18 މެއި 2021
މި މަހު ރާއްޖޭގައި ބާއްވަން މަސައްކަތް ކުރި، އޭއެފްސީ ކަޕް ފަސްކުރަން ޖެހުމުން، އޭއެފްސީގެ އަދަބެއް އެފްއޭއެމްއަށް އަތުވެދާނެ ކަމަށް، އެފްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
މި މަހު ރާއްޖޭގައި ބާއްވަން މަސައްކަތް ކުރި، އޭއެފްސީ ކަޕް ފަސްކުރަން ޖެހުމުން، އޭއެފްސީގެ އަދަބެއް އެފްއޭއެމްއަށް އަތުވެދާނެ ކަމަށް، އެފްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ފަށަން ތާވަލުކޮށްފައި އޮތް މުބާރާތް ފަސްކުރަން، އޭއެފްސީން ނިންމީ، އެ މުބާރާތުގެ ކޮލިފައިންގެ ޕްލޭއޮފްގައި ވާދަކުރަން ރާއްޖެ އައި އިންޑިއާގެ ބެންގަލޫރު އެފްސީގެ ކުޅުންތެރިން ކޮވިޑްގެ ޕްރޮޓްކޯލް މުގުރާލުމުން، މުބާރާތް ރާއްޖޭގައި ނުބޭއްވޭނެ ކަމަށް ސަރުކާރުން ހާމަކޮށްފައި ވުމުންނެވެ. އަދި ރާއްޖޭގެ ކޮވިޑް ކޭސްތައް ރެކޯޑް އަދަދަކަށް މައްޗަށް ގޮސް އެ ބަލީގައި ގިނަ އަދަދެއްގެ ބަޔަކު މަރުވަމުން ދިއުމަކީ ވެސް ވެސް އޭއެފްސީން ބެލި ސަބަބެކެވެ.
"އަޅުގަނޑު ދަންނަވާނީ [އެ ހާލަތުގައި ކަންތައް ދިމާވި ގޮތުން] އަޅުގަނޑުމެން ސަޕޯޓް ކުރަން ޖެހޭ ޑިސިޝަނެކޭ ސަރުކާރުން އެ ނެގި ޑެސިޝަނަކީ،" ރާއްޖޭގައި މެޗު ނުކުޅެވޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އެންގެވި އެންގުމަށް އިޝާރާތްކޮށް، ރާއްޖޭ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ބައްސާމް ވިދާޅުވި އެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތަކުން ރާއްޖެ އަންނަން ދަތުރަށް ތައްޔާރު ވެފައިވުމާއި ރާއްޖޭގެ ހޮޓާތައް ބުކްކޮށް ޓީމުތަކުން ހަރަދުތަކެއް ކޮށްފައި ވަނިކޮށް މުބާރާތް ފަސް ކުރަން ޖެހުމުން އޭއެފްސީގެ "ނުރުހުން" އެފްއޭއެމްއަށް އަމާޒުވި ކަމަށް ބައްސާމް ވިދާޅުވި އެވެ.
"އޭއެފްސީގެ ކަންބޮޑުވުން އޮތް. ކުރިއަށް އޮތް ތާންގައި އެފްއޭއެމްއާ މެދު ޑިސިޕްލިނަރީ ފިޔަވަޅެއް ވެސް އަޅައިފާނެ،" ބައްސާމް ވިދާޅުވި އެވެ.
"އެއްކަމަކީ އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖް ދެން ބޭއްވިގެން ދާނީ ކޮންތަނެއްގައި ތޯ. ބާއްވާނީ ކޮން ވަގުތެއްތޯ. ދެން އަޅުގަނޑުމެންނަށް އަންނާނީ ކޮންކަހަލަ ޕަނިޝްމެންޓެއްތޯ ބެލުން. އެހެންވީމަ މި ވަގުތަށް އަޅުގަނޑުމެން މަޑުކޮށްލައިގެން މިތިބީ ކޮން ގޮތަކަށްތޯ އޭއެފްސީ ނިންމާނީ."
މާޒީގައި މިހެން ކަންތައް ދިމާވެފައި ގައުމުތައް ޖޫރިމަނާ ކުރުމުގެ ފިޔަވަޅުތަކާއި ވަކި މުއްދަތެއް ވަންދެން އިންޓަނޭޝަނަލް މުބާރާތްތައް ހޯސްޓް ނުކުރެވޭނެ ގޮތަށް އަދަބު ދީފައިވާ ކަން، އޭއެފްސީ އޮފިޝަލުންނާ ވާހަކަ ދެއްކުމުން އެނގިގެންދިޔަ ކަމަށް ބައްސާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެފްއޭއެމްއަށް އަންނާނެ ކަމަށް ބޮޑަށް ބެލެވެނީ ޖޫރިމަނާގެ ފިޔަވަޅެއް ކަމަށެވެ.
"އަޅުގަނޑު ނޭދެން އިންޓަނޭޝަނަލް މުބާރާތްތައް ހޯސްޓް ނުކުރެވޭ ގޮތަށް އަޅުގަނޑުމެންނާ މެދު ގޮތް ނިމިގެންދާކަށް." ބައްސާމް ވިދާޅުވި އެވެ.
ޓީމުތަކުންނާއި އޭއެފްސީގެ ކޮންޓިޖެންޓުންވެސް ރާއްޖެއަށް ދަތުރުތައް ކުރުމަށް ގިނަ ހަރަދުތަކެއް ކޮށްފައި ވަނިކޮށް މުބާރާތް ފަސް ކުރަން ޖެހުމުން ރާއްޖެއަށް ފުދޭވަރެއްގެ ޖޫރިމަނާއެއް އަތުވެދާނެ ކަމަށް އޭނާ ލަފާ ކުރައްވަ އެވެ. އެހެންނަމަވެސް މިދަނޑިވަޅަކީ މުޅި ދުނިޔެއަށްވެސް ހާއްސަ ހާލަތެއްވެސް މެދުވެރިވެފައިވާ ދަނޑިވަޅެއް ކަމުގައި ވުމުން ލުއިތަކެއް ދިނުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އޭއެފްސީގެ އޮފިޝަލުން ފާހަގަކުރެއްވި ކަމަށް ބައްސާމް ވިދާޅުވި އެވެ.
"އެހެންނަމަވެސް އޭއެފްސީ ޑިސިޕްލިނަރީ ކޮމިޓީންނޭ މީގެ ފަހު ނިންމުން ނިންމާނީ." އޭއެފްސީގެ އޮފިޝަލުންނާ ހަވާލައި ދެއްވާ ބައްސާމް ވިދާޅުވި އެވެ.
އެފަދަ ޖޫރިމަނާއެއް އަތުވެއްޖެނަމަ ކޮވިޑްގެ މި އުނދަގޫ ދަނޑިވަޅުގައި އެފްއޭއެމްއަށް ޖޫރިމަނާ އަދާ ކުރެވޭނެތޯ ސުވާލު އުފެދެ އެވެ.
"ބޮޑު ޖޫރިމަނާއެއް އަތުވެއްޖެ ކަމުގައި ވާނަމަ މިވަގުތުން މިވަގުތަކަށް އަޅުގަނޑުމެންނަކަށް ހައްލެއް ނުހޯދޭނެ،" ބައްސާމް ވިދާޅުވި އެވެ. "ޖޫރިމަނާގެ ފިޔަވަޅު އެޅުމަށް ފަހު އެކި ގޮތްގޮތުން އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެކިފަރާތްކުގެ ކިބައިން އެދޭނަން އެހީތެރިކަން ފޯރުކޮށް ދިނުމަށް. އަޅުގަނޑަށް ހީވަނީ ސަރުކާރުން ވެސް އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ހެން."
ބައްސާމް ފީފާ ކޮންގްރެސްއަށް ދަނީ، ފުރުން މަނާ!
ފީފާގެ ރާގު ބަދަލުވެއްޖެ، މިހާރު ދެނީ އިންޒާރު!
ފީފާ އިން އެފްއޭއެމްގެ އިންތިހާބު ހުއްޓުވައިފި
ބައްސާމް އޭޝިއާ ފުޓްބޯޅައިގެ ނުފޫޒު ގަދަ މަގާމަކަށް
ރާއްޖޭގައި ކުޅޭ އޭއެފްސީ ކަޕް ފަސްނުކުރަން ނިންމައިފި
އޭއެފްސީ ކަޕްގެ ފިޔަވަޅުތައް މާ ރަނގަޅު: މަހްލޫފް
ވިލިމާލޭގައި ފުޓްބޯޅަ ޓްރެއިނިން ސެންޓަރެއް އަޅަނީ
ރާއްޖޭގެ ހަތް ކްލަބަކަށް އޭއެފްސީ ކްލަބް ލައިސަންސް
ކްލަބްތައް ހަރުދަނާކުރަން އެފްއޭއެމްގެ ދައުރު ބޮޑުކުރަނީ
ފީފާގެ ރައީސް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ