04 މެއި 2021
ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު، ޓްވިޓާގެ އުސޫލުތަކާ ހިލާފު ވާހަކަތައް ދައްކާތީ އޭނާގެ އެކައުންޓް "ދާއިމަށް" ސަސްޕެންޑްކޮށްފި އެވެ
ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު، ޓްވިޓާގެ އުސޫލުތަކާ ހިލާފު ވާހަކަތައް ދައްކާތީ އޭނާގެ އެކައުންޓް "ދާއިމަށް" ސަސްޕެންޑްކޮށްފި އެވެ
އެ ފިޔަވަޅު އަޅަން މަޖުބޫރުވީ ވެސްޓް ބެންގާލްގައި ބޭއްވި އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ ބީޖޭޕީ އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހި މަމްތާ ބެނަޖީގެ ޓީއެމްސީން އިންތިހާބު ކާމިޔާބުކުރުމާ ގުޅިގެން ކަންގަނާ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އޭނާ ބުނެފައި ވަނީ ޓީއެމްސީން އުޅެނީ ވެސްޓް ބެންގާލް އަންދާލައި ހަލާކުކޮށްލަން ކަމަށާއި އެހެންވެ ގަދަބާރުން ނަމަވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބީޖޭޕީން ވެސްޓް ބެންގާލް ހޯދަންޖެހޭ ކަމަށެވެ.
ކަންގަނާގެ އެކައުންޓް މި ފަހަރު ދާއިމަށް ބްލޮކްކުރުމުގެ ކުރިން ވެސް އޭނާ ފާޅުކުރާ ބައެއް ހިޔާލުތައް ޓްވިޓާގެ މިންގަނޑުތަކަށް ނުފެތޭތި ކަންގަނާގެ ބައެއް ޓްވީޓްތައް ނުފެންނަ ގޮތަށް ހަދާފައިވެ އެވެ. ކަންގަނާ އަކީ އަބަދު ވެސް އޭނާ ހިތަށް އެރި އެއްޗެއް، ހިތަށް އެރި ގޮތަކަށް މީސްމީހުންނަށް ރައްދުކޮށް ބުނާ މީހެކެވެ. މިކަމާ ހެދި އޭނާ އަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެ އެވެ.
ޓްވިޓާ އިން ބޭރުކޮށްލުމުން ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ކަންގަނާ ވަނީ ޓްވިޓާގެ ނިންމުމަށް ފާޑުކިޔައި ބަހުގެ ހަމަލާތައް ފޮނުވައިފަ އެވެ. އޭނާ ސިފަކުރި ގޮތުގައި އެ އަމަލަކީ ހިޔާލުފާޅުކުރަން އޮތް މިނިވަންކަމަށް އަރައި ގަނެ، ޑިމޮކްރަސީ ވެސް މަރައިލުމެވެ.
މޯދި އާއި ބީޖޭޕީ އަށް ވަރަށް ބޮޑަށް ސަޕޯޓްކުރާ ކަންގަނާގެ މުމްބާއީ އޮފީހުގެ ބައެއް މިދިޔަ އަހަރު ބްރިހަމްމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން ތަޅައިލުމުން އެކަން ވެސް އޭނާ ސިފަކުރީ ޑިމޮކްރަސީ މަރައިލުމުގެ އަމަލެއްގެ ގޮތުގަ އެވެ.
ކަންގަނާ ހުރީ ޓްވިޓާ އަލުން ލިބޭނެ ކަމުގެ އުއްމީދުގައި
އިޒްރޭލުން ފަލަސްތީނަށް ހަދާ ގޮތް ރަނގަޅު: ކަންގަނާ
ޝާހުއަށް މަލާމަތްކުރުމުން މައްސަލަ ހޫނުވެއްޖެ
ކަމަލާއަށް މަލާމަތްކުރާތީ ކަންގަނާ ރުޅިގަދަވެއްޖެ
ކަންގަނާ އަލުން ޓްވިޓާ އަށް
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
ކަންގަނާ އަނެއްކާ ވެސް ބަޔަކު ލޭ ކައްކުވާލައިފި
ކަންގަނާ ސިޔާސީ ދާއިރާއަށް ނުކުންނަށް ވެސް ތައްޔާރު
ބޮލީވުޑްގެ ތަރިންތަކެއް ހައްޔަރުކުރަން އެދި ކޯޓަށް
ފޭނަކު އެދުނީ ޝާހްރުކްގެ ދަރިފުޅާ ކައިވެނިކޮށްދޭން