18 މެއި 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހަދަމުންދާ އިންޓެލިޖެންސް އޮޑިޓްގެ މަސައްކަތް ވަރަށް އަވަހަށް ނިންމައި، ރައީސަށް ފޮނުވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހަދަމުންދާ އިންޓެލިޖެންސް އޮޑިޓްގެ މަސައްކަތް ވަރަށް އަވަހަށް ނިންމައި، ރައީސަށް ފޮނުވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ޓެރަރިޒަމާ ގުޅުންހުރި އިދާރާތަކުގެ އިންޓެލިޖެންސް އޮޑިޓެއް ހެދުމަށް ނިންމައި، އެކަމަށް ހަތަރު މެމްބަރުންގެ ކޮމެޓީއެއް ވަނީ އެކުލަވާލައިފަ އެވެ.
ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައިވަނީ އެ އޮޑިޓްގެ މަސައްކަތް ހިނގަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން ކަަމަށާއި އެ ކޮމެޓީގެ މައިގަނޑު މަސައްކަތަކީ އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމާއި ގާނޫނުގައިވާ ގޮތުން މަތިން އިންޓެލިޖެންސް އިދާރާތަކުން މަސައްކަތް ކުރިތޯ ބެލުން ކަމަށެވެ. އަދި އިންޓެލިޖެންސް ހިއްސާ ކޮށްފައިވާ މިންވަރު ދެނެގަތުމާއި ވަސީލަތްތައް ހުރި މިންވަރާއި ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތައް ވެސް އެ ކޮމެޓީން ބަލާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ކޮމެޓީގެ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވަން ވަނީ ނިންމައިފަ އެވެ. އަދި އެ ކޮމެޓީއަށް ބޭނުންވާ މައުލޫމާތު ކަމާބެހޭ އިދާރާތަކުން މިހާރު ފޯރުކޮށް ދެމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނާއި އިތުރު ބަޔަކަށް ވަނީ އަނިޔާވެފަ އެވެ. އެމަނިކުފާނު މިހާރު ގެންދަވަނީ ޖަރުމަނުގައި ފަރުވާ ހޯއްދަވަމުންނެވެ. އެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށް، ތަހުގީގުތައް ދަނީ ހިންގަމުންނެވެ.
ޓެރަރިޒަމްގެ މައްސަލާގައި އަލިމަނިކު 5 އަހަރަށް ޖަލަށް
ބޮމުގެ ހަމަލާ: ދިފާއީ ހެކިތަކެއް ބަލައިނުގަންނާނެ
ބޮމުގެ ހަމަލާގެ ޝަރީއަތް އޮގަސްޓް މަހު ނިންމަނީ
ނަޝީދަށް ދިން ހަމަލާގެ މައްސަލަ ބަލާ ބެންޗު އުވާލައިފި
ނާޒިމް ދައުވާއަށް އިންކާރު،މައްސަލަ ކުރިއަށް ގެންދެެވޭނެ
ޓޫރިސްޓުންތަކަކަށް ހަމަލާދިނީ ބަދަލު ހިފަން: ހެކި
ބޮމުގެ ހަމަލާ: ޝަރީއަތުގެ ކުރިއަށް ހެކީގެ މައްސަލަ
ބޮމުގެ ހަމަލާގެ ޝަރީއަތް: ހެކިތަކެއް ސިއްރުކޮށްފި
"ފަހުން ލިބޭ ހެކިން އިތުރު ބަޔަކަށް ދައުވާކުރެވިދާނެ"
ހަމަލާއަށް ފަންޑުކުރިތޯ ބަލަން ތަހުގީގުކުރީ ރަނގަޅަށް