ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާ އިން އުފެއްދި ސިނޮފާމް ވެކްސިން އިން 60 އަހަރުން މަތީގެ މީހުންނަށް ޖެހުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވާ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
09 މެއި 2021
ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާ އިން އުފެއްދި ސިނޮފާމް ވެކްސިން އިން 60 އަހަރުން މަތީގެ މީހުންނަށް ޖެހުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވާ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެ ހުއްދަދީފައި މިވަނީ ޑަބްލިއުއެޗްއޯގެ އިމަޖަންސީ ޔޫސް ލިސްޓުގައި ސިނަފޯމް ވެކްސިން މިދިޔަ ހުކުރު ދުވަހު ހިމެނުމާ ގުޅިގެންނެވެ. އެއީ މި ލިސްޓުގައި ހިމެނުނު ކޮވިޑްގެ ހަ ވަނަ ވެކްސިނެވެ. ރާއްޖެ ހިމެނޭ ގޮތަށް 20 އަށް ވުރެ ގިނަ ގައުމުގައި މިހާރު ވެސް ސިނޮފާމް ވެކްސިން ދެމުން އެބަދެ އެވެ. ސިނޮފާމް ވެކްސިން ރާއްޖޭގައި ދެމުން އައީ 18-60 އަހަރާ ދެމެދުގެ މީހުންނަށް އެކަނި ނަމަވެސް ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. ޝަހީދު ވިދާޅުވީ 60 އަހަރުން މަތީގެ މީހުންނަށް އެ ވެކްސިން ދިނުން ރަނގަޅު ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ކަމަށެވެ.
މިހެންވެ، 60 އަހަރުން މަތީގެ މީހުންނަށް ވެކްސިންދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހާއްސަކޮށް ޑްބަލިއުއެޗްއޯގެ އިމަޖަންސީ ޔޫސް ލިސްޓުގައި ސިނޮފާމް ހިމެނީމަ އަދި އިތުރަށް އެކިއެކި ގައުމުތަކުން ވެސް ކޮވެކްސް ތްރޫކޮށް ވެސް ސިނަފޯމް ބޭނުންކުރަން ފަށާނެ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
ރާއްޖޭގައި ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ދެމުން އަންނަނީ ފުރަތަމަ ޑޯޒް ޖަހާތާ، ހަތަރު ހަފްތާ ނުވަތަ މަހެއް ފަހުންނެވެ.
ސިނޮފާމް އަކީ ވެކްސިން އުފައްދުމަށް ދުނިޔޭގައި ހަ ވަނައަށް އެންމެ ކުރީގައި އުޅޭ ކުންފުންޏެކެވެ. ސިނޮފާމްގެ އުފެއްދުން މެނުފެކްޗާ ކުރަނީ ބެއިޖިން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުންޏަށް 2017 ގައި ޕޯލިއޯ ވެކްސިން ކަހަލަ ވަރަށް މުހިއްމު ވެކްސިންތަކަށް އެ ކުންފުންޏަށް ޕްރީ ކޮލިފިކޭޝަން ލިބިފައިވެ އެވެ.
ޑަބްލިއުއެޗްއޯގެ އިމަޖެންސީ ލިސްޓުގައި ހިމެނުމުން އެ ވެކްސިނަކީ ރައްކާތެރި އަދި ރަނގަޅު ނަތީޖާއެއް ނިކުންނަ ވެކްސިނެއްކަން އެނގެ އެވެ. އަދި މިއާ އެކު ކޮވެކްސް ފެސިލިޓީގެ ދަށުން ވެސް މި ވެކްސިން ގައުމުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ އެވެ.
ރާއްޖެއިން 300،664 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 128،167 މީހެކެވެ.
ސިނަފޯމް ވެކްސިންގެ އިތުރުން އިންޑިއާގެ ކޮވިޝީލްޑް އާއި ހާއްސަ ހާލަތްތަކުގައި ފައިޒާ ވެކްސިން ވެސް ރާއްޖޭގައި ދެ އެވެ. އެކަމަކު ވެކްސިން ލިބުމުގައި ދަތިވެ، މި ވަގުތަށް ކޮވިޝީލްޑް ޖެހުން ވަނީ ހުއްޓާލައިފަ އެވެ.
އެމްޕޮކްސްގެ ހާލަތު މޮނީޓާކޮށް، ރާއްޖެއިން ތައްޔާރުވަނީ
އެމްޕޮކްސް: ރާއްޖެއިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ
ދުންފަތުން ރާއްޖޭގައި އަހަރަކު 150 މަރު!
ކެންސަރު ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ ޕްލޭނެއް
ސިނޮފޯމް ވެކްސިނަށް ޑަބްލިއުއެޗްއޯ އިން ހުއްދަދީފި
ދެ ބްރޭންޑްގެ ދެ ޑޯޒް ޖެހުނީ އޮޅުމަކުން: އެޗްއީއޯސީ
ވެކްސިންގެ 2ވަނަ ޑޯޒްގެ މުއްދަތާ ގުޅޭ މަޝްވަރާކުރަނީ
ވެކްސިންގެ މައުލޫމާތު ހާމަކުރާނީ އެގްރިމެންޓާ ހިސާބުން
ކޮވިޑުން ދިގު މުއްދަތުގެ ބޮޑެތި ގެއްލުންތަކެއް
ރުބެއްލާ ނައްތައިލުމުން ޑަބްލިއުއެޗްއޯއިން ތައުރީފްކޮށްފި