20 މެއި 2021
ޝޯއެއްގައި ބޭނުންކުރުމަށް ކޯލްޑް ސްޕާކްސް މެޝިނެއް ހޯދުމުގައި ވަކި ފަރާތަކަށް ފައިދާ ހޯދައިދޭން އުޅުނު ކަމަށް ބުނާ މައްސަލައިގައި އެމްއައިޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެެކްޓަރު މުހައްމަދު ޝާހިދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝަކީބާ ހުސެއިންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފި އެވެ.
ޝޯއެއްގައި ބޭނުންކުރުމަށް ކޯލްޑް ސްޕާކްސް މެޝިނެއް ހޯދުމުގައި ވަކި ފަރާތަކަށް ފައިދާ ހޯދައިދޭން އުޅުނު ކަމަށް ބުނާ މައްސަލައިގައި އެމްއައިޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެެކްޓަރު މުހައްމަދު ޝާހިދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝަކީބާ ހުސެއިންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފި އެވެ.
އެ މައްސަލަ ތަހުގީގުކޮށް އޭސީސީން ބުނީ 2018 ވަނަ އަހަރުގެ އާ އަހަރު ފާހަގަކުރަން "ލިންކް އައި" ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް މެޝިނެއް ގަނެފައިވަނީ ވަކި ބަޔަކަށް ފައިދާ ހޯދައިދޭން ކަމަށެވެ. އެކަމުގައި، އެމްއައިޓީޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މ. ކަނަމަނަ، މުހައްމަދު ޝާހިދު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، ގދ. ތިނަދޫ، ލުކިންގްލާސް، ޝަކީބާ ހުސައިންގެ މައްސަލަ ވަނީ ހުށަހަޅާފައި ވެ އެވެ.
ކާނިވާ ސަރަހައްދުގައި ބޭއްވި ޝޯއަށް ގެނައި މެޝިން ގަތުމަށް 7،234 ޑޮލަރު ހަރަދުކޮށްފައި ވެ އެވެ. ނަމަވެސް އާ އަހަރުގެ މިއުޒިކް ޝޯ ބޭއްވިއިރު ވެސް އެ މެޝިންތަކާއި މެޝިންތައް އޮޕަރޭޓްކުރަން ބޭނުންވާ ޕައުޑަަރު ލިބިފައެއް ނުވެ އެވެ.
އެ މެޝިންތައް ގެނައީ ކޮން ފަރާތަކުން އެދިގެން ކަމެއް ލިޔެކިޔުމުން އެނގެން ނެތުމުން އޭރު އެ މެޝިންތައް ގެނެސް ދޮޅު އަހަރުވަންދެން ބަހައްޓާފައި ހުރީ އިންކޯޕަރޭޓަޑް ކުންފުނީގެ ބެލުމުގެ ދަށުގަ އެވެ.
"އެމްއައިޓީޑީސީގެ މެނޭޖްމަންޓް ބަދަލުވެ 2019 ގައި އެމްއައިޓީޑީސީން އެންގުމުން ލިންކްސް އައި އިންކޯޕަރޭޓަޑް އިން އެ މެޝިންތައް އެމްއައިޓީޑީސީއާ ހަވާލުކޮށްފައިވާކަމާއި އޭގެ ކުރިން އެއްވެސް އިރެއްގައި އެ މެޝިންތައް ހޯދުމަށް ނުވަތަ މެޝިންތަކަށް ހަރަދުކުރި ފައިސާ އަނބުރާ ހޯދުމަށް އެމްއައިޓީޑީސީއިން މަސައްކަތްކޮށްފައި ނެތްއިރު، ލިންކްސް-އައި އިންކޯޕަރޭޓަޑް އިން ވެސް އެ މެޝިންތައް ހަވާލުކުރުމަށް މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތްކަން ތަހުގީގަށް ފާހަގަކުރެވިފައިވެ އެވެ،" އޭސީސީން ބުންޏެވެ.
އެ ކަންކަމުގެ އިތުރުން މެޝިންތަކަށް ފައިސާ ދައްކާފައިވަނީ އެމްއައިޓީޑީސީގެ ޕްރޮކިއުމަންޓް ޕޮލިސީގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ފުރިހަމަނުކޮށްކަން ތަހުގީގަށް ލިބިފައިވާ ލިޔުންތަކުން އެނގޭކަމަށް އޭސީސީން ބުނެ އެވެ.
"އެގޮތުން މެނޭޖްމަންޓުގެ ނިންމުމެއް، ޕާޗޭސް ރިކުއެސްޓެއް، ކޯޓޭޝަނެއް، ޕާޗޭސް އޯޑަރެއް، އިންވޮއިސްއެއް ނެތީސް މެޝިންތައް ގެންނަންވެގެން އެޑްވާންސްކޮށް ފުލްޕޭމަންޓް ހަދާފައިވާކަން އެނގެން އޮތްއިރު އެ ފައިސާ ހަރަދުކުރުމަށް ހުއްދަދީފައިވަނީ އެމްއައިޓީޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝަކީބާ ހުސައިންކަން ތަހުގީގަށް ހޯދާފައިވާ ލިޔެކިޔުންތަކުންނާއި ތަހުގީގަށް ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގެ އެވެ،" އޭސީސީން ބުންޏެވެ.
"އެހެންކަމުން އެމްއައިޓީޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝަކީބާ ހުސެއިން އެފަދައިން އަމަލުކޮށްފައިވަނީ އެ ފަރާތްތަކުގެ މަގާމުގެ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ލިންކްސް-އައި އިންކޯޕަރޭޓަޑް އަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައިކަން ތަހުގީގަށް ލިބިފައިވާ ހެކިތަކުން އެނގެ އެވެ."
ނާއިފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދިއްޖެ
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
ޑރ. އަލީ ލަތީފާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަނީ
ޒިފްލީނާއަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް
ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކޮށްފި
ސާމީ އަގީލަށް ދައުވާ ކޮށްދޭން އޭސީސީން އެދިއްޖެ
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ
އެންސްޕާގެ ކުރީގެ ސީއީއޯ މުޖުތަބާގެ މައްސަލަ ޕީޖީއަށް
ވެންޓިލޭޓަރުގެ މައްސަލާގައި ތިން މީހަކަށް ދައުވާ