Roadha Mihaaru
އިދިކޮޅުން ނައިބު ރައީސުން ނެރޭގޮތް ކަނޑައަޅައިފި

ކައުންސިލްތަކަށް ޕީޕީއެމުން ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން ނެރޭ ގޮތް ކަނޑައަޅައިފި

16 މެއި 2021

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ފަރާތުން ޑެޕިއުޓީ މޭޔަރުންނާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ނައިބު ރައީސުން ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތް ކަނޑައަޅައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ފަރާތުން ޑެޕިއުޓީ މޭޔަރުންނާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ނައިބު ރައީސުން ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތް ކަނޑައަޅައިފި އެވެ.

އިދިކޮޅުން ނެރުނު ސާކިއުލާއެއްގައި ވަނީ ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލްތަކުން ނައިބުންނާއި ޑެޕިއުޓީ މޭޔަރުން ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތް އާންމުކޮށްފަ އެވެ. އެގޮތުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް އިންތިހާބުވެފައިވާ ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ނައިބުންގެ މަގާމަށް އެންމެ ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާ ނަމަ، އެ ބޭފުޅަކަށް އެހެން މެމްބަރުން ވޯޓު ދިނުމަށް އެދިފައިވެ އެވެ.

އެ މަގާމަށް އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވާފައިވާ ނަމަ، އިންތިހާބު ވެފައިވާ ޕީޕީއެމްގެ ކައުންސިލަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު، ކޮންމެވެސް އެއް ބޭފުޅަކަށް އިއްތިފާގުވެ، އެ ބޭފުޅަކަށް ތާއީދުކުރުމަށް އެ ސާކިއުލާގައި ވަނީ އަންގައިފަ އެވެ.

ސާކިއުލާގައި ވަނީ އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވާފައިވާ ނަމަ، އިންތިހާބުވެފައިވާ ޕީޕީއެމްގެ ކައުންސިލަރުޖންގެ މެދުގައި މަޝްވަރާ ކުރައްވައި،، އެއް ބޭފުޅަކަށް އިއްތިފާގު ނުވެވޭނަމަ، އިންތިހާބުވެފައިވާ ޕީޕީއެމްގެ ކައުންސިލަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގައި، އެންމެ ގިނަ ވޯޓު ލިބޭ ބޭފުޅަކަށް ތާއީދުކުރުމަށް ޕީޕީއެމް/ޕީއެންސީން އެދެ އެވެ.

ކައުންސިލް އިންތިހާބުގެ ހުވާކުރުން މާދަމާ ބާއްވަން ނިންމާފައިވާއިރު ނިމިދިޔަ ކައުންސިލް އިންތިހާބުގައި ޕީޕީއެމަށް ބޮޑު ކާމިޔާބީއެއް ލިބުނެވެ. އެގޮތުން ކުރިން އެމްޑީޕީއަށް ތާއީދު އޮތް ބޮޑެތި ހިސާބުތަކުގެ މެޖޯރިޓީ ޕީޕީއެމުން ނެގި އެވެ. އޭގެ ތެރެއިން، އެެއް ސިޓީއަކީ މާލެ އެވެ. މާލޭގެ މޭޔަރު ކަމުގެ ގޮނޑީގެ އިތުރުން ކައުންސިލަށް އިންތިހާބުވި ގިނަ މެމްބަރުންނަކީ ޕީޕީއެމްގެ މެމްބަރުންނެވެ.