Roadha Mihaaru
29 މިލިއަން ޑޮލަރު: ޖަވާހިރަކަށް ރެކޯޑް އަގެއް

29 މިލިއަން ޑޮލަރު: ޖަވާހިރަކަށް ރެކޯޑް އަގެއް

25 މެއި 2021

ޕާޕަލް-ޕިންކް ޖަވާހިރެއް 29.3 މިލިއަން ޑޮލަރަށް ވިކި މިހާތަނަށް ނީލަމެއްގައި އެންމެ އަގު ބޮޑުކޮށް ވިކުނު މީގެ ޖަވާހިރުގެ ރެކޯޑް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕާޕަލް-ޕިންކް ޖަވާހިރެއް 29.3 މިލިއަން ޑޮލަރަށް ވިކި މިހާތަނަށް ނީލަމެއްގައި އެންމެ އަގު ބޮޑުކޮށް ވިކުނު މީގެ ޖަވާހިރުގެ ރެކޯޑް ލިބިއްޖެ އެވެ.

އިނގިރޭސިވިލާތުގެ ކްރިސްޓީޒް އިން އިންތިޒާމުކޮށްގެން އާދިއްތަ ދުވަހު ހޮންކޮންގުގައި ބޭއްވި ނީލަމުގައި ވިކުނު "ދަ ސަކޫރާ" ގެ ބަރުދަނުގައި 15.18 ކެރަޓް ހުއްޓެވެ. އެ ޖަވާހިރަށް "ސަކޫރާ" ގެ ނަން ދީފައި ވަނީ އޭގެ މަޑުފިޔާތޮށި ކުލަ ޖަޕާނުގެ ޗެރީ ބްލޮސަމްއާ އެއްކަހަލަ ކުލައެއްގައި ހުންނާތީ އެވެ.

ޖަވާހިރު އިނީ އާދައިގެ ޕްލެޓިނަމް އަނގޮޓިއެއްގަ އެވެ. ކްރިސްޓީޒް އިން ބުނި ގޮތުގައި މި ޖަވާހިރަކީ މިހާތަނަށް ނީލަމެއްގައި އެންމެ އަގު ބޮޑުކޮށް ވިކުނު ޕާޕަލް-ޕިންކް ޖަވާހިރަށްވާތީ އެއީ ވަރަށް ހާއްސަ ކަމެއް ކަމަށެވެ.

"މީގެ ބަރުދަނާއި މި އަށް ލިބުނު އަގަކީ ވެސް ގަހަނާ ނީލަމުގެ ތާރީހުގައި މުޅިން އާ ބާބެއް ފެށުން،" ކްރިސްޓީޒްގެ ޖުވެލަރީ ޑިޕާޓްމަންޓްގެ ޗެއާ ވިކީ ސެކް ވިދާޅުވި އެވެ. "އަދި މި ޖަވާހިރުގެ ކުލަ އަކީ ވެސް ޖަވާހިރުގެ ކުލަތަކަށް ބަލާއިރު ވަރަށް ހާއްސަ އެހާމެ އާންމު ނޫން ކުލައެއް ވެސް މެ."

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ފެނިފައިވާ ފިޔާތޮށި ޖަވާހިރުތަކަށް ބަލާއިރު ބަރުދަން 0.2 ކެރަޓަށް ވުރެ ބަރީ ވެސް އެންމެ 10 ޕަސެންޓްގެ އެއްޗިއްސެވެ.

"ދަ ސަކޫރާ" އަށް ނީލަމުގައި ރެކޯޑެއް ހެދުނަސް އެ ވިކުނު އަގަކީ އަސްލު ވިއްކަން ނިންމި އަގެއް ނޫނެވެ. އޭތި ނީލަމުގައި ވިއްކާލަން އުޅުނީ 38 މިލިއަން ޑޮލަރަށެވެ.

މި ޖަވާހިރުގެ ކުރިން އެންމެ ބޮޑު އަގަކަށް ވިކުނު ޕާޕަލް-ޕިންކް ޖަވާހިރަކީ މިދިޔަ އަހަރު ސްވިޓްޒަލެންޑްގެ ޖެނީވާގައި އިނގިރޭސި އޮކްޝަން ހައުސް ސޮދަބީޒް އިން ވިއްކި "ދަ ސްޕިރިޓް އޮތް ރޯޒް" އެވެ. ބަރުދަނުގައި 14.8 ކެރަޓް ހުރި އެ ޖަވާހިރު ވިކުނީ 27 މިލިއަން ޑޮލަރަށެވެ.