08 މެއި 2021
އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗުގައި ވާދަކުރާ، ދެ ޓީމު ކަމަށްވާ ރާއްޖޭގެ ކްލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ އެއް ހޮޓަލެއްގައި ކޭމްޕް ކޮށްފި އެވެ.
އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗުގައި ވާދަކުރާ، ދެ ޓީމު ކަމަށްވާ ރާއްޖޭގެ ކްލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ އެއް ހޮޓަލެއްގައި ކޭމްޕް ކޮށްފި އެވެ.
ކޮވިޑް-19 ފެތުރިފައި ވަނިކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، އަންނަ އަންގާރަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗަށް ބެންގަލޫރު ޓީމު ވަނީ އިއްޔެ މާލޭ އައިސްފަ އެވެ. ކްލަބު އީގަލްސްއާ އެކު އެއް ބަބުލްއެއްގައި އެ ދެ ޓީމު ކޭމްޕްކުރީ ހޮޓެލް ޖެންގަ އެވެ. ގުރޫޕް ސްޓޭޖުން އޮޓަމެޓިކް ޖާގަ ލިބިފައިވާ، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ކޭމްޕް ކުރީ ހުޅުމާލޭގައި ހުންނަ އަކޭޝާ ބީޗް ހޮޓެލްގަ އެވެ.
ކޮވިޑް-19 ގެ ސަބަބުން އޭއެފްސީގެ މުބާރާތްތަކަށް އޭއެފްސީން އެކުލަވާލާފައިވާ ގައިޑްލައިންގެ ދަށުން ޕްރެކްޓިހަށް ނުވަތަ މެޗަށް ދާން ނޫން ގޮތަކަށް އެއްވެސް ކުޅުންތެރިޔަކަށް ނުވަތަ އޮފިޝަލަކަށް ހޮޓަލުން ނުނިކުމެވޭނެ އެވެ.
ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރު ނުކުޅެ، އީގަލްސް ޕްލޭއޮފް ބުރަށް ކޮލިފައިވީ ބަންގުލަދޭޝްގެ ޑާކާ އަބަހާނީ މުބާރާތުން ވަކިވެފައިވާ ކަމަށް އޭއެފްސީން ނިންމުމުންނެވެ. ބެންގަލޫރު ޕްލޭއޮފް ބުރުން ޖާގަ ހޯދީ ޕްރިލިމިނަރީގެ ދެ ވަނަ ބުރުގައި ނޭޕާލްގެ އާމީ ކްލަބު ބަލި ކުރުމަށް ފަހު އެވެ. ގުރޫޕްގެ ފަހު ޖާގަ ލިބެނީ ބެންގަލޫރާއި އީގަލްސް ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. މާޒިޔާގެ އިތުރުން ގުރޫޕް ސްޓޭޖުން އޮޓަމެޓިކް ޖާގަ ލިބިފައި ވަނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އަށެވެ. އެ ދެ ޓީމުވެސް މި ފެށޭ ހަފުތާގައި ރާއްޖެ އަންނާނެ އެވެ.
އޭއެފްސީ ކަޕް ކުރިއަށް ގެންދިއުމަށް ސަރުކާރުން ހާއްސަ ހުއްދައެއް ދިން ނަމަވެސް ރާއްޖޭގައި ކޮވިޑްގެ ބިރުވެރިކަން އިތުރު ވެފައި ވުމުން، އޭއެފްސީ ކަޕް ފަސް ކުރުމަށް އެފްއޭއެމުން އޭއެފްސީއާ އެކު ވާހަކަ ދެއްކި އެވެ. ނަމަވެސް އޭއެފްސީން ވަނީ މުބާރާތް ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ނިންމައިފަ އެވެ.
އަންނަ ހުކުރު ދުވުހުން ފެށިގެން މި މަހު 20 ގެ ނިޔަލަށް ކުރިއަށް ގެންދާ ގުރޫޕް ސްޓޭޖަށް އަޅާފައިވާ ފިޔަވަޅުތައް ރައްކާތެރިވާނެ ކަމުގެ ޔަގީންކަން ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ދެއްވައިފަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ އެކު، މިދިޔަ ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވެފައި ވަނީ އޭއެފްސީ ކަޕަށް ރާއްޖެ އަންނަ ހުރިހާ ޓީމަކުން ދަނޑަން ވަންނާނީ ފުރިހަމަކުރަން ޖެހޭ ރައްކާތެރި ކަމުގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ފަހުގައި ކަމަށެވެ. އަދި ކޮވިޑް ފެތުރޭތީ އެހެން ދާއިރާތަކުން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ވުރެ، އޭއެފްސީ ކަޕަށް އަޅާ ފިޔަވަޅުތައް މާ ބޮޑަށް ރަނގަޅު ވާނެ ކަމަށް މަހްލޫފް ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި މުބާރާތް ބޭއްވުމަށް ހާއްސަ ހުއްދައެއް ސަރުކާރުން ދިނުމުން ފުޓްބޯޅަ އާއިލާއިން އުފަލާ އެކު ބަލައިގަންނަ ކަމަށް ބައްސާމް ވިދާޅުވި އެވެ. އެފްއޭއެމުން ވަނީ އެ އެސޯސިއޭޝަންގެ އޮފީސް ކުރިން ހިންގި އިމާރާތް ކޮވިޑްގެ ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ދޫކޮށްފަ އެވެ.
"އަޅުގަނޑުމެން ދޭން އޮތް ޔަގީން ކަމަކީ އެ ހުރިހާ ގަވާއިދުތަކަށް އަޅުގަނޑުމެން ފޮލޯ ކުރާނެކަން،" ބައްސާމް ވިދާޅުވެފައި ވެ އެވެ. "ޓީމުތައް ހޮޓަލުން ބޭރަށް ނުކުންނާނީ ޕްރެކްޓިހަށް ދިއުމަށް ނޫނީ މެޗަށް ދިއުމަށް އަދި މެޗު ނިންމާފައި އެނބުރި ހޮޓަލަށް އެ ނޫން އެއްވެސް ތާކަށް ނުދާނެ. އޮގަނައިޒިންގެ ބޮޑުބައި އަދާ ކުރާނީ ވެސް އޭއެފްސީގެ ފަރާތުން."
އޭނާ ވިދާޅުވީ، މުބާރާތް ކާމިޔާބު ކަމާއެކު ބޭއްވިއްޖެ ނަމަ އޭއެފްސީގެ އެހެން މުބާރާތްތައް ވެސް ބާއްވަން ރާއްޖެއަށް ފުރުސަތު ލިބޭނެ ކަމަށެވެ. ގުރޫޕް ސްޓޭޖު ހޯސްޓް ކުރުމުގެ ބިޑް ރާއްޖެއިން ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ.
މާޒިޔާ އަތުން ބަލިވުމުން ޓީމަށް އަސަރު ކުރި: ޗެތުރީ
ޕޮއިންޓެއް ނުލިބި މާޒިޔާއިން މުބާރާތް ނިންމާލައިފި
އީގަލްސް ބަލިކޮށް ބެންގަލޫރު ގުރޫޕް ސްޓޭޖަށް
ބެންގަލޫރުގެ ތަފާތަކީ މާލީގޮތުން ވަރުގަދަވުން: ޝާޒް
އީގަލްސްގެ މެޗަށް ބެންގަލޫރު ދެވަނަ ފަހަރަށް މާލެއަށް
އުނދަގޫ ތަޖުރިބާއެއް، ކުޅުންތެރިން ދެއްކީ ނަމޫނާ
އޭއެފްސީ ކަޕް ސެންޓްރަލައިޒްކޮށް ބާއްވަން ނިންމައިފި
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
މާޒިޔާ ފަސްވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފި
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!