24 މެއި 2021
ދިރާގާއި ސްޕާކްހަބް ގުޅިގެން ބާއްވަމުން އަންނަ "ސްޓާޓްއަޕް ގްރައިޑް އެކްސް"ގެ މި އަހަރުގެ ފުރަތަމަ އިވެންޓް ބާއްވައިފި އެވެ.
ދިރާގާއި ސްޕާކްހަބް ގުޅިގެން ބާއްވަމުން އަންނަ "ސްޓާޓްއަޕް ގްރައިޑް އެކްސް"ގެ މި އަހަރުގެ ފުރަތަމަ އިވެންޓް ބާއްވައިފި އެވެ.
މި އިވެންޓްގައި ގެސްޓެއްގެ ގޮތުގައި ބައިވެރިވީ ލޮޓީފައިލްސްގެ ކޯ-ފައުންޑާ ނަސްރުﷲ އަދްނާން (ނައްޓު) އެވެ. ލޮޓީފައިލްސް އަކީ އާފްޓާ އިފެކްޓްގައި ހަދާ އެނިމޭޝަންތަކުގައި ޑިވެލޮޕަރުންނަށް ފަސޭހަ ޑޭޓާ ފޯމެޓަކަށް ބަދަލުކޮށްލެވޭނެ އެޕްލިކޭޝަނެކެވެ. މި އެނިމޭޝަންތައް ފަސޭހައިން ވެބާއި މޮބައިލް އެޕްލިކޭޝަންތަކުގައި ވެސް ބޭނުންކުރެވެ އެވެ. ލޮޓީފައިލްސް 2017ގައި ލޯންޗުކުރުމަކީ ދުނިޔޭގެ ޑިޒައިން އިންޑަސްޓްރީ އަށް އައި ބޮޑު އިންގިލާބެކެވެ. ދިރާގާއި ސްޕާކްހަބް އިން ބާއްވާ ސްޓާޓް އަޕް ގްރައިންޑް އަކީ ތައުލީމީ ފަރާތްތަކާއި، އަލަށް ވިޔަފާރިތައް ފަށަން މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން އިންވެސްޓަރުން ހިމެނޭ ގޮތަށް ފެށި ރާއްޖޭގައި އޮންނަ އެންމެ ބޮޑު ސްޓާޓް އަޕް ކޮމިއުނިޓީ އެވެ.
ވާޗުއަލްކޮށް ބޭއްވި ސްޓާޓްއަޕް ގްރައިންޑް އިވެންޓުގައި ނައްޓުވަނީ އެ ކުންފުނި އުފެއްދުމުގައި ކަންކަން ހިނގާދިޔަ ގޮތް ހިއްސާކޮށްފަ އެވެ. އަދި ލޮޓީފައިލްސް ކުންފުނި ފުޅާ ކުރުމުގައި ދިމާވި ގޮންޖެހުންތައް ވެސް އޭނާ ކިޔައިދިނެވެ.
ލޮޓީފައިލްސްއަށް މައިކްރޮސޮފްޓްގެ ވެންޗާ ފަންޑު އެމް12 އިން ނުވަ މިލިއަން ޑޮލަރުގެ ފަންޑިން އިންވެސްޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި "500 ސްޓާޓްއަޕްސް"ގެ ހިއްސާއެއް ވެސް ހިމެނެ އެވެ.
މި ސްޓާޓް އަޕް ކޮމިއުނިޓީން އަންނަނީ، ރާއްޖޭގައި ސްޓާޓް އަޕް ކުންފުނިތައް އުފައްދައި، އެ ކުންފުނިތައް ހިންގާނެ ގޮތުގެ މައުލޫމާތު ފޯރުކޮށް ގިނަ ފުރުސަަތުތައް ހޯދައިދެމުންނެވެ.
"ލީން ސްޓާޓްއަޕް މޯލްޑިވްސް" އައްޑޫ އެޑިޝަން ނިމިއްޖެ
ލީން ސްޓާޓްއަޕް މޯލްޑިވްސް ވޯކްޝޮޕް ނިމިއްޖެ
ދިރާގާއި ސްޕާކްއަބް އިން "ލީން ސްޓާޕް އަޕް" ފަށައިފި
ދިރާގު 2025: ކަލަންޑަރު ހާއްސަކުރީ މިނިވަންކަމަށް
ދިރާގުން އާ އަހަރަށް އާ އޮފާތަކެއް
ދިރާގުން ކޮންމެ ހަފްތާއަކު ސްމާޓް ޓީވީއެއް ދެނީ
ހދ. އަތޮޅު ތައުލީމީ މަރުކަޒަށް ދިރާގުގެ އެހީ
ދިރާގުން ދޭ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މިރޭ ހަމަވާނެ
ދިރާގުން ދޭ ސްޕީޑު ބޯޓުގައި ހިތްގައިމު ބުރެއް!
ދިރާގަށް ޑިޖިޓަލް ޓްރާންސްފޯމޭޝަން އެވޯޑް