11 މެއި 2021
ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން ދެކެ ވަރަށް ރުޅި އަންނަ ކަމަށާއި ސަބަބަކީ އޭނާ އަކީ ބަތަލާ ކާޖޮލްގެ ފިރިމީހާއަށް ވުން ކަމަށް އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ކިއްޗާ ސުދީޕް ބުނެފި އެވެ.
ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން ދެކެ ވަރަށް ރުޅި އަންނަ ކަމަށާއި ސަބަބަކީ އޭނާ އަކީ ބަތަލާ ކާޖޮލްގެ ފިރިމީހާއަށް ވުން ކަމަށް އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ކިއްޗާ ސުދީޕް ބުނެފި އެވެ.
ދެހާސް ނަވާރައިގައި ރިލީޒްކުރި ސަލްމާން ޚާންގެ "ދަބަންގް 3" ގެ ވިލަންގެ ރޯލު ކުޅުނު 47 އަހަރުގެ އެކްޓަރު ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ކާޖޮލް އަކީ އޭނާގެ އެންމެ ފުރަތަމަ ކްރަޝް ކަމަށެވެ. އެގޮތުން އޭނާ ބޮލީވުޑަށް ނުކުތް ފިލްމު 1992 ގެ "ބޭހުދީ" ނުކުތް ފަހުން، ކާޖޮލް އަށް ހިތްކިޔައި އޭނާގެ ފޮޓޯތައް ވެސް އެއްކުރަން ފެށި ކަމަށް ބުންޏެވެ.
"އެ ދުވަސްވަރު ކާޖޮލްގެ ފޮޓޯއެއް ޖެހި މެގަޒިނެއް، ނޫހެއް ވިޔަސް އަހަރެން އެ އެއްޗެއް ކޮންމެވެސް ގޮތަކުން ނުހޯދާ އެއްޗެއް ނޯންނާނެ. އަހަރެންގެ ކޮޓަރިތެރެ ފުރިފައި އޮންނާނީ ކާޖޮލްގެ ތަސްވީރުތަކުން،" ސުދީޕް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކާޖޮލް ކަމުދިޔަލެއް ބޮޑުކަމުން އޭނާގެ އެއްވެސް ފިލްމެއް ނުބަލައި ދޫކޮށެއް ވެސް ނުލަ އެވެ. އަދި ކާޖޮލްއާ ހެދި އެހާ ވަރުން އުޅެނިކޮށް އަޖޭ ކާޖޮލްއާ ކައިވެނިކުރި ފަހުން އަޖޭ ދެކެ ވަރަށް ރުޅި އަންނަ ކަމަށް ސުޕީދް ބުންޏެވެ.
"ކާޖޮލް އަކީ އަހަރެންގެ ކްރަޝްއެއް ކަމަށް ބުނާނެ ފުރުސަތު ވެސް ނުލިބި އޮއްވައި އޭނާ އަޖޭއާ ކައިވެނުކުރީ،" ސުދީޕް ބުންޏެވެ. "އެހެންވެ އޭގެ ފަހުން ވަރަށް ރުޅި އާދޭ އަޖޭ ދެކެ."
ކާޖޮލް އާއި އަޖޭ ކައިވެނިކުރީ 1999 ގަ އެވެ. އެ ކައިވެންޏަށް ދެ ކުދިން ވެސް ލިބިފައިވެ އެވެ.
ތެލެގޫ އާއި ތަމަޅަ ފިލްމުތައް ގިނައިން ކުޅޭ ސުދީޕް ކައިވެނިކުރީ 2001 ގަ އެވެ. އޭނާގެ އަންހެނުންނަކީ ޕްރިޔާރާދަކްރިޝްނާ އެވެ. އެ ކައިވެންޏަށް ވެސް ދަރިޔަކު ލިބިފައިވެ އެވެ.
ކާޖޮލް ފެނުނީ ފޫހި، ބޮޑާ މީހެއްގެ ގޮތުގައި: އަޖޭ
ކައިވެނިކުރީ ބައްޕަގެ ނުރުހުމުގައި: ކާޖޮލް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ދަރިފުޅު ގޮތް ނިންމާނީ އަމިއްލައަށް: ކާޖޮލް
ސުޝްމިތާގެ ކުރިން "އާރިއާ" ކާޖޮލް އާއި ރަވީނާ އަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކާޖޮލްގެ ކޮއްކޮ ހުރީ ކައިވެނިކުރާނެ މީހަކު ނުވެފައި
އަޖޭގެ އަސްލު ނަމަކީ ވިޝާލް
ރާއްޖޭގައި ޝޫޓް ކުރުމަކީ ތަފާތު ތަޖުރިބާއެއް: އަޖޭ
ކާޖޮލްގެ އާ ފިލްމަކީ "ދަ ލާސްޓް ހުރާ"