Roadha Mihaaru
އެސްޓީއޯ އިން ފިޔާ، އަލުވި، ބިހުގެ އަގުހެޔޮ ކޮށްފި

ރޯދަމަހަށް އެސްޓީއޯ އިން ފިޔާ، އަލުވި، ބިހުގެ އަގުހެޔޮ ކޮށްފި

31 މާޗް 2021

އެސްޓީއޯ އިން ކުރިއަށް އޮތް ރޯދަމަހަށް ޚާއްސަ ކޮށްގެން، ފިޔާ އަލުވި އަދި ބިހުގެ އާ ސްޓޮކެއް ގެނެސް އަގުހެޔޮ ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯ އިން ކުރިއަށް އޮތް ރޯދަމަހަށް ޚާއްސަ ކޮށްގެން، ފިޔާ އަލުވި އަދި ބިހުގެ އާ ސްޓޮކެއް ގެނެސް އަގުހެޔޮ ކޮށްފި އެވެ.

އެ ކުންފުނިން ގެނައި މި ބަދަލާއެކު މިހާރު ފިޔާ ކިލޯއެއް ލިބޭނީ 9.50ރ. އަށެވެ. ބިހެއް 1.40ރ. އަށް ލިބޭއިރު އަލުވި ކިލޯއެއްގެ އަގަކީ ނުވަ ރުފިޔާ އެވެ.

އެސްޓީއޯ އިން ރޯދަމަހަށް ޚާއްސަ ކޮށްގެން ބިސް ކޭހެއް ވިއްކާނީ 265ރ. އަށެވެ. އަލުވި ބަސްތާއެއްގެ އަގު އުޅެނީ 185ރ. ގަ އެވެ. ފިޔާ ބަސްތާއެއް ވިއްކާނީ 200ރ. އަށެވެ.

ފިޔާ އަލުވި އަދި ބިސް އަގުހެޔޮ ކުރިކަން އަންގައި އެސްޓީއޯއިން ކުރި ޓްވީޓެއް--

ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށްގެން ވެސް އެސްޓީއޯ އިން ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮ ކުރެ އެވެ. މީގެ ސަބަބުން ބާޒާރުގައި ވެސް މި ތަކެތީގެ އަގު ކޮންޓްރޯލް ކުރެވެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފަށާނީ އަންނަ މަހުގެ 13 ގަ އެވެ.