

ހަންޏާމީދޫގެ ފެނުގެ ނިޒާމުގެ 80 ޕަސެންޓް ނިމިއްޖެ

20 އެޕްރީލް 2022

އދ. ހަންޏާމީދޫގެ ފެނުގެ ނިޒާމުގެ 80 ޕަސެންޓް މަސައްކަތް ނިމި، ފަހު މަރުހަލާގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފި އެވެ.

އދ. ހަންޏާމީދޫގެ ފެނުގެ ނިޒާމުގެ 80 ޕަސެންޓް މަސައްކަތް ނިމި، ފަހު މަރުހަލާގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފި އެވެ.

ސަރުކާރުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 21 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ނިމޭއިރު، އެ ރަށު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އެވެ.

މި މަޝްރޫއުގެ 80 ޕަސެންޓް ނިމުނުއިރު، އެ ރަށުގައި ގާތްގަނޑަކަށް ފަސް ކިލޯމީޓަރުގެ ފެންހޮޅީގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ މަސައްކަތާއި ބޯހޯލް ތޮރުފުމާއި އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގެ މަސައްކަތާއި ފެން ތާންގީ އެޅުމުގެ ފައުންޑޭޝަންގެ މަސައްކަތްތައް ހުރީ ނިމިފައި ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ހަންޏާމީދޫގައި ފެނުގެ ހިދުމަތް ދޭން އިމާރާތް ކުރި ބިލްޑިންގު -- ފޮޓޯ: އެމްޑަބްލިޔުއެސްސީ

ހަންޏާމީދޫގައި ފެނުގެ ހިދުމަތް ދޭން އިމާރާތް ކުރި ބިލްޑިންގު -- ފޮޓޯ: އެމްޑަބްލިޔުއެސްސީ

"މީގެ އިތުރުން ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ފެން ރައްކާކުރުމަށް ޓަކައި ތިން ތާންގީ ބެހެއްޓުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ،" އެމްޑަބްލިޔުއެސްސީގެ ބަޔާނުގައި ވެ އެވެ.

ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގު އިމާރާތުގެ ބޮޑުބައެއް ވެސް ނިމިފައިވާ ކަމަށާއި ފެން އުފެއްދުމަށް ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި ގޭގޭގައި ފެން މީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދިނުމާއި ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ފެން ތަހުލީލު ކުރަން ބޭނުންވާ ސާމާނު ވެސް ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.