Roadha Mihaaru
އެސްޓީއޯ އިން ބިސް ކޭހެއް 100ރ. އަށް

އެސްޓީއޯ އިން ބިސް ކޭހެއްގެ އަގު 100ރ. އަށް ކުޑަކޮށްފި

04 މެއި 2021

އެސްޓީއޯ އިން ބިސް ކޭހެއްގެ އަގު 100 ރުފިޔާ އަށް ކުޑަކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯ އިން ބިސް ކޭހެއްގެ އަގު 100 ރުފިޔާ އަށް ކުޑަކޮށްފި އެވެ.

މި ރޯދަ މަސް ފެށުނުއިރު، އެ ކުންފުނިން ބިސް ކޭހެއް ވިއްކަމުން އައީ 255ރ. އަށް ނަމަވެސް އެ އަގު ކުޑަކުރަން ނިންމީ ބެލެވޭ ގޮތުގައި އެއީ ވަރަށް އަވަހަށް ހަލާކުވާ ޒާތުގެ އެއްޗަކަށް ވެފައި ސްޓޮކް ހުސްކުރުމަށެވެ.

އެސްޓީއޯ އިން ވަނީ ރޯދަމަހަށް ހާއްސަ ކޮށްގެން ގިނަ އަދަދެއްގެ ބިސް ރާއްޖެ އަށް ގެނެސްފަ އެވެ.

ބިސް ކޭހެއްގެ އަގު 100ރ. އަށް ކުޑަކޮށްފައިވާއިރު، އެ ކުންފުނީގެ ސުޕަމާޓުން ވަކިން ބިހެއް ވިއްކަނީ 1.40 ރުފިޔާ އަށެވެ.

އެސްޓީއޯ އިން ވަނީ ފިޔާގެ އަގު ވެސް މިދިޔަ މަހު 100ރ. އަށް ކުޑަކޮށްފަ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި ރޯދަމަސް ނިމެންދެން ފިޔާ، ބިސް އަދި އަލުވި ހުސް ނުވެ ލިބޭނެ އެވެ. ބާޒާރުގައި އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.