Roadha Mihaaru
އެންމެ އަގުބޮޑު ޖަވާހިރު، އަގަކީ 71 މިލިއަން ޑޮލަރު

މިއީ އެންމެ އަގުބޮޑު ޖަވާހިރު، އަގަކީ 71.2 މިލިއަން ޑޮލަރު

05 އެޕްރީލް 2017

ޖެމްސްޓޯން ނުވަތަ ގަހަނާގެ ގޮތުގައި ބޭނުންކުރުމަށް ހާއްސަކޮށްފައިވާ ޖަވާހިރެއް ހޮންކޮންގުގެ ނީލަމެއްގައި އިއްޔެ 71.2 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ. މިއީ ޖެމްސްޓޯނެއް މިހާތަނަށް ވިކުނު އެންމެ ބޮޑު އަގެވެ.

ޖެމްސްޓޯން ނުވަތަ ގަހަނާގެ ގޮތުގައި ބޭނުންކުރުމަށް ހާއްސަކޮށްފައިވާ ޖަވާހިރެއް ހޮންކޮންގުގެ ނީލަމެއްގައި އިއްޔެ 71.2 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ. މިއީ ޖެމްސްޓޯނެއް މިހާތަނަށް ވިކުނު އެންމެ ބޮޑު އަގެވެ.

"ޕިންކް ސްޓާ"ގެ ނަން ދީފައިވާ، 59.60 ކެރަޓްގެ މި ޖަވާހިރަކީ މި ގިންތިން، ޖެމޮލޮޖިކަލް އިންސްޓްޓިއުޓް އޮފް އެމެރިކާއިން މިހާތަނަށް ގިންތިކުރި އެންމެ ބޮޑު ޖަވާހިރެވެ.

މި ޖަވާހިރު ނީލަންކީ "ސޮތެބީސް ހޮންކޮންގް" ގެ ޗެއާމަން ޕާޓީ ވޮންގް އޭއެފްޕީއަށް ވިދާޅުވީ މި ގާއިމުކުރެވުނު ދުނިޔޭގެ ރެކޯޑަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ހުރިހާ ބާވަތެއްގެ ގަހަނާއަށް ބަލާއިރު ވެސް މިހާތަނަށް ރެކޯޑް އަގެއް ކަމަށެވެ.

މި ޖަވާހިރުގެ ބީލަން ފެށުނީ ގާތްގަނޑަކަށް 56 މިލިއަން ޑޮލަރުންނެވެ. ނީލަމުގެ އަގުތައް އަރަމުން ދިޔައީ ފަސް މިނެޓެއްހާއިރަށެވެ.

ވިދާ ބަބުޅާ މި ޖަވާހިރުގެ ބޮޑުމިނަކީ 2.69/ 2.06 ސެންޓިމީޓަރެވެ. އެއީ ކިރިރިޔާ އިންޗިއެއް ހަމަވާ ވަރެވެ. މިއީ އެފްރިކާއިން 1999 ވަނަ އަހަރު ފެނުނު ޖަވާހިރެކެވެ.

މީގެ ކުރިން 2013 ވަނަ އަހަރު ޖެނީވާގައި މި ޖަވާހިރަށް، ބީލަމެއްގައި މީހަކު 83 މިލިއަން ޑޮލަރު ހުށަހެޅި އެވެ. އެކަމަކު އެ މީހާއަށް ފައިސާ ނުދެއްކުމުން ޖަވާހިރު އަނބުރާ ގެންދިޔައީ އެވެ.

ކުރިން އެންމެ އަގުބޮޑުކޮށް ޖަވާހިރެއް ވިކުނީ މިދިޔަ އަހަރުގެ މެއި މަހު ޖެނީވާގައި 57.54 މިލިއަން ޑޮލަރަށެވެ.