08 މެއި 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އިއްޔެ ރޭ ގޮއްވާލާފައި ވަނީ އެތައް ދަރަޖަ ބާރުގަދަ އައިއީޑީއެއް ކަމަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އިއްޔެ ރޭ ގޮއްވާލާފައި ވަނީ އެތައް ދަރަޖަ ބާރުގަދަ އައިއީޑީއެއް ކަމަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ރޭ ވިދާޅުވެއްޖެ އެވެ.
ނީލޯފަރު ހިނގުމުން މަޖީދީމަގު ކަންމަތީގައި އެއްޗެއް ގޮއްވާލީ ނަޝީދު، އެ މަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށެވެ. އެ ހަމަލާގައި އިތުރު ފަސް މީހަކު ވެސް ޒަހަމްވި އެވެ. އޭގެ ތެރޭގައި ނަޝީދުގެ ތިން ބޮޑީގާޑެއް ހިމެނެ އެވެ.
އެ ހަމަލާއަށް 24 ގަޑިއިރުވި ފަހުން ބަންޑާރަކޮށީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޝަމާލް ވިދާޅުވީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ގޮއްވާލި ބޮމަށްވުރެެ ރޭ ގޮއްވާލި އައިއީޑީގެ ބާރު ވަރަށް ގަދަ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ހަދާފައި ހުރި އެސެސްމަންޓުން އެއީ "ކޮމާންޑް ޑިޓޮނޭޝަނެއް" ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އެއީ މިލިޓަރީ ސާމާނު ބޭނުންކޮށްފައި ނުވާ، ހޯމް މޭޑް އެއްޗެއް ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ. ޑިޓޮނޭޓެޑް ކޮމާންޑަކީ އައިއީޑީ ގޮއްވާލާ މީހާއަށް ފެނިގެން، އިތުރު ވަސީލަތެއް ބޭނުންކޮށްގެން ގޮއްވާލުމެވެ. އޭނާ ވިދާޅުވީ އެ ބޮމުގެ އަސަރު ކުރާ ގޮތަށްް ބޮޑަށް ހުރީ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވެ، ކައިރީީގައި ހުރި އިމާރާތެއްގެ ސީލިންގަށް ވެސް އަސަރު ކޮށްފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
ޝަމާލް ވިދާޅުވިގޮތުގައި ނަޝީދަށް ހަމަލާދޭން ތައްޔާރުކޮށްފައިވާ ކަމަށް މިހާތަނަށް ހޯދުންތަކުން ލަފާކުރެވެނީ ގޭމް ކުޅުން ފަދަ ކަންކަމަށް ބޭނުންކުރާ ރިމޯޓު ޑިވައިސް ބޭނުންކުރަން ކޮންޓްރޯލްކުރާ އައިއީޑީއެއް ކަމަށެވެ.
"ދެހާސް ހަތް ވަނަ އަހަރު ސަލްޓަން ޕާކުގެ އައިއީޑީއަށް ބަލާއިރު، މި އައިއީޑީއަކީ އެތައް ދަރަޖައަށް ބާރުގަދަ އައިއީޑީއެއްކަމަށް އަޅުގަނޑުމެން ފާހަގަކުރަން. އަދި މި އައިއީޑީގެ ބްލާސްޓް އެފެކްޓާއި މީގެ އަޑާއި މި ހުރިހާ އެއްޗަކަށް ބަލައިފިއްޔާ ވެސް އެތައް ދަރަޖައެއް މަތި. ވަރަށް ބާރުގަދަ ޑިވައިސެއްކަން އަޅުގަނޑު ފާހަގަކުރަން. މީގެ ތެރެއަށް ރޭޒާ ފުށް ލާފައި ހުރީ. ގިނަ އަދަދަކަށް ރޭޒާ ފުށް ލާފައި، އެއީ މީގެ ހަމަލާ ވަރުގަދަކުރުމަށްޓަކައި މީގެ ތެރެއަށް ލާފައި ހުރި،" ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ބައިވެރިވެވަޑައިގެންނެވި ނިއުސް ކޮންފަރެންސްގައި ޝަމާލް ވިދާޅުވި އެވެ.
"ސަލްޓާން ޕާކުގައި ބޭނުންކުރި އައިއީޑީއާ މި އައިއީޑީއާ އަޅުވާ ކިޔާއިރު މި އައިއީޑީއަކީ އެތައް ގުނައެއް ނުވަތަ އެތައް ދަރަޖައެއް ބާރުގަދަ، ނުރައްކާތެރި އައިއީޑީއެއް."
ޝަމާލް ވިދާޅުވީ ނަޝީދަކީ އެންމެ ހައި ރިސްކުގައި ހިމެނޭ ބޭފުޅެއް ކަމަށެވެ. އެކަމާ ގުޅިގެން އަބަދު ވެސް ފިޔަވަޅުތައް އަޅާ ކަމަށް ވިދާޅުވި އެވެ.
ހަމަލާއަށް ފަހު ގައުމީ ދިފާއީ ބާރުގެ ސްޓޭޓަސް ވަނީ ޓެރަރިޒަމްގެ ހަމަލާތައް އައިސްގެން އުޅޭ ސްޓޭޓަސް އަށް ބަދަލުކޮށްފަ އެވެ. ޝަމާލް ވިދާޅުވީ މިހާރު އޮތް ބިރުވެރިކަމުން އަރައިގަތުމަށްޓަކައި ގައުމީ ދިފާއީ ބާރު އޮތީ ތައްޔާރަށް ކަމަށެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ މިއީ އެ ހަމަލާ ދިން މީހުން އަތުލަން އެންމެން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. އެކަމާ ގުޅުން ހުރެދާނެ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންނާ ހިއްސާ ކޮށްދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
މާރިޔާގެ އިސްތިއުފާ އަށް ގޮވާ އަޑުތައް ގަދަވެއްޖެ
ނަޝީދު ސަލާމަތްކުރަން ސިފައިން ކުރި މަސައްކަތް ރަނގަޅު
ނަޝީދަކީ އެންމެ ހައި ރިސްކް ބޭފުޅާ: ޝަމާލް
"މިހާރު" ގައި ލިޔުނު ރިޕޯޓްގެ މައްސަލަ ބަލަނީ
ނަޝީދު ދިރިއުޅުއްވަން ކެނެރީގެ ނުރައްކާކަން އެންގި!
އާންމުން ރަތަށް: މިއީ ގައުމެއްތަ؟
ގޮއްވާލައިފައި ވަނީ މި ސައިކަލް، ގޮއްވާލި މީހާ ފެނުނު
ހަމަލައިގެ އިންކުއަރީ ރިޕޯޓުން ބައެއް މައުލޫމާތު ސިއްރު
ސިފައިންގެ ވެރިންނާ އިންކުއަރީގައި އަނެއްކާ ސުވާލުކޮށްފި
މަޖިލީހުގެ ތަހުގީގުގައި މެމްބަރުން އެމްއެންޑީއެފްއަށް