Roadha Mihaaru
ފިހާރަތައް ހުޅުވޭނީ ހަވީރު ހަތަރެއް ޖަހަންދެން

މާލެ ސަރަހައްދުގެ ކާފިއު: ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހަވީރު ހަތަރެއް ޖަހަންދެން

13 މެއި 2021

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިއްޔެ އިން ފެށިގެން މާލެ ސަރަަހްދުގައި ދިގު ކާފިއުއެއް ހިންގާތީ، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 5:00 އިން ހަވީރު 4:00 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިއްޔެ އިން ފެށިގެން މާލެ ސަރަަހްދުގައި ދިގު ކާފިއުއެއް ހިންގާތީ، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 5:00 އިން ހަވީރު 4:00 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނީ، މި ބަދަލު ގެނަައި ނަމަވެސް ފުލުހުމްގެ ހުއްދައާއެކު، ހަވީރު 4:00 އިން ދަންވަރު 12:00 އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ހުރިހާ ތަނަކުން ވެސް ކޮވިޑުން ރައްކާތެރިވާން އެޗްޕީއޭ އިން އެކުލަވައިލާފައިވާ ގައިޑްލައިންތަކަށް އަމަލު ކުރުމަށް އެ މިނިސްޓްރީން އެދެ އެވެ.

އެޗްޕީއޭއިން އެޅި ފިޔަވަޅުތަކާއެކު މާކެ ސަރަހައްދުގެ ހުރިހާ ކެފޭތަކާއި ރެސްޓޯރެންޓުތައް ވެސް އިއްޔެ އިން ފެށިގެން ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް މިފަދަ ތަންތަނުން ޑެލިވަރީ އާއި ޓޭކްއަވޭގެ ހިދުމަތް ދޭނެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެންމެ ފަހުން މާލެ ސަރަހައްދުގައި އެޅި ފިޔަވަޅުތަކުގެ ދަށުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ފަތިހު 4 އަށް އިއްޔެ އިން ފެށިގެން ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.