Roadha Mihaaru
ކުއްޖަކާއެކު ޖިންސީ އަމަލު ހިންގި މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީގައި ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގި 43 އަހަރުގެ މީހަކު ހައްޔަރުކޮށްފި

10 މެއި 2021

ހދ. ކުޅުދުއްފުށީގައި ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގި މީހަކު ފުލުހުން މިއަދު ހައްޔަރު ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހދ. ކުޅުދުއްފުށީގައި ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގި މީހަކު ފުލުހުން މިއަދު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ ސިޓީގެ ގެސްޓް ހައުސްއެއްގައި އެ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އެ މީހާ ހައްޔަަރުކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުުހުން ބުނިގޮތުގައި، އެ މީހާ ބަންދުގައި ބަހައްޓައިގެން މައްސަލަ އިތުރަށް އަންނަނީ ތަހުގީގު ކުރަމުންނެވެ.