10 ޑިސެމްބަރ 2020
ދިރާގައި ސްޕާކްހަބް އިން ގުޅިގެން ޒުވާނުންނަށް އަމާޒުކޮށް "ލީން ސްޓާޓް އަޕް" ފަށައިފި އެވެ.
ދިރާގައި ސްޕާކްހަބް އިން ގުޅިގެން ޒުވާނުންނަށް އަމާޒުކޮށް "ލީން ސްޓާޓް އަޕް" ފަށައިފި އެވެ.
މި މަހުގެ 26 އިން 27 އަށް ބާއްވާ މި ވޯކްޝޮޕް އޮންނާނީ ވާޗުއަލްކޮށެވެ. މި ވޯކްޝޮޕްގެ ދަށުން "ލީން މެދަޑޮލޮޖީ" ބޭނުންކޮށްގެން ވިޔަފާރިތައް ހިންގާނެ ގޮތް ދަސްކޮށްދޭނެ އެވެ.
ލީން މެދަޑޮލޮޖީ އަކީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އަމަލު ކުރަންޖެހޭ އެންމެ ރަނގަޅު ގޮތްތަކަށް ބަލައިގެން ތައްޔާރު ކޮށްފައިވާ ހާއްސަ ކޮންސެޕްޓެކެވެ. މިއީ އަލަށް ފަށާ ވިޔަފާރިތަކަށް ހާއްސަކޮށް ބޭނުން ކުރުމުގައި ދުނިޔޭގައި ވެސް ބަލައިގަނެފައިވާ ކޮންސެޕްޓެކެވެ.
ދިރާގުން މީގެ ކުރިން ވެސް ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށް މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން ސްޓާޓް އަޕް ވީކެންޑާއި އޭންޖަލް ހެކް މެދުވެރިކޮށް ހެކަތޯންއެއް ރާއްޖޭގައި ހިންގާފައިވެ އެވެ. ދިރާގާއި ސްޕާކް ހަބް އިން ގުޅިގެން ހިންގާ މި ވޯކްޝޮޕްގައި ވިޔަފާރި ހިންގުމުގެ ތަފާތު އުކުޅުތައް ކިޔައިދޭނެ އެވެ.
ދެ ދުވަހަށް ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފަ އެވެ.
އާ އަހަރަށް ދިރާގުގެ އާ އޮފާތަކެއް
ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑުގެ ޕްރޮމޯޝަނެއް
ދިރާގު ރޯޑު ރޭހުގެ ރަނިންކްލިނިކެއް އެލީޓް ރަނާސްއާއެކު
ދިރާގު ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިމިޓްލެސް ޑޭޓާ
ދިރާސީ އާ އަހަރަށް ދިރާގުގެ "ބެކް ޓު ސްކޫލް"
މިނިވަން ދުވަހަށް ދިރާގުން "މިނިވަން އުފާ" އެޑްއޮން
ދިރާގު މައި-ފައި ޑިވައިސްގެ ޕްރޮމޯޝަނެއް
ބޮޑެތި އިނާމުތަކެއް ލިބޭ ދިރާގު ބޮޑު ޗުއްޓީ ލަކީޑްރޯ
ހިލޭ ރައުޓަރާއި ސެޓްއަޕް ލިބޭ ޕްރޮމޯޝަނެއް ފަށައިފި
ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް" ޕެކޭޖުތަކެއް