Roadha Mihaaru
އައުޓްޑޯ ވޮލީކޯޓް އަޅާ 25 ރަށް އިއުލާން ކޮށްފި

އައުޓްޑޯ ވޮލީކޯޓު އަޅާ 25 ރަށް އިއުލާން ކޮށްފި

18 މެއި 2021

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހައިލައިގެން 25 ރަށެއްގައި އައުޓްޑޯ ވޮލީ ކޯޓް އަޅަން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފު މިއަދު އިއުލާން ކުރައްވައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހައިލައިގެން 25 ރަށެއްގައި އައުޓްޑޯ ވޮލީ ކޯޓް އަޅަން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފު މިއަދު އިއުލާން ކުރައްވައިފި އެވެ.

އެއީ ހދ. ފިނޭ، ހދ. ކުޅުދުއްފުށި، ހދ. ކުމުންދޫ، ހދ. ނޭކުރެންދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ބ. ކެންދޫ، ބ. ގޮއިދޫ، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ވ. ކެޔޮދޫ، ވ. ފެލިދޫ، ވ. ފުލިދޫ، މ. ދިއްގަރު، ފ. މަގޫދޫ، ފ. ނިލަންދޫ، ތ. މަޑިފުށި، ތ. ހިރިލަންދޫ، ލ. ފޮނަދޫ، ގއ. ވިލިނގިލި، ގއ. ނިލަންދޫ، ގއ. ކޮލަމާފުށި، ގއ. ދާންދޫ، ޏ. ފުވައްމުލައް އަދި ސ. ފޭދު އެވެ.

މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ އެ ޕްރޮޖެކްޓަށް 25 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެންގެ އެސްޓިމޭޝަން އަކީ ކޮންމެ ކޯޓަކަށް މިލިއަނެއްހާ ރުފިޔާ ހޭދަ ވާނެ ކަމަށް،" މަހުލޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން ކުރިން އަޅާފައިވާ އައުޓްޑޯ ކޯޓްތަކަށް ވުރެ، އަލަށް މިފަހަރު އިއުލާންކުރި 25 ރަށުގައި ގާއިމުކުރާ ވޮލީކޯޓުގެ ފެންވަރު ރަނގަޅުވާނެ އެވެ.

ސަރުކާރުން ވަނީ ރ. ކިނޮޅަހާއި އދ. ދިއްދޫގައި އައުޓްޑޯ ވޮލީ ކޯޓު އަޅައިފަ އެވެ. އެ ތަން ގާއިމުކުރަނީ ފްލޯރިންގެ އިތުރުން ފެންސާއި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓިން ސިސްޓަމް ވެސް ބަހައްޓައިގެންނެވެ.